Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ ޓްރަމްޕް ވެކްސިން ޖަހަން އިލްތިމާސް ކުރެއްވުން

ކޮވިޑު ވެކްސިން ރައްކާތެރި، ވައިރަހާ ދެކޮޅަށް މަސައްކަތް ވެސް ކުރޭ، ވެކްސިން ޖައްސަވާ: ޓްރަމްޕް

ކޮވިޑް-19 ވެކްސިނަކީ ރައްކާތެރި ވެކްސިނެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މާރިޗު 2021 | ބުދަ 17:49
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ޓްރަމްޕު ވެސް ވެކްސިން ޖައްސަވާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ޓްރަމްޕު ވެސް ވެކްސިން ޖައްސަވާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެއްސެވުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިލްތިމާސް ކުރައްވަފައިފިއެވެ.

ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަންގެ މެމްބަރުންނާ މުޚާތަބު ކުރައްވައި ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ކޮވިޑް-19 ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށާއި، ވައިރަސްއާ ދެކޮޅަށް ވެކްސިން އެކަށީގެންވާ ގޮތެއްގައި މަސައްކަތްވެސް ކުރާ ކަމަށެވެ. އަންގާރަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ވެކްސިން ޖަހަން ބޭނުންނުވާ މީހުންނާއި، އެމަނިކުފާނަށް ވޯޓު ދެއްވި އެންމެންނަށްވެސް ދެއްވަން އޮތް އިރުޝާދަކީ އަވަހަށް ވެކްސިން ޖެއްސެވުން ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުން ޓްރަމްޕްވެސް ވަނީ ވައިޓްހައުސްއިން ނުކުމެވަޑައިގަތުމުގެ ކުރިން އަނބިކަނބަލުން މެލާނިއާ ޓްރަމްޕާއެކު ސިއްރިއްޔާތުގައި ވެކްސިން ޖައްސަވާފައެވެ.

ކޮވިޑުގެ އާލަމީ ވަބާ ދުނިޔެއަށް ފެތުރެމުން ދިޔައިރު، ކޮވިޑާ ގުޅިގެން ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް ބޭފުޅަކީ ޑޮނަލްޑްޓް ޓްރަމްޕެވެ. އެގޮތުން މުޅި ދުނިޔެއިން އެންމެ ގިނަ ކޭސް ރިޕޯޓު ކުރެވިފައިވާ ޤައުމަކަށް އެމެރިކާ ވެގެން ދިއުމުގެ ފަހަތުގައި ޓްރަމްޕްގެ ދޯހަޅި ސިޔާސަތުތައް އިސް ރޯލެއް އަދާކުރާކަމަށް ގިނަ ބަޔަކު ބުނެއެވެ.

މިއީ އާދައިގެ ރޯގާއެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަ ކުރެއްވުމާއި، ކިތަންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން ދިޔަނަމަވެސް، ޤައުމު ލޮކްޑައުންކޮށް ފިޔަވަޅުތައް ހަރުކަށިކުރުމާ ފާޅުގައި ދެކޮޅު ހެއްދެވި ބޭފުޅެއްގެ ގޮތުގައި ޓްރަމްޕް ފެނިގެން ދިޔައެވެ. ނަމަވެސް އެންމެ ފަހުން އެ ޤައުމުގައި ކޮވިޑުގެ ޙާލަތު އިންތިހާއަށް ގޯސްވެ، ބައެއް ސްޓޭޓުތަކުގެ ހޮސްޕިޓަލުތައްވެސް ފުރި، ސިއްޙީ ނިޒާމަށް ނުކަތާވަރަށް ކޭސްތައް ފެންނަން ފެށިއެވެ. ބައެއް މީހުން ބުނާ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީގެ އެއް ސަބަބަކީވެސް ކޮވިޑާ ގުޅިގެން އެމަނިކުފާނު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަފުޅުތަކެވެ.

ޓްރަމްޕްކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
02 އޮކްޓޯބަރު 2025

ސަރުކާރު ހުއްޓުމާއެކު، ޑިމޮކްރަޓިކް ސްޓޭޓް ތަކުގެ ބަޖެޓު އުނި ކުރަން ޓްރަމްޕް ނިންމަވައިފި

02 އޮކްޓޯބަރު 2025
ސަރުކާރު ހުއްޓުމާއެކު، ޑިމޮކްރަޓިކް ސްޓޭޓް ތަކުގެ ބަޖެޓު އުނި ކުރަން ޓްރަމްޕް ނިންމަވައިފި
30 ސެޕްޓެމްބަރު 2025

ޓްރަމްޕްގެ ޕްލޭނަށް އިސްލާމީ ޤައުމު ތަކުގެ ތާއީދު

30 ސެޕްޓެމްބަރު 2025
ޓްރަމްޕްގެ ޕްލޭނަށް އިސްލާމީ ޤައުމު ތަކުގެ ތާއީދު
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު