Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަ

އަންނަ އަހަރު ރާއްޖޭގައި ޑްރޯން ހުއްދަ ދޭން ފަށަނީ

މިއަހަރަށް ކަނޑައަޅާފައިވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ލަނޑުދަނޑި މިއަހަރު ނިމުމުގެ ކުރިން ހާސިލްކުރެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ޑިސެމްބަރު 2022 | ބުދަ 12:01
ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ފޯރަމްގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވާހަކަދައްކަވަނީ

ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ފޯރަމްގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވާހަކަދައްކަވަނީ

ރާއްޖޭގައި ޑްރޯން މެދުވެރިކޮށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ހުއްދަ އަންނަ އަހަރުތެރޭ ދޭން ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. އެގޮތުން، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްޤީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިނިސްޓަރ ވަނީ މި ޚިތާބުގައި ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްޤީކުރުމަށް އިތުރު ޙަރަކާތްތައް ހިންގުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ޑްރޯން އޮޕަރޭޓްކުރުމަށް ހުއްދަ ދިނުމުގެ އިންތިޒާމްތައް ނިންމާލެވޭނެ ކަމަށެވެ. އެއާއެކު ރާއްޖޭގައި ޑްރޯން މެދުވެރުކޮށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަންނަ އަހަރު ހުއްދަދޫކުރަން ފެށޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭވިއޭޝަން ހަރަކާތްތައް ކުރިއަރުވައި ތަރައްޤީކުރުމުގެ މަސައްކަތުގައި ހޯދާފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ މިއަހަރަށް ކަނޑައަޅާފައިވާ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގެ ލަނޑުދަނޑި މިއަހަރު ނިމުމުގެ ކުރިން ހާސިލްކުރެވޭނެކަން ފާހަގަކުރައްވާފައެވެ. އަދި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކޮވިޑު-19ގެ ކުރީގެ ޙާލަތު، 2019ވަނަ އަހަރުގެ އަދަދުތަކާ އެއްހަމަ ކުރެވުންދާ ކަމަށާއި ބައިނަލްއަޤްވާމީ އުދުހުންތަކުގެ ހަރަކާތްތައް މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހުރީ 2019ވަނަ އަހަރުގެ އަދަދުގެ 97 އިންސައްތައަށްވުރެ މަތީގައިކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އެތެރޭގެ އުދުހުންތަކުގެ ހަރަކާތްތައް ހުރީ 90 އިންސައްތައަށްވުރެ މަތީގައި ކަމަށާއި، ރާއްޖޭގައި ޓްރާންސިޓް ކުރާ ފަސިންޖަރުންގެ އަދަދުތައް 2019ވަނަ އަހަރުގެ އަދަދުތައް ފަހަނައަޅާގޮސް 71 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވައިގެ ދަތުރުފަތުރުގެ އެތެރޭގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތްކުރަމުންދާއިރު، ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމައު އާ ދެމެދު އޮންނަ ވައިގެ ގުޅުންތައް އިތުރަށް ފުޅާކުރުމަކީ މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިއަހަރު ރާއްޖެވަނީ ރުވަންޑާއާއެކު "އެއާ ސަރވިސަސް އެގްރީމެންޓު" ގައި ސޮއިކޮށްފައި ކަމަށެވެ. އަދި، ކަޒަކިސްތާނާއެކުވެސް ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށާއި މިއާއެކު 35 ޤައުމަކާއެކު ރާއްޖެއިން "އެއާ ސަރވިސަސް އެގްރީމެންޓު"ގައި ސޮއިކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ މި އެއްބަސްވުންތަކުގެ ޒަރިއްޔާ އިން 27 ގައުމެއްގެ 43 އެއާލައިން ރާއްޖެއަށް މިހާރު އޮޕަރޭޓުކުރަމުންދާކަމަށެވެ.

މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްކާއި ގުޅޭގޮތުން މިނިސްޓަރ ނަހުލާ ވިދާޅުވީ " އޭވިއޭޓާސް ނެކްސްޓް ޖެން"ގެ ނަމުގައި ސްކޮލަރޝިޕް ސްކީމެއް ތަޢާރަފްކޮށް ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ސްކޮލަރޝިޕް އެވޯޑުކުރެވިފައިވާކަމަށާއި، ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވި ފަރާތްތައް މިހާރު ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ޚިދުމަތް ކުރަން ފަށާފައިވާ ކަމަށެވެ. އެ ސްކޮލަރޝިޕްތަކުގެ ސަބަބުން އެއާ ނެވިގޭޝަން ދާއިރާގެ އިންސްޕެކްޓަރުން ތަމްރީނު ކުރުވުމުގެ އިތުރުން ބޮޑެތި ބޯޓުތަކުގެ ޕައިލެޓް ރޭޓިންތައް އޮތޯރިޓީގެ އިންސްޕެކްޓަރުންނަށް ވަނީ ލިބިފައެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގެ ޕްލޭނަކީ މި ސްކޮލަރޝިޕް ސްކީމް ކުރިއަށް ގެންގޮސް އޮތޯރިޓީގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާމިނިސްޓްރީ އޮފް ޓްރާންސްޕޯޓް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި
10 ޖުލައި 2025

އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް

10 ޖުލައި 2025
އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް، ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި: ފަޔާޒް
15 މެއި 2025

މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު

15 މެއި 2025
މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު
14 އެޕްރީލު 2025

ޚާއްސަ އެހީއަށް ބޭނުންވާ މީހުން, 60 އަހަރުވުމުން ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައިިފި

14 އެޕްރީލު 2025
ޚާއްސަ އެހީއަށް ބޭނުންވާ މީހުން, 60 އަހަރުވުމުން ކާރު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައިިފި
29 އޮކްޓޯބަރު 2024

ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ

29 އޮކްޓޯބަރު 2024
ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ
30 އޯގަސްޓު 2023

ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޑޮމެއިން ވިއްކާތީ، ރައީސް އޮފީހުން އެކަން ހުއްޓުވައިފި

30 އޯގަސްޓު 2023
ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޑޮމެއިން ވިއްކާތީ، ރައީސް އޮފީހުން އެކަން ހުއްޓުވައިފި
08 މެއި 2023

ބްރިޖުގެ މަޝްރޫއަށް ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކޮށްފިނަމަ ފިޔަވަޅު އަޅަނީ

08 މެއި 2023
ބްރިޖުގެ މަޝްރޫއަށް ބަންދުކޮށްފައިވާ ސަރަހައްދުން ދަތުރުކޮށްފިނަމަ ފިޔަވަޅު އަޅަނީ
16 މާރިޗު 2023

ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރައީސް ކުރައްވަމުން ގެންދަވަނީ ބުރަ މަސައްކަތްޕުޅެއް - ނަހުލާ

16 މާރިޗު 2023
ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އާ އުސްމިންތަކަކަށް ގެންދެވުމަށް ރައީސް ކުރައްވަމުން ގެންދަވަނީ ބުރަ މަސައްކަތްޕުޅެއް - ނަހުލާ
16 މާރިޗު 2023

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމަށް ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން އުވާލައިފި

16 މާރިޗު 2023
ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމަށް ހުއްދަ ހޯދުމަށް ލާޒިމްކޮށްފައި އޮތް އޮތުން އުވާލައިފި
23 ފެބުރުއަރީ 2023

ޓެކްސީތަކުގައި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކެމެރާ ހަރުކުރަންޖެހޭ

23 ފެބުރުއަރީ 2023
ޓެކްސީތަކުގައި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކެމެރާ ހަރުކުރަންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު