Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްމާލެ

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

ރަސްމާލެ ހިއްކުމުގައި ބެލްޖިއަމްގެ ޔާން ޑި ނޫލް ކުންފުނިން ތިމާވެއްޓަށް ބަލައި ކިސަޑު ކޮންޓްރޯލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވޭ

ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2025 | ހޯމަ 18:33
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކްރީސްޓަބަލް ކޮލޯން އިން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 1، 2025 ގައި

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކްރީސްޓަބަލް ކޮލޯން އިން ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 1، 2025 ގައި

ބެލްޖިއަމްގެ ޔާން ޑި ނޫލް (jan de nul) ކުންފުނިން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެއްޓަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ކަމަށް ތިމާވެށީގެ ތަޖުރިބާކާރަކު ވިދާޅުވެއްޖެ އެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ރަސްމާލެ ސަރަހައްދަށް އެ ކުންފުނީގެ ބޮޑު ޑްރެޖަރުން ވެލި އަޅަމުންދާ އިރު ފަރުމައްޗަށް ކިސަޑު ފައިބައިގެން ދިއުން ކޮންޓްރޯލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

"ހިތައް އެރި ގޮތަކަށް އެކަން ކުރަމުން ގެންދަނީ، އެންވަޔަރަންމަންޓަލް ސޭފްގާޑްސް އެއްވެސް މިންވަރަކަށް ނެތް،" ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ އާޚިރު ނަތީޖާ އަކަށް ވެގެން ދާނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވަށައިގެންވާ ފަރަށާއި، ފަރުގެ ދިރުންތަކަށް ލިބިގެން ދިއުމެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމުގައި އަމަލު ކުރަމުން އައި ހަރުދާނާ ގަވައިދަށް ބޮޑެތި ލުއި ތަކެއް ދީ، ރިޕޯޓް ވަޒަން ކުރުމުގައި ކުރިން ގެންގުޅެމުން އައި ހަރުދަނާ އުސޫލު ވެސް ވަނީ ނައްތާލާފަ އެވެ.

ގާނޫނު އަސާސީން ތިމާވެށި ރައްކައުތެރި ކުރުމުކީ ދައުލަތުގެ މައްޗަށް ލާޒިމު ކޮށްފައިވާ ކަމެއް ކަމުގައި ވީ ނަމަވެސް މުއިއްޒު ގެ ސަރުކާރު ފާހަގަ ކުރެވިފައި ވަނީ މި ފަހަގެ ތާރީޚުގައި ރާއްޖޭގައި އުފެދުނު ތިމާވެއްޓަށް އެންމެ ބެލުން ކުޑަ ސަރުކާރު ކަމުގައެވެ.

ބިން ހިއްކުން ފަދަ ތިމާވެއްޓަށް ގެއްލުން ބޮޑު މަޝްރޫއުތައް މީގެ ކުރިން ރާއްޖޭގައި ކުރިއަށް ގެންގޮސްފައި ވަނީ އެ ކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެންކަން ފާހަގަ ކުރެވެއެވެ.

މި ނޫހާ ވާހަކަ ދެއްކި ތިމާވެށީގެ ތަޖުރިބާކާރު ބުނި ގޮތުގައި ތަރައްގީގެ މަޝްރޫއުތަކުން ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ވަޒަން ކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވައިދަށް މުއިއްޒުގެ ސަރުކާރުން ގެނައި ބަދަލުތަކާ އެކު "މިހާރު އެއީ ނަމެއް ގައި ހަދާ ރިޕޯޓެކެވެ."

އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ރިޕޯޓް ތައްޔާރު ކުރުމަށް ކުރިން އަމަލު ކުރަމުން އައީ ބައިނަލް އަގުވާމީ ފެންވަރުގައި ގަބޫލު ކުރެވޭ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.

އެހެން ނަމަވެސް މިހާރު އެ ރިޕޯޓު ހެދުމުގައި އެކުލެވޭ މުހިންމު އެތައް މަރުހަލާތަކެއް ވަނީ ލާޒިމު ނުވާ ގޮތް ހަދާފައެވެ.

"ކުރިން ސްކޯޕިން މީޓީން (ކަމާ ބެހޭ ހުރިހާ ފަރާތްތައް ޝާމިލުވާ ބައްދަލުވުން) އަކަށް ފަހު ނޫނީ ރިޕޯޓުގެ ޓާމްސް އޮފް ރިފަރެންސް ތައްޔާރެއް ނުކުރާނެ، މިހާރު އެ މަރުހަލާ ވެސް ނޯވޭ، ރިޕޯޓް ހަދާ ފަރާތުން ދޭ އެއްޗަކަށް އެއްބަސްވަނީ،" ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ރިޕޯޓު ތައްޔާރު ކުރުމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުން ލާޒިމު ކޮށްފައި އޮތް އޮތުން ވެސް މިހާރު ވަނީ ނައްތާލާފައެވެ.

ފަޅުތަކާއި ފަރުމަތި ހިއްކަން ފެށުމުގެ ކުރިން، އެތަންތަނުގައި ހުންނަ ދިރޭ މުރަކަ ރައްކައުތެރި ސަރަހައްދުތަކަށް ބަދަލު ކުރަން އޭރުގެ އީޕީއޭ އިން ލާޒިމު ކުރި ނަމަވެސް މިހާރު އެފަދަ އެއްވެސް ކަމެއް ކުރުމެއް ނެތި، ވެލިތައް އޮއްސާލަން ފަށަނީ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ރަސްމާލެ ހިއްކަން ފެށި އިރު އަދި މިހާރު ވެސް މުރަކަ ސަލާމަތް ކުރުމުގެ އެއްވެސް ކަމެއް ކޮށްފައި ނެތްކަން ކަންބޮޑުވުމާއެކު އޭނާ ފާހަގަ ކުރެއްވި އެވެ.

"އެންވަޔަރަންމަންޓަލް މިޓިގޭޝަން ރިޕޯޓުގައި އޮތަސް އެއީ އެއްވެސް ވަރަކަށް މިހާރު އަމަލު ކުރޭތޯ ބަލާ ކަމެއް ނޫން،" އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ކުރިން ބަންޑުވޯލު ޖަހައިގެން ނޫނީ ހިއްކުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު، މުއިއްޒުގެ ސަރުކާރުން ރަސްމާލެ ހިމެނޭ ގޮތުން ބިން ހިއްކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަނީ މިފަދަ އެއްވެސް ކަމެއް ކުރުމެއް ނެތި އެވެ.

ބެލްޖިއަމްގެ ޑްރެޖިންގ ކުންފުނި ޔާން ޑި ނޫލް ގެ އެންމެ ބޮޑު ޑްރެޖަރު ރާއްޖެ ގެނެސް ރަސްމާލެ ހިއްކުން ތިން ގުނަ ހަލުއި ކޮށްފައިވާކަން އިއުލާނު ކުރީ ރައީސް މުއިއްޒު ޑިސެމްބަރު 1 ވަނަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއުގެ ނަމުގައި މުއިއްޒު ރަސްމާލެ ސިފަ ކުރެއްވި ނަމަވެސް، މި މަޝްރޫއު ވެގެން ދާނީ، ތިމާވެއްޓަށް ގެއްލުން ބޮޑު އަދި ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި ކުރިއަށް ގެންދިޔަ "ޒިންމާދާރު ކަން ކުޑަ" މަޝްރޫއެއްގެ ގޮތުގައި ތާރީޚު ގައި ލިޔެވޭނެ މަޝްރޫއެއް ކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ދެކެއެވެ.

ޑިސެމްބަރު 1 ވަނަ ދުވަހު މުއިއްޒު ކުރެއްވި ޕޯސްޓުގައި ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރ ގެ ތެރޭގައި ހިމެނޭ "ކްރީސްޓޮބާލް ކޯލޯން" ޑްރެޖަރު ރަސްމާލެ އަށް މޮބިލައިޒް ކުރީ ނޮވެމްބަރު 30 ވަނަ ދުވަހު ގައި ކަމަށާއި ފުރަތަމަ ވެލި ލޯޑު ރަސްމާލެ އަށް އެޅީ ޑިސެމްބަރު ފުރަތަމަ ދުވަހު ކަމަށް ވިދާޅުވެފައި ވެއެވެ.

މިއީ ތާރީޚީ ކަމެއްގެ ގޮތުގައި ސިފަކުރައްވާ މުއިއްޒު ލިޔުއްވި އިރު، އެ ލިޔުމާއެކު އެޓޭޗް ކޮށްފައިވާ ފޮޓޯ އަކުން ކިސަޑު ކޮންޓްރޯލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ތިމާވެށީގެ ތަޖުރިބާކާރުން ކަންބޮޑުވަނީ، އެތައް މިލިއަން ޑޮލަރުގެ ފައިދާ ބެލްޖިއަމްގެ ކުންފުންޏަށް ލިބޭނެ ކަމަށް ބެލޭ މި މަޝްރޫއުގައި ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ހޭދަ އެއް އެ ކުންފުނިން ކޮށްފައި ނެތް ކަން ފާހަގަ ކުރެވުމެވެ. މަޝްރޫއު އެންމެ ފުރަތަމަ ފެށި އިރު ވެސް އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައި ނެތްކަން އޭރު ވެސް ފާހަގަ ކުރެވުނެވެ. މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން ހިއްކި އިރު އެންވަރަޔަންމަންޓަލް މޮނިޓަރިންގ ރިޕޯޓެއްގެ މިންވަރު ވެސް އާންމު ކޮށްފަ އެއް ނުވެއެވެ.

"ޔޫރަޕް ގައި މިކަން އެ ކުންފުންޏަކަށް ނުކުރެވޭނެ، ކިސަޑު ކޮންޓްރޯލު ކުރުމުގެ ފިޔަވަޅުތައް ނާޅައި، ސަރުކާރުން ގަވައިދުތައް ބަލިކަށި ކޮށްފައި ހުރުމުގެ އެޑްވާންޓޭޖް ކުންފުނިން އެ ނަގަނީ، އޭރުން ވީހާވެސް ޚަރަދު ކުޑަކޮށް، ކުންފުންޏަށް ލިބޭ ފައިދާ ބޮޑުވާނެ ގޮޮތައް އެ އަމަލު ކުރަނީ،" ތަޖުރިބާކާރު ވިދާޅުވިއެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި، މިފަދަ މަޝްރޫއުތަކުގައި ގަވައިދުން މޮނިޓަރިންގ ރިޕޯޓު ހުށަހަޅައި، ކަންކަން ވަމުންދާ ގޮތް ބަލާ ގޮތައް އޮތް ނަމަވެސް އެފަދަ އެއްވެސް ކަމަކަށް މި ސަރުކާރުން ސަމާލު ކަމެއް ނުދެ،" އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ މަޝްރޫއެއް ނަމަ ބަލަން ޖެހޭ އެއްވެސް ކަމެއް މިހާރު ނޯންނަ ކަމަށާއި، ޝަކުވާ އެއް ހުށަހެޅި އަސް އޮފިޝަލުންނަށް ކުރެވޭނެ ކަމެއް ވެސް މިހާރު ނޯންނަ ކަމަށެވެ.

ބޮޑު ޑްރެޖަރު ގެނެސް މަސައްކަތް ފެށި އިރު ރަސްމާލޭގެ ގޮތުގައި ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުގެ 10 އިން ސައްތަ ކަމަށްވާ ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން އޮތީ ހިއްކައިފައި ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ވެސް މިދިޔަ ހަފުތާގައި ބޮޑު ޑްރެޖަރެއް ގެނެސް މަސައްކަތް ފަށައިފައިވެ އެވެ. އެ މަސައްކަތް މި ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

މި މަސައްކަތްތަކަށް ކުންފުނިތައް ހޮވުނު ގޮތަކާއި އެކަމަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ހޭދަވަނީ ކިހާވަރެއް ކަމެއް ވެސް ސަރުކާރުން ހާމަ ކޮށްފަ އެއް ނުވެއެވެ.

ޔާން ޑި ނޫލްރަސްމާލެ ތިމާވެށިބިންހިއްކުން

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް

އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް

06 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން އަންނަ މަހު ނިމޭއިރު، ގިރާވަރު ފަޅުގެ މަޝްރޫއު މަރޗު މަހުގެ ތެރޭގައި ނިމޭނެ: ރައީސް މުއިއްޒު

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުން އަންނަ މަހު ނިމޭއިރު، ގިރާވަރު ފަޅުގެ މަޝްރޫއު މަރޗު މަހުގެ ތެރޭގައި ނިމޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު