Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

އެޗްއެސްސީ ދިވެހި ޕޭޕަރުގައި ހިމެނުނު ދޭހައާއި މަޒުމޫނުގެ މައުޟޫ ހުޅުމާލޭ ސީއެޗްއެސްއީގެ ކުދިންނަށް އެނގިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 13:21
އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު: މިނިސްޓަރ ވިދާޅުވީ ރޭޑު 11 ގެ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ނުވާ ކަމަށް

އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު: މިނިސްޓަރ ވިދާޅުވީ ރޭޑު 11 ގެ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ނުވާ ކަމަށް

މި އަަހަރުގެ ހަޔާ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް (އެޗްއެސްސީ) ދިވެހި ޕޭޕަރުގައި ހިމަނާފައި އޮތް ކިޔުމުގެ ދޭހައިގައި ބޭއަދަބީ ބަސްތަކެއް ހިމަނާފައިވާ ކަމަށް ބުނެ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އާދިއްތަ ދުވަހުން ފެށިގެން ބައެއް ދަރިވަރުންނާއި، ބެލެނިވެރިން އަންނަނީ ދިވެހި ޕޭޕަރުގައި ހިމަނާފައި އޮތް ދޭހައާއި މަޒުމޫނު ލިޔުމަށް ދިން މައުޟޫއާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރަމުންނެވެ.

Advertisement - newsAdvertisement

އެ ގޮތުން، އެއް ކަމަކަށް ދަރިވަރުން ފާހަގަކުރަނީ، ޕޭޕަރުގައި ހިމަނާފައި އޮތް ދޭހައަކީ، ސަރުކާރު ސްކޫލެއްކަމަށްވާ ސީއެޗްއެސްއީގެ ހުޅުމާލޭ ސްކޫލުގެ ދަރިވަރުންނަށް މީގެ ކުރިން ދީފައިވާ, އަދި ދިވެހި ކޭމްޕުގައި މަޝްވަރާ ވެސް ކޮށްފައިވާ ދޭހައަކަށް ވުމެވެ.

އަނެއް ކަމަކަށް ފާހަގަ ކުރާ ކަންބޮޑުވުމަކީ މި ޓެސްޓް ޕޭޕަރުގައި މަޒުމޫނު ލިޔުމަށް ދީފައިވާ މައުޟޫ ވެސް އެ ސީއެޗްއެސްސީގެ ދަރިވަރުން ކުރިން ހަދާފައިވާ މައުޟޫއަކަށް ވުމެވެ. މީގެ އިތުރުން ވެސް އެ ޕޭޕަރުގައި ބޭއަދަބީ ބަސްތަކެއް ހިމަނާފައިވާ ކަމަށް ބުނެ ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ހުޅުމާލެ ސީއެޗްއެސްސީ ކުދިން ފަރިތަކޮށްފައިވާ ލިޔުމެއް ދޭހައަކަށް އައުމާއި މަޒުމޫންގެ މައުޟޫއާ ވެސް ދިމާވުމާ ގުޅިފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އެޗްއެސްސީ ޕޭޕަރު ހެދީވެސް ހުޅުމާލެ ސީއެޗްއެސްސީގެ ޓީޗަރެއް ކަމަށް ވުން ކަމަށް ކަންބޮޑުވުން ފާޅު ކުރާ މީހުން ބުނެއެވެ. އެހެންކަމުން އެއީ ވަކި ސްކޫލެއްގެ ކުދިންތަކަކަށް ފައިދާ ވާގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ދަނީ ކުރަމުންނެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީއު ރާއްޖެ އެމްވީއަށް ވިދާޅުވީ އިމްތިހާނުގެ ސައްހަކަން ގެއްލޭ އެއްވެސް ކަމެއް ނެތް ކަމަށާއި، މިނިސްޓްރީގެ އެއްވެސް ކަންބޮޑުވުމެއް މިކަމުގައި ނެތް ކަމަށެވެ.

މިނިސްޓަރ ޝަފީއު ވިދާޅުވީ ސޯޝަލް މީޑިއާގައި ބައެއް ބޭފުޅުން މިކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަތައް ފަތުރަމުން ގެންދާ ކަމަށާއި އެއީ ކިޔަވާ ދަރިވަރުންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭ ކަމެއް ކަމަށެވެ.

މިނިސްޓަރ ޝަފީއު ވިދާޅުވީ މި އަހަރުގެ އެޗްއެސްސީ ދިވެހި ޕޭޕަރުގައި ހިމަނާފައި އޮތް ކިޔުމުގެ ދޭހައަކާ ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުންގެ އެތައް ކަންބޮޑުވުމެއް އޮތް ނަމަވެސް، އެ ޕޭޕަރުގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

އަދި ގްރޭޑު 11 ގެ އެޗްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު ކޮމްޕްރޮމައިޒް ނުވާ ކަމަށާއި ދޭހަ އެއްގޮތްވީ އިއްތިފާގަކުން ކަމަށް ވެސް މިނިސްޓަރ ޝަފީއު ވަނީ ވިދާޅުވެފަ އެވެ.

ޕޭޕަރާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދެކެވޭ ވާހަތަކަކީ އެއް ވެސް ހަގީތަކެއް އޮތް ވާހަތަކެއް ނޫން. ޕޭޕަރު ކޮމްޕްރޮމައިޒް ނުވާކަމުގެ 100 ޕަސެންޓް ޔަގީންކަން ދެން. ޕޭޕަރުގައި އެއްވެސް މައްސަލައެއް ނެތް
އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު

މިނިސްޓަރ ޝަފީއު މިފަދައިން ވިދާޅުވި ނަމަވެސް ޕޭޕަރާއި ގުޅިގެން ދަރިވަރުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން ބުނެފައިވަނީ, މިއީ އެހެން ސްކޫލުތަކުގެ ކުދިންނަށް ލިބުނު ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި، ހުޅުމާލެ ސީއެޗްއެސްއީގެ ދަރިވަރުންނަށް ލިބުނު ނުޙައްގު ފައިދާއެއް ކަމަށެވެ. އަދި މީގެ ސަބަބުން ދަރިވަރުންގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަކަން ގެއްލިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖެ އެމްވީއާއި ވާހަކަދެއްކި ބެލެނިވެރިޔަކު ބުނީ ސީއެޗްއެސްއީގެ ދަރިވަރުން ލައްވައި، މާ ކުރިން އެ ދޭހަ ހަދުވައިފައި އޮތުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި، އެ ކަން ބަލައިނުގަނެވޭ ކަމަށެވެ.

އެޗްއެސްސީ ޕޭޕަރުގެ ބައެއް ބައިތައް އިމްތިހާނުގެ ކުރިން ދަރިވަރުންނަށް ޕްރެކްޓިސްކުރަން ދިން ކަމަށް ބުނާ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މިކަމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

އެޗްއެސްސީ އިމްތިހާންއިސްމާއިލް ޝަފީއުމިނިސްޓްރީ އޮފް އެޑިއުކޭޝަން ދިވެހި ޕޭޕަރުއިމްތިހާނު ކޮމްޕްރޮމައިޒްވުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު