Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުނައިޓެޑުގައި ވެން ޑަ ބީކުގެ ކުރިމަގު

ޔުނައިޓެޑް ދޫކޮށްލަން ވެން ޑަ ބީކް ބޭނުންވޭ

ފުރުޞަތު ނުލިބޭތީ މި ސީޒަން ނިމުމުން ވެން ޑަ ބީކް ކުލަބު ބަދަލުކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 މާރިޗު 2021 | ބުދަ 13:51
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު 35 މިލިޔަން ޕައުންޑުގެ އަގަކަށެވެ. އަދި އޭނާ ވަނީ ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރަށް ވެން ޑަ ބީކް ޔުނައިޓެޑުގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ.

މީގެ ކުރިން އަޔަކްސްގައި މޮޅު ކުޅުމެއް ދެއްކި ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވި ނަމަވެސް، ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން އޭނާއަށް މާ ގިނަ ފުރުޞަތުތަކެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް އޭނާ ޔުނައިޓެޑަށް ކުޅެދީފައިވަނީ އެންމެ 26 މެޗެވެ. މީގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގައި 13 މެޗު އޭނާ ކުޅެފައިވާއިރު، ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅެފައިވަނީ އެންމެ ދެ މެޗެވެ. އަދި މިހާތަނަށް ޔުނައިޓެޑުގައި ޖާޒީގައި ވެން ޑަ ބީކަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަން ނިމުމުން ޔުނައިޓެޑް ދޫކޮށްލަން ވެން ޑަ ބީކް ބޭނުންވެއެވެ. އަދި އެކަމާ ގުޅޭ ގޮތުން މި ސީޒަން ނިމުމުގެ ކުރިން ޔުނައިޓެޑުގެ އެގްޒެކުޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑާއެކު ވެން ޑަ ބީކް މަޝްވަރާކުރާނެ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޔުނައިޓެޑް ދޫކޮށްލަން ވެން ޑަ ބީކް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނިއިރު، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ޔުނައިޓެޑުގައި ވެން ޑަ ބީކް ހުރީ އުފަލުން ނޫންކަމަށް ބުނެފައެވެ. އެގޮތުން ގިނަ މެޗުތަކެއް ކުޅެން ވެން ޑަ ބީކުވެސް ބޭނުންވާނެ ކަމަށާއި، ނަމަވެސް ވެން ޑަ ބީކް ކުޅޭ ޕޮޒިޝަނަށް ކުޅޭ ރަނގަޅު ކުޅުންތެރިންތަކެއްވެސް އެ ޓީމުގައި އެބަތިބި ކަމަށްވެސް ސޯލްޝެއާ ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޮގްސްޓް މަހު އަޔަކްސް ދޫކޮށް ޔުނައިޓެޑަށް ވެން ޑަ ބީކް ބަދަލުވިއިރު، މީގެ ކުރިން އޭނާ ހޯދުމަށް ރެއާލް މެޑްރިޑާއި ބާސެލޯނާއިންވެސް ވަނީ މަސައްކަތްކޮށްފައެވެ.

ޔުނައިޓެޑުގައި ވެން ޑަ ބީކަށް މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، މީގެ ކުރިން އޭނާ ވަނީ އަޔަކްސްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވެން ޑަ ބީކަކީ އަޔަކްސްއިން 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުޞަތު ހޯދި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި އަޔަކްސްއަށް ކުޅެދިން 175 މެޗު 41 ލަނޑު ކާމިޔާބުކޮށްފައިވާ ވެން ޑަ ބީކް ވަނީ އެ ޓީމާއެކު 2018-2019 ވަނަ އަހަރުގެ ނެދަލެންޑްސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ޑޮނީ ވެން ޑަ ބީކްމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު