Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމަށް ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން އުވާލައިފި

ދެންބަލާނީ މިގަވާޢިދުގައި ބަޔާންކޮށްފައިވާ ލިޔުންތައް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 މާރިޗު 2023 | ބުރާސްފަތި 02:34
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެ ކުރުމުގެ ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން އުވާލައިފިއެވެ.

ހުއްދަ ހޯދުން ލާޒިމްކޮށްފައި އޮތްއޮތުން އުވާލާފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނު ލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ގެނައި އިސްލާހާއެކުއެވެ.

Advertisement - newsAdvertisement

މިއިސްލާހު ގެނައުމާއި ހަމައަށް L10 ގެ ގޮތުގައި ހަތަރު ފިރޮޅު ލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ކުރިން ހުއްދައެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ހޯދަންޖެހެއެވެ. އަދި މި ހުއްދަ ހޯދުމަށްޓަކައި އެ އުޅަނދުގެ މަޢުލޫމާތު ހިމެނޭ ޑީ ރަޖިސްޓްރޭޝަން ފޯމު ނުވަތަ ރަޖިސްޓަރީ ނުކުރާ އުޅަނދެއްނަމަ އެ އުޅަނދު އުފެއްދި ކުންފުނިން ދޫކުރާ ލިޔުމެއް ހުށަހަޅަން ޖެހެއެވެ. އަދި މި ލިޔުމަކީ އޮރިޖިނަލް ލިޔުމަކަށްވެސް ވާންޖެހެއެވެ. މި ލިޔުމުގައި ހުރުމަށް ލާޒިމްކުރާ ގިނަ މަޢުލޫމާތަކީ ބައެއްގައުމުތަކުން ހޯދުމަށް ދަތިތަކެއް ދިމާވަމުން ގޮސްފައިވާ މަޢުލޫމާތުތަކެކެވެ. އަދި ހަމަ އެހެންމެ މި ލިޔުން ހޯދުމަށްޓަކައި ގަރާޖާއި ބެހޭ މައުލޫމާތު ނުވަތަ ގަރާޖު ހުއްދަ ހުށަހަޅަން ޖެހެއެވެ.

މި ގެނެވުނު ބަދަލާއެކު L10 ހުއްދަ ހޯދުމަކާ ނުލައި އުޅަނދު ފަހަރު ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނެއެވެ. އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ LR1 ގެ ފޯމާއެކު މުޅިން އައު އުޅަނދެއްނަމަ މެނިފެކްޗަރ ސެޓްފިކެޓް ނުވަތަ އުޅަނދު އުފެއްދި ފަރާތުން ދޫކުރާ ލިޔުން ނުވަތަ އިންވޮއިސް ނުވަތަ ޑީ ރަޖިސްޓްރޭޝަން (ޑިލީޝަން ސެޓްފިކެޓް/ ރަޖިސްޓަރީ ބާތިލު ކުރިކަމުގެ ލިޔުން) ނުވަތަ އެކްސް ޕޯޓް ސެޓްފިކެޓްގައި އެ އުޅަނދު އުފެއްދި ކުންފުނީގެ ނަން، މޮޑެލް ނަންބަރު، އިންޖީނު ނަންބަރު، ޗެސިސް ނަންބަރު އަދި އުޅަނދު އުފެއްދި އަހަރު ބަޔާންކޮށްފައި އޮތުމުނެ ފުދޭނެއެވެ. އަދި ހަމަ އެހެންމެ ރޯޑު ވާދިނަސް ރިޕޯޓް އަދި ގަރާޖު ކުރުމަށް ކަމާބެހޭ މުއައްސަސާއިން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންޖެހެއެވެ.

L10 ގެ ބޭނުމަކީ ރާއްޖޭގައި ރަޖިސްޓަރީ ކުރެވޭ އުޅަނދުގެ އުމުރުފުރާ ބަލައި އެކަން ޔަގީން ކުރުމަށް ކުރިން ކަނޑައަޅާފައިވާ ކޮންޓްރޯލް ނިޒާމެވެ. މި މިބަދަލު ގެނައުމާއެކު މި ކޮންޓްރޯލް ދެންބަލާނީ މިގަވާޢިދުގައި ބަޔާންކޮށްފައިވާ ލިޔުންތައް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުންނެވެ. މި ގޮތަށް ބަދަލު ގެނައުމުން ކުރިން 2 ޕްރޮސެސްއެއްގައި ބަލަމުން ދިއަކަންކަން 1 ޕްރޮސެސްއަކުން ބަލައި ޔަގީން ކުރެވި މަސައްކަތް އަވަސްވެގެންދާނެއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި
15 މެއި 2025

މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު

15 މެއި 2025
މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު
14 އެޕްރީލު 2025

ޚާއްސަ އެހީއަށް ބޭނުންވާ މީހުން, 60 އަހަރުވުމުން ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައިިފި

14 އެޕްރީލު 2025
ޚާއްސަ އެހީއަށް ބޭނުންވާ މީހުން, 60 އަހަރުވުމުން ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައިިފި
29 އޮކްޓޯބަރު 2024

ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ

29 އޮކްޓޯބަރު 2024
ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ
08 މެއި 2023

ބްރިޖުގެ މަޝްރޫއަށް ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކޮށްފިނަމަ ފިޔަވަޅު އަޅަނީ

08 މެއި 2023
ބްރިޖުގެ މަޝްރޫއަށް ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކޮށްފިނަމަ ފިޔަވަޅު އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު