Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީ ޚިދުމަތް

ޓެކްސީ ހިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދެނީ

ސަރުކާރުން އައު ކާރު އެތެރެކޮށް ސަރުކާރު ހިއްސާވާ ކުންފުޏެއް ލައްވާ އެ ޚިދުމަތް ދިނުމަށް މަސައްކަތް ދަނީ ކުރަމުން

ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2024 | އަންގާރަ 14:06
ޓެކްސީ ކިއު - ޓެކްސީ ޑްރައިވަރުުން ވަނީ ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަންނާތީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކޮށްފައި

ޓެކްސީ ކިއު - ޓެކްސީ ޑްރައިވަރުުން ވަނީ ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަންނާތީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކޮށްފައި

ޕްރައިވެޓް ސެކްޓަރ އިން މުޅިން ދެމުން އައި ޓެކްސީ ޚިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެ، އެ ޚިދުމަތް ޑރ. މުއިއްޒުގެ ސަރުކާރުން ދޭން ނިންމައިފި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓެކްސީ ޑްރައިވާރސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހު އަމީން ވިދާޅުވީ ޓެކްސީ ހިދުމަތް ދިނުން ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ޓެކްސީ ޚިދުމަތް ދިނުމަށް ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށެވެ.

ޓެކްސީ ޚިދުމަތް ސަރުކާރުން ދިނުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލް ދެއްވަމުން އަމީން ވިދާޅުވީ، ސަރުކާރުން އައު ކާރު އެތެރެކޮށް ސަރުކާރު ހިއްސާވާ ކުންފުޏެއް ލައްވާ އެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

އަމީން ވިދާޅުވީ، ޓެކްސީ ބަހައްޓާނެ ބިންތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ބިންތައް ހަމަޖެހޭނެ ކަމުގައެވެ.

އަމީންގެ ވާހަކައިގައި ޓެކްސީ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލު ކުރާނީ ކޮން ކުންފުންޏެއް ކަމެއް ކަނޑައެޅިގެން ވިދާޅު ނުވިނަމަވެސް، އެމްޓީސީސީ އާ ހަވާލުކޮށްގެން ޓެކްސީ ޚިދުމަތް ދިނުމަށް ވިސްނަމުންދާ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އާރުޓީއެލް ހިންގާ ގޮތައް އެމްޓީސީސީން ޓެކްސީ ޚިދުމަތް ދެވިދާނެ ކަމުގައެވެ.

ޓެކްސީ ކުރުމުގެ ޚިދުމަތައް ނަގާނީ ފުލްޓައިމް ކޮށް މަސައްކަތް ކުރާ ފަންސާސް އިންސައްތަ ޑްރައިވަރުން ކަމަށާއި ބާކީ ބައި މަސައްކަތް ކުރާނީ ޕާޓް ޓައިމް ޑްރައިވަރުންގެ ގޮތުގައި ކަމުގައެވެ.

ޓެކްސީގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެ އިތުރު ތަފްސީލު ދެއްވަމުން އަމީން ވިދާޅުވީ، ޓެކްސީ ކުރާ ކޮންމެ ގަޑީއިރަކަށް 100ރ އަށް ވުރެ ދަށް ނުވާނެ އުޖޫރައެއް ޑްރައިވަރުންނަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޑްރައިވަރުންނަށް ހަފްތާއަކު އެއްފަހަރު އުޖޫރަ ދޭ ގޮތައް ހަމަޖައްސާނެ ކަމަށެވެ.

އަމީން ވިދާޅުވީ، ސަރުކާރުން ފަށާ ޓެކްސީގެ ޚިދުމަތަކީ 24 ގަޑީއިރުގެ ޚިދުމަތެއް ކަމަށާއި، ޓެކްސީ ލައިންގައި ދުއްވާ ކާރުގެ 25 އިން ސައްތަ އަކީ އިލެކްޓްރިކް އުޅަނދު ކަމަށް ވާނެ ކަމުގައެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓްޓެކްސީ ޑްރައިވަރުންޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
21 ނޮވެމްބަރު 2025

މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން

21 ނޮވެމްބަރު 2025
މާލޭގެ ޓެކްސީ މައްސަލަ ހައްލުކުރެވޭނީ އިތުރުކުރެވޭ ކާރަކުން ނޫން، މަޝްވަރާގެ މަތިން: ޑްރައިވަރސް އެސޯސިއޭޝަން
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
18 ނޮވެމްބަރު 2025

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

2024 ވަނަ އަހަރުގެ މޭ މަހު އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ޕާކިންގ ބިލްޑިންގް ގެ މަސައްކަތް ކުރާނެ ބަޔަކު ވެސް އަދި ނުހޯދޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެ

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު