Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް ދެވަނަ ފަހަރަށް ޖެހުން

ކޮވިޑް ދެވަނަ ފަހަރަށް ޖެހުމުގެ ފުރުސަތު ކުޑަ، ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް އެފުރުސަތު ބޮޑު

18 މާރިޗު 2021 | ބުރާސްފަތި 07:47

އެއް ފަހަރު ކޮވިޑް ޖެހިފައިވާ މީހުންނަށް ހަމަސް ދުވަސް ވަންދެން ދެ ވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ފުރުސަތު ކުޑަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 މާރިޗު 2021 | ބުރާސްފަތި 07:47
މެލޭޝިޔާގައި މީހަކު ކޮވިޑް-19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ

މެލޭޝިޔާގައި މީހަކު ކޮވިޑް-19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ

ކޮވިޑް ޖެހިފައިވާ ގިނަ މީހުންނަށް ދެވަނަ ފަހަރަށް ކޮވިޑްޖެހުމުގެ ފުރުސަތު ވަރަށް ކުޑަކަމަށާއި ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް އެފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބުދަ ދުވަހު ޝާއިއުކޮށްފައިވާ މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި އެއް ފަހަރު ކޮވިޑް ޖެހިފައިވާ މީހުންނަށް ހަމަސް ދުވަސް ވަންދެން ދެ ވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް އުމުރުން ހަގު މީހުންނަށްވުރެ އުމުރުން ދުވަސްވީ މީހުންނަށް ދެ ވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއިން ވަނީ އެނގިފައެވެ.

ލެންސެޓް މެޑިކަލް ޖަރނަލްގައި ޝާއިއުކޮށްފައިވާ މިދިރާސާއިން ހާމަވެފައިވާ ގޮތުގައި ފުރަތަމަ ފަހަރަށް ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ދެ ވަނަ ފަހަރަށް ވައިރަސް ޖެހިފައިވަނީ ޑެންމަރކްގެ ކޮވިޑްގެ ފުރަތަމަ އަދި ދެ ވަނަ ރާޅުގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 0.65 އިންސައްތަ މީހުންނަށެވެ.

އެހެންނަމަވެސް އެއްވެސް ވަރަކަށް ކޮވިޑް ނުޖެހޭ މީހުންގެ ތެރެއިން 3.27 އިންސައްތަ މީހުންނަށް ވަނީ ޕީސީއާރު ޓެސްޓުން އެމީހުންނަށް ވައިރަސް ޖެހިފައިވާކަން އެނގިފައެވެ.

އުމުރުން 65 އަހަރާއި އެއަށްވުރެ މަތީ މީހުންގެ ތެރެއިން ދެވަނަ ފަހަރަށް ކޮވިޑް ނުޖެހި ރައްކާތެރިކަން ލިބެނީ 47 އިންސައްތައަށް ކަމަށް ދިރާސާއިން ވަނީ އެނގިފައެވެ. އެހެންނަމަވެސް އުމުރުން ހަގު މީހުންނަށް އެރައްކާތެރިކަން 80 އިންސައްތައަށް ލިބެއެވެ.

މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑެންމަރކްގެ ސްޓެޓެންސް ސެރަމް އިންސްޓިޓިއުޓްގައި މަސައްކަތްކުރާ ސްޓީން އެތެލްބަރގް ވިދާޅުވީ ދިރާސާއިން އެނގިގެންދިޔައީ ސިއްހަތު ރަނގަޅު ޒުވާނުންގެ މެދުގައި ދެވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ފުރުސަތު ކުޑަކަންކަމަށެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ދެ ވަނަ ފަހަރަށްވެސް ކޮވިޑް ޖެހުމުގެ ފުރުސަތު އެބައޮތްކަމަށް ސްޓީން ވިދާޅުވިއެވެ.

އެހެންކަމުން އުމުރުން ދުވަސްވީ މީހުންނަށް ބަލީގެ ނުރައްކާތެރިކަން އޮތް މިންވަރު މިކަމުން އެނގިގެންގޮސްފިކަމަށާއި ސިޔާސަތުތައް ހަދާ ފަރާތްތަކުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ އިސްކަމެއް ދީގެން ސިޔާސަތުތައް ހަދަންޖެހޭކަމަށް ސްޓީން ވިދާޅުވިއެވެ.

ދެވަނަ ފަހަރަށް ކޮވިޑް ޖެހުމުގެ ފުރުސަތު ހަމަސް ދުވަހަށްފަހު ދަށްވެގެންދާކަން އަދި މިދާރާސާއިން ހޯދިފައެއްނުވެއެވެ. އެކަމަށްޓަކައި އިތުރު ދިރާސާތައް ކުރިޔަށް ގެންދަންޖެހޭކަމަށާއި އެކި ވޭރިއަންޓްތައް އުޅުމާއެކު އެވޭރިއަންޓްތަކުގައިވާ ގޮތް ދެނެގަންނަންޖެހޭކަމަށް މިދިރާސާކުރި ފަރާތްތަކުން ބުނެއެވެ.

މިދިރާސާކުރުމަށްޓަކައި ޑާޓާތައް ނަގާފައިވަނީ ޑެންމާކްގެ ނޭޝަނަލް ޓެސްޓިންގ ގެ ތެރެއިންނެވެ. އެގޮތުން 2020 ވަނަ އަހަރު ޑެންމާކުގެ އާބަދީގެ 69 އިންސައްތަ މީހުން ކަމުގައިވާ 4 މިލިއަން މީހުން ކޮވިޑަށް ކޮށްފައިވާ ޓެސްޓްތަކުގެ ނަތީޖާތައް ވަނީ މިދިރާސާގައި ބޭނުންކޮށްފައެވެ.

ދެވަނަ ފަހަރަށް ކޮވިޑް ޖެހޭތޯ ބެލުމުގެ ދިރާސާއެއް މީގެކުރިންވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިދިރާސާއިން ހާމަވި ނަތީޖާތަކަށް ކޮމެންޓްކުރަމުން ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ޕްރޮފެސަރުން ކަމުގައިވާ ރޮސްމެރީ ބޯއިޓޮން އާއި ޑެނީ އަލްޓްމަން ވިދާޅުވީ މިދިރާސާއިން ހާމަވި ނަތީޖާތަކުން އެނގުނީ ވައިރަހާ ދެކޮޅަށް ރައްކާތެރިކަން ލިބޭ މިންވަރު ކުރީގައި ހެދި ދިރާސާ އާ އަޅާބަލާއިރު ކުޑަކަމަށެވެ.

ގުދުރަތީ ގޮތުން ވައިރަސް އާ ދެކޮޅަށް އިންސާނާގެ ހަށިގަނޑުގައި އިމިޔުނިޓީ އުފައްދައިދޭ މިންވަރު ދަށްކަން އެނގިއްޖެކަމަށާއި އެހެންކަމުން މިކަމަށް އޮތް ހައްލަކީ ދުނިޔޭގެ އާބާދީގެ ބޮޑުބަޔަކަށް ވީ އެންމެ އަވަހަށް ވެކްސިން ޖެހުންކަމަށް ބުނެފައިވެއެވެ.

ކޮވިޑް-19

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް