Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަސް އެކަޑަމީ

ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު

މެލޭޝިޔާ މުބާރާތުން ސަސް އެކަޑަމީ 3 ވަނަ ހޯދިއެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 23 ޖުލައި 2024 | އަންގާރަ 04:53
ސަސް އެކަޑަމީ ކޯޗު ފަރީދު

ސަސް އެކަޑަމީ ކޯޗު ފަރީދު

 ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް ކަމަށާއި, އެ ހުނަރުގެ ފައިދާ ހޯދަން އެހީތެރިވެދޭން ސަސް އެކަޑަމީގެ ކޯޗު ފަރީދު މުހައްމަދު އެދިއްޖެ އެވެ.

ދާދިފަހުން މެލޭޝިޔާގައި އޮތް ލަލީގާ އިންޓަރނޭޝަނަލް ޔޫތް މުބާރާތުގެ ތިންވަނަ ސަސް އެކަޑަމީ އަށް ހޯދައިދިން ކޯޗު ބުނީ އެމުބާރާތުން ވެސް ރާއްޖޭގައި ހުނަރު އޮތްކަން ސާބިތުވާ ކަމަށެވެ. ސަރަހައްދީ އެހެން ގައުމުތަކާ ރާއްޖެއާ މާބޮޑު ތަފާތެއް ނެތް ކަމަށާއި, ފުރުޞަތު ހޯދައިދެވިއްޖެ ނަމަ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު އަދިވެސް އެބައޮތްކަން ފަރީދު ފާހަގަކުރިއެވެ. އޭނާ ބުނީ ލަލީގާ އިންޓަރނޭޝަނަލް ޔޫތް މުބާރާތަކީ ތައްޔާރުވެގެން ނަތީޖާއެއް ހޯދަން, އަދި ނަތީޖާއެއް ހޯދިދާނެކަން ސާބިތުކޮށްދޭން ދިޔަ މުބާރާތެއް ކަމަށެވެ. ހަތަރުމަހެއްހާ ދުވަހު މުބާރާތަށް ޕްރެކްޓިސް ކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ކުޅުންތެރިންގެ ކިޔެވުމާ ސްކޫލް ހަރަކާތްތަކާއި, ދަނޑުގެ ޝެޑިއުލްއާއެކު މުޅި ޓީމް އެކުގައި ޕްރެކްޓިސް ކުރަން ލިބުނު ވަގުތު މަދުކަންވެސް ފަރީދު ފާހަގަކުރިއެވެ.

ސަސް އެކަޑަމީން މުބާރާތަށް ދިޔައީ ސެމީފައިނަލަށް ދިއުމަށް އަމާޒުކޮށްގެންނެވެ. ޓީމް އެނބުރި އައީ ލޯ މެޑެއްޔާ އެކުއެވެ. ފަރީދު ބުނީ މިހިސާބުންވެސް ކުރިއަށް ދާން ބޭނުންނަމަ ދަނޑުތައް އަޅާ ފެސިލިޓީޒް ގާއިމް ކުރަން ޖެހޭ ކަމަށެވެ. އަދި ގަވައިދުން ލީގު ބާއްވަން ޖެހޭކަން ފާހަގަ ކުރިއެވެ. ސަރުކާރާއި އެފްއޭގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ލިބިގެން ނޫނީ ކުރިއަށް ނުދެވޭނެކަން ކުރީގެ ކުޅުންތެރިޔާ ފާހަގަކުރިއެވެ.

ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

01 ސެޕްޓެމްބަރު 2025
ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް
23 ނޮވެމްބަރު 2024

ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި

23 ނޮވެމްބަރު 2024
ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި
10 ޖޫން 2024

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2024
ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
29 އޯގަސްޓު 2023

ސަސް އިން ޔޫވީ ބަލިކޮށްފި

29 އޯގަސްޓު 2023
ސަސް އިން ޔޫވީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު