Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިމާޒާމެދު ކުރެވޭ ތުހުމަތުތައް

ފުރިހަމަ ތަހުގީގަކަށްފަހު ނޫނީ ޝިމާޒާމެދު ގޮތެއް ނިންމުން ރަނގަޅެއް ނޫން: އެމްއާރުއެމް

ތުހުމަތުކުރެވިފައިވާ ފަދަ ކަންކަން ކުރަމުންދާ ކަމަށްވާނަމަ، އެކަންކަން ކުރަމުން އައިސްފައިވަނީ ކިހާ ދުވަހަކަށް އަދި ކިހާ ބައެއްގެ ބައިވެރިވުމާއި އެކުގައިކަން ވެސް ހާމަވާނީ ތަހުގީގަކުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ނޮވެމްބަރު 2022 | ބުރާސްފަތި 02:29
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން

އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިޔުޓީ މިނިސްޓަރުގެ މަގާމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރުއެމް)ގެ ސްލޮޓެއްގައި ހުންނެވި ޝިމާޒު އަލީގެ މައްޗަށް ތުހުމަތުކުރާ ކަންތައްތަކާ މެދު އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއްގައި ޝިމާޒްގެ ބައިވެރިވުން އޮތްކަމަށް ތުހިމަތުކުރެވޭތީ ޝިމާޒް މަޤާމުން ވަކިކޮށްދެއްވުމަށް އެދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙަށް ސިޓީއެއް ފޮނުއްވާފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއާރުއެމް އަކީ ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތުކޮށް ކޮރަޕްޝަން ހުއްޓުވުމަށް އަބަދުވެސް މަސައްކަތްކުރާ ޕާޓީއެއްކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތައް ބެލުމަށް ހެދިފައިވާ މުއައްސަސާތަކުން ފުރިހަމަ ތަހުގީގެއް ހިންގުމަށްފަހު މެނުވީ މިކަމުގައި ގޮތް ނިންމުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް އެ ޕާޓީން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ތުހުމަތުކުރެވިފައިވާ ފަދަ ކަންކަން ކުރަމުންދާ ކަމަށްވާނަމަ، އެކަންކަން ކުރަމުން އައިސްފައިވަނީ ކިހާ ދުވަހަކަށް އަދި ކިހާ ބައެއްގެ ބައިވެރިވުމާއި އެކުގައިކަން ވެސް ހާމަވާނީ ކަމާބެހޭ ފަރާތްތަކުން ކުރާ ފުރިހަމަ ތަހުގީގަކަށްފަހުކަމަށް ޕާޓީން ގަބޫލުކުރާކަމަށް ވެސް ބުނެފައިވެއެވެ.

ޝިމާޒަކީ އެމްއާރުއެމްގެ ސްލޮޓެއްގައި މަގާމުގައި ހުރި ފަރާތަކަށްވާތީ އެމްއާރުއެމްގެ އެތެރޭގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން މި ތުހުމަތުތަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކޮށް ޝިމާޒުއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހު ޕާޓީން ގޮތެއް ނިންމާނެކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޝިމާޒް އަލީ އަށް ފިޔަވަޅު އަޅަން ޖެހޭތޯ ބެލުމަށް ފަހު އެކަން ކުރަން ޖެހޭ ނަމަ އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ. މިއުވާން ވަނީ މިނިސްޓަރު ނަހުލާގެ އެފަދަ ސިޓީ އެއް ރައީސް އަށް ލިބިވަޑައިގަންނަވާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެ ސިޓީ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރުމަށް ކުންފުންޏަށް އެހީތެރިވުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބައެއް މުވައްޒަފުންނާއި ގުޅުން ހުރި މައްސަލަ އެއް އޭސީސީ އިން ވަނީ ބަލާފައެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ރައީސް އޮފީސްމިނިސްޓްރީ އޮފް ޓްރާންސްޕޯޓް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި
15 މެއި 2025

މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު

15 މެއި 2025
މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު
03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

14 އެޕްރީލު 2025

ޚާއްސަ އެހީއަށް ބޭނުންވާ މީހުން, 60 އަހަރުވުމުން ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައިިފި

14 އެޕްރީލު 2025
ޚާއްސަ އެހީއަށް ބޭނުންވާ މީހުން, 60 އަހަރުވުމުން ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައިިފި
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
23 ޑިސެމްބަރު 2024

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟
30 އޮކްޓޯބަރު 2024

އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

30 އޮކްޓޯބަރު 2024
އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''
29 އޮކްޓޯބަރު 2024

މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

29 އޮކްޓޯބަރު 2024
މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
29 އޮކްޓޯބަރު 2024

ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ

29 އޮކްޓޯބަރު 2024
ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު