Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާއްސަ އެހީއަށް ބޭނުންވާ މީހުން

ޚާއްސަ އެހީއަށް ބޭނުންވާ މީހުން, 60 އަހަރުވުމުން ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައިިފި

އުޅަނދު ދުއްވާ މީހާ އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ޚިލާފުވެއްޖެ ނަމަ އެ މީހެއްގެ ލައިސެންސް ބާތިލް ކުރުމުގެ އިޚްތިޔާރު އެ ލައިސަންސް ދޫކުރި އިދާރާ އަށް މި އިސްލާހުގައި ވަނީ ދީފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 އެޕްރީލު 2025 | ހޯމަ 01:32
ފިރިހެން ދުވަހު ޓްރެފިކްގައި މަޑުކޮށްގެން ތިބި އުޅަނދުތަކުގެ ފޮޓޮ އެއް

ފިރިހެން ދުވަހު ޓްރެފިކްގައި މަޑުކޮށްގެން ތިބި އުޅަނދުތަކުގެ ފޮޓޮ އެއް

ޚާއްސަ އެހީއަށް ބޭނުންވާ މީހުން, އުމުރުން 60 އަހަރުވުމުން ކާރުފަދަ ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވޭ ގޮތަށް ވަކި ލައިސެންސެއް ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ގޮތަށް ހަމަޖައްސާފައި ވަނީ އާދިއްތަ ދުވަހު އެއްގަމު އުޅަނދުފަހަރުގެ ލައިސަަންސް ދޫކުރުމާ ބެހޭ ގަވައިދަށް ޓްރާންސްޕޯޓު މިނިސްޓްރީން ގެނައި އިސްލާހުގައެވެ. އެ މިނިސްޓްރީން ވަނީ މި އިސްލާހު ގެޒެޓްކޮށްފައެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ އެ ލައިސަންސް ދޫކުރާނީ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށެވެ. އެގޮތުން ދޫކުރާ ލައިސަންސްގެ ދަށުން އުޅަނދު ދުއްވުމުގެ ހުއްދަ ދޫކުރެވޭނީ ވަކި އުޅަނދުތަކަކަށް ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ. އެ އިސްލާހުގައި ބުނާގޮތުން، އެ ލައިސަންސް ދެވޭނީ 60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދުތައް ދުއްވުމަށް އެކަންޏެވެ.

ހަމައެހެންމެ އެ ލައިސަންސްގެ ދަށުން އުޅަނދު ދުއްވޭނީ ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށުގައި އެކަންޏެވެ. އަދި ގަޑިއަކު 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުން ހުއްދަ މަގުތަކުގައި މި ލައިސަންސްގެ ދަށުން ނުދުއްވޭނެއެވެ.

މީގެ އިތުރުން އުޅަނދު ދުއްވާ މީހާ އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ޚިލާފުވެއްޖެ ނަމަ އެ މީހެއްގެ ލައިސެންސް ބާތިލް ކުރުމުގެ އިޚްތިޔާރު އެ ލައިސަންސް ދޫކުރި އިދާރާ އަށް މި އިސްލާހުގައި ވަނީ ދީފައެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންއުމުރުން 60 އަހަރުވުމުންމިނިސްޓްރީ އޮފް ޓްރާންސްޕޯޓްޚާއްސަ ތަމްރީން ޕްރޮގްރާމް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި
15 މެއި 2025

މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު

15 މެއި 2025
މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު
29 އޮކްޓޯބަރު 2024

ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ

29 އޮކްޓޯބަރު 2024
ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ
08 މެއި 2023

ބްރިޖުގެ މަޝްރޫއަށް ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކޮށްފިނަމަ ފިޔަވަޅު އަޅަނީ

08 މެއި 2023
ބްރިޖުގެ މަޝްރޫއަށް ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކޮށްފިނަމަ ފިޔަވަޅު އަޅަނީ
16 މާރިޗު 2023

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމަށް ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން އުވާލައިފި

16 މާރިޗު 2023
ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމަށް ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން އުވާލައިފި
23 ފެބުރުއަރީ 2023

ޓެކްސީތަކުގައި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކެމެރާ ހަރުކުރަންޖެހޭ

23 ފެބުރުއަރީ 2023
ޓެކްސީތަކުގައި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކެމެރާ ހަރުކުރަންޖެހޭ
07 ޑިސެމްބަރު 2022

އަންނަ އަހަރު ރާއްޖޭގައި ޑްރޯން ހުއްދަ ދޭން ފަށަނީ

07 ޑިސެމްބަރު 2022
އަންނަ އަހަރު ރާއްޖޭގައި ޑްރޯން ހުއްދަ ދޭން ފަށަނީ
03 ނޮވެމްބަރު 2022

ފުރިހަމަ ތަހުގީގަކަށްފަހު ނޫނީ ޝިމާޒާމެދު ގޮތެއް ނިންމުން ރަނގަޅެއް ނޫން: އެމްއާރުއެމް

03 ނޮވެމްބަރު 2022
ފުރިހަމަ ތަހުގީގަކަށްފަހު ނޫނީ ޝިމާޒާމެދު ގޮތެއް ނިންމުން ރަނގަޅެއް ނޫން: އެމްއާރުއެމް
18 އޮކްޓޯބަރު 2022

ވެހިކަލްތަކުގެ ރަސްޖިސްޓްރީ ބާތިލް ކުރުން ހުއްޓުވި މައްސަލަ އިސްތިއުނާފުކުރަނީ

18 އޮކްޓޯބަރު 2022
ވެހިކަލްތަކުގެ ރަސްޖިސްޓްރީ ބާތިލް ކުރުން ހުއްޓުވި މައްސަލަ އިސްތިއުނާފުކުރަނީ
29 ޖުލައި 2022

ފުވައްމުލަކާއި ލ އަތޮޅަށް މިނީ ބަސްތައް ގެންގޮސްފި

29 ޖުލައި 2022
ފުވައްމުލަކާއި ލ އަތޮޅަށް މިނީ ބަސްތައް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު