Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާސްޕޯޓް މިނިސްޓަރ

މިނިސްޓަރ ނަހުލާ ގަތަރުގެ ޓްރާންސްޕޯޓް މިނިސްޓަރާ ބައްދަލުކުރައްވައިފި

17 މާރިޗު 2021 | ބުދަ 12:51

ވެހިކަލް ރަޖިސްޓްރޭޝަން ޑިޖިޓައިޒްކޮށް، އެކަން ބަލަހައްޓާ އުސޫލު އިތުރަށް ތަރައްގީ ކުރުމާ ގުޅޭ މަޝްވަރާ ކުރެއްވި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 17 މާރިޗު 2021 | ބުދަ 12:51
ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ޤަތަރުގެ ޓްރާންސްޕޯޓު މިނިސްޓަރާ ބައްދަލު ކުރެއްވުން

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ޤަތަރުގެ ޓްރާންސްޕޯޓު މިނިސްޓަރާ ބައްދަލު ކުރެއްވުން

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ގަތަރުގެ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ ގާސިމް ބިން ސައިފް އަލް ސުލައިސީ އާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި މަހު 14ގައި ރަސްމި ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންނެވިއިރު މިނިސްޓަރ ނަހުލާ ހިމެނިވަޑައިގަންނަވަނީ ރައީސް އާ އެކު އެގައުމަށް ވަޑައިގެންނެވި ވަފުދުގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ރާއްޖޭގެ ޓްރާންސްޕޯޓް ދާއިރާ ކުރިއެރުވުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ވެހިކަލް ރަޖިސްޓްރޭޝަން ޑިޖިޓައިޒްކޮށް، އެކަން ބަލަހައްޓާ އުސޫލު އިތުރަށް ތަރައްގީކުރުމާއި، ސިވިލް އޭވިއޭޝަން ދާއިރާގައި ކެޕޭސިޓީ އިތުރުކުރުމުގެ އިތުރަށް އެ ދާއިރާއިން މީހުން ތަމްރީން ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރަށް ޕަލްބްލިކް ޓްރާސްޕޯޓް އިންފްރާސްޓްރަކްޗާއެއް ގާއިމްކޮށް، އެކަން ތަންފީޒުކުރުމާއި އެއްގަމާއި ކަނޑުގެ ސަރަހައްދުގެ ރެގިއުލޭޓަރީ އެކްސްޕަރޓީޒްއާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުން ވެސް ޓްރާންސްޕޯޓް ދާއިރާއިން ގުޅިގެން ކުރާނެ މަސައްކަތްތަކާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރުމަށް އެއްބަސްވިކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އޭގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް ސާލިހު ގަރަތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިހާރު ބަންގްލަދޭޝް އަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގެ ބައެއް ބޭފުޅުން އަދިވެސް ގަތަރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން ރަނގަޅުކުރުމާ ގުޅޭގޮތުން ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި
15 މެއި 2025

މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު

15 މެއި 2025
މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު
14 އެޕްރީލު 2025

ޚާއްސަ އެހީއަށް ބޭނުންވާ މީހުން, 60 އަހަރުވުމުން ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައިިފި

14 އެޕްރީލު 2025
ޚާއްސަ އެހީއަށް ބޭނުންވާ މީހުން, 60 އަހަރުވުމުން ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައިިފި
29 އޮކްޓޯބަރު 2024

ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ

29 އޮކްޓޯބަރު 2024
ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ
08 މެއި 2023

ބްރިޖުގެ މަޝްރޫއަށް ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކޮށްފިނަމަ ފިޔަވަޅު އަޅަނީ

08 މެއި 2023
ބްރިޖުގެ މަޝްރޫއަށް ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކޮށްފިނަމަ ފިޔަވަޅު އަޅަނީ
16 މާރިޗު 2023

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމަށް ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން އުވާލައިފި

16 މާރިޗު 2023
ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމަށް ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން އުވާލައިފި
23 ފެބުރުއަރީ 2023

ޓެކްސީތަކުގައި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކެމެރާ ހަރުކުރަންޖެހޭ

23 ފެބުރުއަރީ 2023
ޓެކްސީތަކުގައި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކެމެރާ ހަރުކުރަންޖެހޭ
07 ޑިސެމްބަރު 2022

އަންނަ އަހަރު ރާއްޖޭގައި ޑްރޯން ހުއްދަ ދޭން ފަށަނީ

07 ޑިސެމްބަރު 2022
އަންނަ އަހަރު ރާއްޖޭގައި ޑްރޯން ހުއްދަ ދޭން ފަށަނީ
03 ނޮވެމްބަރު 2022

ފުރިހަމަ ތަހުގީގަކަށްފަހު ނޫނީ ޝިމާޒާމެދު ގޮތެއް ނިންމުން ރަނގަޅެއް ނޫން: އެމްއާރުއެމް

03 ނޮވެމްބަރު 2022
ފުރިހަމަ ތަހުގީގަކަށްފަހު ނޫނީ ޝިމާޒާމެދު ގޮތެއް ނިންމުން ރަނގަޅެއް ނޫން: އެމްއާރުއެމް
18 އޮކްޓޯބަރު 2022

ވެހިކަލްތަކުގެ ރަސްޖިސްޓްރީ ބާތިލް ކުރުން ހުއްޓުވި މައްސަލަ އިސްތިއުނާފުކުރަނީ

18 އޮކްޓޯބަރު 2022
ވެހިކަލްތަކުގެ ރަސްޖިސްޓްރީ ބާތިލް ކުރުން ހުއްޓުވި މައްސަލަ އިސްތިއުނާފުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް