Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޓްރަމްޕް އަށް ނޯބެލް އިނާމު ލިބޭނީ ޣައްޒާ ހަނގުރާމަ ހުއްޓިއްޖެ ނަމަ: މެކްރޮން

މެކްރޮން ވިދާޅުވީ، ޓްރަމްޕް ބޭނުންފުޅު ވަނީ ނޯބެލް ސުލްޙައިގެ އިނާމު ޙާސިލު ކުރަން ކަމަށެވެ. އެހެންކަމުން، ޓްރަމްޕް އަށް ނޯބެލް ސުލްޙައިގެ އިނާމު ލިބެން އޮތީ ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެސްގެން ކަމުގައި މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕަށް ނޯބެލް ސުލްހައިގެ އިނާމު ލިބޭނީ ޣައްޒާގެ ހަނގުރާމަ ހުއްޓުވައިފިނަމަ ކަމަށް މެކްރޯން ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2025 | ބުދަ 08:19
ފްރާންސްގެ ރައީސް މެކްރޮން އަދި އެމެރިކާގެ ރައީސް ޓްރަމްޕް

ފްރާންސްގެ ރައީސް މެކްރޮން އަދި އެމެރިކާގެ ރައީސް ޓްރަމްޕް

އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ނޯބެލް ސުލްޙައިގެ އިނާމު ލިބޭނީ، އިސްރާއީލް އިން ޣައްްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓިއްޖެ ނަމަ ކަމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ދިޔަ އދ ގެ ޖެނަރަލް އެސެމްބްލީގެ ތެރެއިން ބީއެފްއެމް ޓީވީ އަށް ދެއްވި އިންޓަވިޔުގައި މެކްރޮން ވިދާޅުވީ، މިހާރު އޮތް ޙާލަތުގައި އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅޭނެ ފަރާތަކީ އެމެރިކާގެ ރައީސް ކަމަށެވެ.

މެކްރޮން ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް އެކަމުގައި ވަރަށް ގިނަ މަސައްކަތް ކުރައްވާ މަންޒަރު ފެންނަ ކަމަށެވެ. އަދި އދ ގެ ޖެނަރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ސުލްޙަވެރިކަން ބޭނުންވާ ކަމަށާއި، ހަނގުރާމަ ނިންމާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް މެކްރޮން ފާހަގަ ކުރެއްވި އެވެ.

އެކަން ފާހަގަ ކުރައްވައި މެކްރޮން ވިދާޅުވީ، ޓްރަމްޕް ބޭނުންފުޅު ވަނީ ނޯބެލް ސުލްޙައިގެ އިނާމު ޙާސިލު ކުރަން ކަމަށެވެ. އެހެންކަމުން، ޓްރަމްޕް އަށް ނޯބެލް ސުލްޙައިގެ އިނާމު ލިބެން އޮތީ ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެސްގެން ކަމުގައި މެކްރޮން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މެކްރޮން ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް ފްރާންސް އިން ނިންމި ނިންމުމާ މެދު، އެމެރިކާ އާއި އިސްރާއީލް އިން ދެކޮޅު ހަދާފައިވާ ކަމަށެވެ. ނަމަވެސް، އިސްރާއީލް އަށް އެންމެ ބޮޑު ނުފޫޒެއް، ނުވަތަ ޕްރެޝަރެއް ދެވޭނީ ވެސް އެމެރިކާ އަށް ކަމަށް މެކްރޮން ވިދާޅުވި އެވެ.

އެކަމުގެ ސަބަބެއްގެ ގޮތުގައި މެކްރޮން ވިދާޅުވެފައި ވަނީ، ޣައްޒާ ހަނގުރާމަ ކުރިއަށް ގެންދަން އެމެރިކާ އިން އިސްރާއީލް އަށް ހަތިޔާރު ދިނުމެވެ. މެކްރޮން ވިދާޅުވީ، ފްރާންސް އިން އިސްރާއީލް އަށް އެއްވެސް ހަތިޔާރެއް ދީފައި ނުވާނެ ކަަމަށާއި، ޣައްޒާ ހަނގުރާމަ ކުރިއަށް ގެންދަން ހަތިޔާރު ނުދޭ ކަމަށެވެ.

ފަލަސްޠީނުގެ ދައުލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ހަގީގަތުގައި އުފެދޭނީ އިސްރާއީލް އިން އެކަން ބަަލައި ގަންނަ ދުވަހަކުން ކަމަށެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަންނަން ފްރާންސް އިން ނިންމުމާ އެކު، އިސްރާއީލް އިން ވަނީ މެކްރޮން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އުމުރުފުޅުން 79 އަހަރުގެ ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ނޯބެލް ސުލްޙައި އިނާމު ލިބެން ވާނީ އޭނާ އަށް ކަމަށެވެ. މިހާރު އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރު ފުރިހަމަ ކުރަމުން ގެންދަވާ ޓްރަމްޕް ވިދާޅުވީ، މިހާތަނަށް އައިއިރު ހަ ހަނގުރާމަ ނިންމުމަށް ގެނައުމުގައި އޭނާގެ ދައުރު އޮންނާނެ ކަމަށެވެ.

މިއަހަރުގެ ނޯބެލް ސުލްޙައިގެ އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅާފައިވާ ކަމަށް ބައެއް ޤައުމު ތަކުން ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި އިސްރާއީލް ހިމެނޭއިރު، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ނޯބެލް އިނާމު ކޮމެޓީ އަށް ފޮނުވި ސިޓީ ވެސް ޓްރަމްޕް އަށް ރައްދު ކޮށްފަ އެވެ.

އިސްރާއީލްގެ އިތުރުން އަޒަރުބައިޖާން ފަދަ ޤައުމު ތަކުން ވެސް ވަނީ ނޯބެލް އިނާމަށް ޓްރަމްޕްގެ ނަމަށް ތާއީދު ކުރާ ކަމަށް ހާމަކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ

ޓްރަމްޕްމެކްރޮންއިޒްރޭލް-ފަލަސްޠީންޣައްޒާ ހަނގުރާމަހަމާސްނޯބެލް ސުލްޙައިގެ އިނާމު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު