Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ހަމަޖެހިލައިގެން ކުޅެ ގްރީން އަތުން ސަސްއަށް ފަސޭހަ މޮޅެއް

ސަސްއިން މެޗު ކާމިޔާބުކުރީ 5-1 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 9 މެއި 2023 | އަންގާރަ 19:03
ލަނޑުޖެހުމަށްފަހު ސަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ލަނޑުޖެހުމަށްފަހު ސަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސީޒަންގައި ފުރަތަމަ މެޗަށް ނުކުތް ކްލަބް ގްރީން ސްޓްރިޓްސް އަތުން ފަސޭހައިން މޮޅުވެ, ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އިން މޮޅަކުން ލީގު ފަށައިފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ގްރީން އަތުން ސަސް މޮޅުވީ 5-1 ނެވެ. ހަމަޖެހިލައިގެން ކުޅުނު މެޗުގައި ސަސްއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުޙައްމަދު ނިޒާމްއެވެ. ފުރަތަމަ ލަނޑު ޖަހާ ކުރިހޯދައިދިނީވެސް އޭނާއެވެ. މެޗުގައި ދެން ސަސްއަށް ލަނޑުތައް ޖަހައިދިނީ އަހުމަދު އައިހަމްއާއި އަލީ ނަސޫހު ރަޝީދުއާއި އަހުނަފް ރަޝީދުއެވެ. ފުރަތަމަ ހާފްގައި ސަސްއިން ތިން ލަނޑު ޖެހިއެވެ. އަދި ލަނޑު ޖަހާނެ އިތުރު ފުރުޞަތުތައްވެސް ހޯދިއެވެ. ސަސްއިން ފަސް ލަނޑު ޖެހިފަހުން 88 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ހަމައެކަނި ލަނޑު ޖެހީ އަބްދުالله އަނޫސްއެވެ.

ތައްޔާރުނުވެވޭތީ ސީޒަންގެ ފުރަތަމަ މުބާރާތުގައި ގްރީން ވާދައެއް ނުކުރެއެވެ. އަދި ލީގަށް ނުކުތީވެސް އެކަށީގެންވާ ގޮތެއްގައި ތައްޔާރުނުވެއެވެ. ލީގުގައި ސަސްއަށް ކުރިއަށް އޮންނާނީ ޔުނައިޓެޑް ވިކްޓްރީއާ ވާދަކުރާ މެޗެވެ. ގްރީންގެ ދެވަނަ މެޗުގައި ވާދަކުރާނީ ޗެމްޕިއަން މާޒިޔާއާއެވެ. އެ ދެ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރާއި ރޭގަނޑެވެ.

ދިވެހި ޕްރިމިއާ ލީގު 2023ދިވެހި ޕްރިމިއާ ލީގުސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
10 ނޮވެމްބަރު 2025

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
08 ނޮވެމްބަރު 2025

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު