Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓެންޑަރ ބޯޑު މަސައްކަތް އެވޯޑްކުރުން

ޓެންޑަރ ބޯޑު މަސައްކަތް އެވޯޑްކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު އާންމުކޮށްފި

މިއުސޫލު އެކުލަވާލާފައި ވަނީ މާލިއްޔަތުގެ ގަވާއިދުގެ 10.06 ވަނަ މާއްދާގެ ދަށުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 17 މާރިޗު 2021 | ބުދަ 08:13
މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ

މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ

ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބީލަން ހުޅުވައިލުމާއި، މަސައްކަތް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

މި އުސޫލަކީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ، ދާއިރާތަކުގެ މަސައްކަތްތައް ބީލަމަށް ހުޅުވާލައި އެވޯޑްކުރުމުގައި، ނޭޝަނަލް ޓެންޑަރ ބޯޑުން އަމަލުކުރަންވީގޮތް ބަޔާންކުރުމުގެ ގޮތުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.06 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ އުސޫލެކެވެ.

Advertisement - businessAdvertisement

އެގޮތުން މި އުސޫލުގައި ހިމެނޭ ދާއިރާތަކަކީ ޖެނެރަލް ބިލްޑިންގ ކޮންސްޓްރަކްޝަންގެ މަސައްކަތް، ޖެނެރަލް ސިވިލް ކޮންސްޓްރަކްޝަންގެ މަސައްކަތް، ހާބަރ ކޮންސްޓްރަކްޝަންގެ މަސައްކަތް، ބިންހިއްކުމާއި ޑްރެޖިންގގެ މަސައްކަތް، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް، ފެނާއި ނަރުދަމާގެ މަސައްކަތް އަދި ކަރަންޓް އަދި ގޭހާ ގުޅުންހުރި މަސައްކަތްތަކެވެ.

މި އުސޫލުގެ މަގުސަދަކީ، ނޭޝަނަލް ޓެންޑަރ ބޯޑުން އެވޯޑްކުރާ މަސައްކަތްތައް ވީހާވެސް ގިނަ ފަރާތްތަކަށް ލިބުމަށް މަގުފަހިކުރުމެވެ. އަދި ނޭޝަނަލް ޓެންޑަރ ބޯޑުން ބީލަންވެރީންނަށް އެވޯޑްކުރާ މަސައްކަތްތައް، ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް ބާރުއަޅައި ޓެންޑަރ ބޯޑުން ބީލަންވެރިއަކަށް އެއްފަހަރާ ހަވާލުކުރެވޭނެ މަސައްކަތްތަކުގެ އަދަދު ކަނޑައެޅުމެވެ. މީގެ އިތުރުން އުސޫލުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ މަސައްކަތްތަކަށް ކުރިމަތިލެވޭ ފަރާތްތައް ކަނޑައަޅައި މަސައްކަތްތަކުގެ ބީލަންތަކަށް ކުރިމަތިލެވޭ ގްރޭޑްތަކުގެ ވިޔަފާރިތައް ކަނޑައެޅުމަކީ ވެސް މި އުސޫލުގެ މަގުސަދެކެވެ.

މި އުސޫލުގެ ދަށުން، ބީލަމަކަށް ކުރިމަތިލާ ފަރާތަކީ، ބީލަމަށް ކުރިމަތިލާއިރު، ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. ނަމަވެސް، ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައި ނުވާ ބިދޭސީ ފަރާތެއް ނަމަ، ނުވަތަ ޖޮއިންޓް ވެންޗަރ ގޮތުގައި ބީލަމަށް ކުރިމަތިލާ ފަރާތެއް ނަމަ، ބީލަމަށް ކުރިމަތިލުމުގެ ކުރިން، ކުރިމަތިލާން ބޭނުންވާ ދާއިރާގެ ގިންތިއަށް ޝަރުތު ހަމަވާކަމަށް ބަޔާންކޮށްފައިވާ ގަވާއިދުގެ ދަށުން ލިޔުން ދޫކޮށްފައިވާނަމަ، އެ ފަރާތަކަށް ބީލަމަށް ކުރިމަތިލެވޭނެއެވެ. އަދި މި އުސޫލުގެ 1 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޖެނެރަލް ބިލްޑިންގ ކޮންސްޓްރަކްޝަންގެ މަސައްކަތްތަކަށް ބީލަމަށް ހުޅުވައިލަންވާނީ، ސަރުކާރުގެ ހިއްސާ އޮންނަ ވިޔަފާރިއަކަށް ބައިވެރި ނުވެވޭ ގޮތަށެވެ.

މި އުސޫލުގެދަށުން ބީލަމަށް ހުޅުވޭނީ އުސޫލުގެ 1 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ މަސައްކަތްތަކަށް، އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ދަރަޖަ 1 އިން ފެށިގެން ދަރަޖަ 5 ގެ ނިޔަލަށް ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށް އެކަންޏެވެ. އަދި އުސޫލުގެ 1 ވަނަ މާއްދާގެ (ނ) އިން ފެށިގެން (އ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ މަސައްކަތްތަކަށް، އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ބީލަމަށް ހުޅުވާލެވޭނީ ދަރަޖަ 1 އިން ފެށިގެން ދަރަޖަ 4 ގެ ނިޔަލަށް ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށް އެކަންޏެވެ.

މި އުސޫލުގެ ދަށުން މަސައްކަތް އެވޯޑްކުރުމުގައި އެންމެ ގިނަވެގެން ހަވާލުކުރެވޭނެ މިންވަރު ނުވަތަ އަދަދު ކަނޑައެޅުމުގައި އަމަލުކުރާނެ ތާވަލު އުސޫލުގައި ހިމަނާފައިވާ އިރު، ޖުމުލަ އަގު ހިސާބުކުރުމުގައި ބަލާނީ، މަސައްކަތްތައް އެވޯޑުކޮށްފައިވާ އަގުތަކަށެވެ.

ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބީލަން ހުޅުވައިލުމާއި، މަސައްކަތް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު އާންމުކޮށް އަމަލުކުރަން ފަށާފައި ވަނީ މަރޗް 16 ވަނަ ދުވަހުއެވެ.

ނެޝަނަލް ޓެންޑަރ ބޯޑު

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީން އިސްތިއުފާ ދެއްވުމަށްފަހު އަޝްރަފް ޓެންޑަރ ބޯޑުގެ ޗެއަރ އަކަށް

އޭސީސީން އިސްތިއުފާ ދެއްވުމަށްފަހު އަޝްރަފް ޓެންޑަރ ބޯޑުގެ ޗެއަރ އަކަށް

31 ޖެނުއަރީ 2022
ބައެއް ކުންފުނިތަކުން ބިޑް ހުށަހަޅާއިރު ނެތް ތަޖުރިބާ ހުރިކަމަށް ހިމަނާފައިހުރޭ: ޒަރިޔަންދު

ބައެއް ކުންފުނިތަކުން ބިޑް ހުށަހަޅާއިރު ނެތް ތަޖުރިބާ ހުރިކަމަށް ހިމަނާފައިހުރޭ: ޒަރިޔަންދު

02 ޖެނުއަރީ 2022
ޓެންޑަރިންގގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރުމަށް ފާއިތުވި 3 އަހަރު މަސައްކަތްތަކެއް ކޮށްފައިވޭ: ޒަރިޔަންދު

ޓެންޑަރިންގގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރުމަށް ފާއިތުވި 3 އަހަރު މަސައްކަތްތަކެއް ކޮށްފައިވޭ: ޒަރިޔަންދު

02 ޖެނުއަރީ 2022
ޓެންޑަރ ބޯޑަށް އެހެން ފަރާތެއްގެ ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނޯވޭ، ވަކިގޮތަކަށް ކަންކަން ނިންމުމަށް އަންގާފައެއް ނުވޭ: ޒަރިޔަންދު

ޓެންޑަރ ބޯޑަށް އެހެން ފަރާތެއްގެ ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނޯވޭ، ވަކިގޮތަކަށް ކަންކަން ނިންމުމަށް އަންގާފައެއް ނުވޭ: ޒަރިޔަންދު

02 ޖެނުއަރީ 2022
އުރީދޫގެ ބޯޑު މެންބަރަކަށް ސްޓެލްކޯގެ ސީއީއޯ ޒުހޫރު

އުރީދޫގެ ބޯޑު މެންބަރަކަށް ސްޓެލްކޯގެ ސީއީއޯ ޒުހޫރު

02 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު