Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސަސްއިން ބިދޭސީ ކުޅުންތެރިން ގެނައުން

ސަސްއަށް ބިދޭސީ އައު ދެ ކުޅުންތެރިން ގެނެސްފި

ސަސްއާ ގުޅުނު މިޑްފީލްޑަރަކީ މޮރޮކޯގެ މުޙައްމަދު އަޖްނާނީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 18 މާރިޗު 2021 | ބުރާސްފަތި 12:12
ސަސްއާ ގުޅުނު ސްވިޑެންގެ ފޯވާޑް ޝްކޮޑްރަން މަހޯލީ (ކ) އަދި މޮރޮކޯގެ މިޑްފީލްޑަރު މުޙައްމަދު އަޖްނާނީ (ވ)

ސަސްއާ ގުޅުނު ސްވިޑެންގެ ފޯވާޑް ޝްކޮޑްރަން މަހޯލީ (ކ) އަދި މޮރޮކޯގެ މިޑްފީލްޑަރު މުޙައްމަދު އަޖްނާނީ (ވ)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ސްވިޑެންގެ ފޯވާޑް ޝްކޮޑްރަން މަހޯލީ އާއި މޮރޮކޯގެ މިޑްފީލްޑަރު މުޙައްމަދު އަޖްނާނީގެ ސޮއި ހޯދައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ރާއްޖޭގެ ޓްރާންސްފާ ބާޒާރު ވަނީ ބަންދުވެފައެވެ. އޭގެ ކުރިން ސަސްއިން ބިދޭސީ އައު ދެ ކުޅުންތެރިއަކު ގެނައިރު، މި ސީޒަން އެ ޓީމުން ފަށާފައިވަނީ ބިދޭސީ ހަތަރު ކުޅުންތެރިންނާއެކުއެވެ. އެއީ އުޒްބެކިސްތާން ލީގުގެ ޓީމުތަކަށް ކުޅެފައިވާ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފާއި، ލާއޯސް އާއި އާރްމީނިއާގެ އިތުރުން ރާއްޖޭގެ ޖޭޖޭ ސްޕޯޓްސްއަށް ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރު އެއިސޫކޭ މޯރީ އާއި، އިންޑިއާގެ އައި ލީގާއި ޖަޕާނާއި މެލޭޝިއާ ލީގާއި އިންޑޮނީޝިއާ ސުޕަ ލީގު އަދި ބަންގްލަދޭޝް ޕްރިމިއާ ލީގުގައި ކުޅެފައިވާ ޖަޕާނުގެ ފޯވާޑް އަޓްސުޝީ ޔޮނެޒޭވާ އަދި ސްޕެއިނުގެ އެކި ޓީމުތަކަށް ކުޅެފައިވާ ފޯވާޑް ވިކްޓޯ ރޮޑްރިގޭޒެވެ. އޭގެ ތެރެއިން މިޑްފީލްޑަރު އަޓްސުޝީ ޔޮނެޒާވާ އާއި ފޯވާޑް ވިކްޓަ ރޮޑްރިގޭޒް ސަސްއިން މިހާރު ވަނީ ދޫކޮށްލާފައެވެ.

މި ފަހަރު ސަސްއާ ގުޅުނު އުމުރުން 27 އަހަރުގެ ފޯވާޑް މަހޯލީ މީގެ ކުރިން ވަނީ ސްވިޑެންގެ 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައެވެ. އަދި ކުލަބު ކެރިއަރުގައި އޭނާ ވަނީ ސްވިޑެންގެ ފުރަތަމަ ޑިވިޝަނުގެ ހަލްމްސްޓަޑާއި ހޭކަން އާއި ސިރީއާސްގެ އިތުރުން އެ ޤައުމުގެ ދެވަނަ ޑިވިޝަނުގެ ކުލަބުތަކަށް ކުޅެފައެވެ. އަދި އެންމެ ފަހުން މިދިޔަ އަހަރު އޭނާ ކުޅެފައިވަނީ ޑެންމާކުގެ ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ސިލްކެބޯގަށެވެ. ދެން ސަސްއާ ގުޅުނު މޮރޮކޯގެ މިޑްފީލްޑަރު އަޖްނާނީ މީގެ ކުރިން ވަނީ މޮރޮކޯގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައެވެ. އަދި ކުލަބު ކެރިއަރުގައި އޭނާ ވަނީ ނެދަލެންޑްސްގެ ދެވަނަ ޑިވިޝަނުގެ ޓީމުތަކަށް ކުޅެފައެވެ.

މި ނިމުނު ޓްރާންސްފާގައި ސަސްއިން ބިދޭސީ އައު ދެ ކުޅުންތެރިއަކު ހޯދިއިރު، އެ ޓީމުން މީގެ ކުރިން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޑިފެންޑަރު މުޖުތާޒް މުޙައްމަދު (މުޖޭ) އާއި މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ) ގެ ސޮއި ހޯދާފައެވެ. މީގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބުގެ ނަޝާހު އަޙްމަދު (ނައްޓު) އާއި އަޙްމަދު އިނާންވެސް ވަނީ މި ޓްރާންސްފާގައި ސަސްއަށް ބަދަލުވެފައެވެ.

ސަސްއިން އެ ޓީމުގެ ސްކޮޑު ވަރުގަދަކުރިއިރު، މި ސީޒަނުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސަސްއިން މިހާތަނަށް ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން މި ސީޒަނަށް އަޙްމަދު ނާޝިދު (ނާދު) ގެ އިރުޝާދުގެ ދަށުން ސަސް ކުރިމަތިލިއިރު، ނާދުގެ ކޯޗުކަމުގައި ސަސްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ސަސްއިން ވަނީ ނާދުގެ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައި، އެ ޓީމުގެ ކޯޗަކަށް އީގަލްސްގެ ކުރީގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސާފައެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ ލީގު އަލުން ފެށުމަށް މަސައްކަތްކުރަމުންނެވެ. ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު ސަސް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު އަށް މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ.

ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

01 ސެޕްޓެމްބަރު 2025
ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި

ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި

23 ނޮވެމްބަރު 2024
  ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު

ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު

23 ޖުލައި 2024
ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު