Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެންޑަރ ބޯޑުގެ މަސައްކަތްތައް ނުފޫޒެއް ނެތިކުރުން

ޓެންޑަރ ބޯޑަށް އެހެން ފަރާތެއްގެ ނުފޫޒު ފޯރުވުމުގެ ފުރުސަތެއް ނޯވޭ، ވަކިގޮތަކަށް ކަންކަން ނިންމުމަށް އަންގާފައެއް ނުވޭ: ޒަރިޔަންދު

މިހާރު މާލިއްޔަތު ގަވާއިދު އޮތްގޮތުން ކޯޓު ހުކުމަކުން ވަކިކަމެއް ކުރަން އެންގިކަމުގައި ވީނަމަވެސް ބޯޑަށް ވަކިގޮތަކަށް ކަންކަން ނުކުރެވޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2022 | އާދީއްތަ 04:24
އިސްމާއީލް ޒަރިޔަންދު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އިސްމާއީލް ޒަރިޔަންދު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ނޭޝަނަލް ޓެންޑަރ ބޯޑަށް އެހެން ފަރާތެއްގެ ނުފޫޒު އައުމުގެ ފުރުސަތެއް ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ނޯންނަކަމަށާއި، ނުފޫޒަކާއެކު އަންނަ މެމްބަރަކަށް ވެސް ނުފޫޒާ އެއްގޮތަށް މަސައްކަތްކުރުމުގެ ބާރެއް ނޯންނަ ކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ނޭޝަަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަންކަން މިދިޔަ އަހަރު ކުރެއްވުމަށްފަހު ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ޒަރިޔަންދު ވަނީ ބޯޑުން އިސްތިއުފާ ދެއްވާފައެވެ. އޭގެފަހުން ޒަރިޔަންދު ވަނީ ބޭކާރު ޚަރަދާއި ކޮރަޕްޝަން ހުއްޓުވުމުގައި ޓެންޑަރ ބޯޑުގެ ދައުރާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވާފައެވެ. ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ޓެންޑަރ ބޯޑުގެ މައްޗަށް އެއްވެސް ފަރާތަކަށް ވަކި ކަމެއް ވަކިގޮތަކަށް ކުރުމަށް ނޭންގޭނެކަމަށެވެ. މިހާރު މާލިއްޔަތު ގަވާއިދު އޮތްގޮތުން ކޯޓު ހުކުމަކުން ވަކިކަމެއް ކުރަން އެންގިކަމުގައި ވީނަމަވެސް ބޯޑަށް ވަކިގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއީ މިހާރު ރިވިއު ކޮމިޓީއެއް އުފެދިފައި އޮންނާތީ ކަމަށާއި، ޓެންޑަރ ބޯޑާ ހަމައަށް އައުމުގެ ކުރިން ކަންކަން ރިވިއު ކޮމިޓީން ބަލާނެކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އަދި ރިވިއު ކޮމިޓީން އެންގިނަމަވެސް ޓެކްނިކަލް ޓީމުން އެކަންކަން ބަލާނެކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ ޓެކްނިކަލް ޓީމުގައި ތިބޭނީ އެކަމާ ގުޅޭ އޮފީހެއްގެ ބަޔަކު ކަމަށެވެ. ފުރަތަމަ ޓެކްނިކަލް ޓީމުން އިވެލުއޭޓްކުރުމަށްފަހު ޓެންޑަރ ބޯޑަށް ކަންކަން އަންނައިރު ބޯޑުގައި ބިޑާ ގުޅޭގޮތުން ވާހަކަތައް ދެކެވޭނީ ޓެކްނިކަލް ރިޕޯޓަށް ބަލައިގެން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޕްރޮޖެކްޓްތައް އެވޯރޑްކުރުމުގައި ސަރުކާރުގެ އެއްވެސް ހިސާބަކުން އެއްވެސް ނުފޫޒެއް އާދޭތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ޒަރިޔަންދު ވިދާޅުވީ ނޭޝަނަލް ޓެންޑަރ ބޯޑަކީ ދައުލަތުގެ ވަކި އޮފީހެއް ނޫންކަމަށެވެ. އެ ބޯޑަކީ ފިނޭންސް މިނިސްޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަންކަމަށް މަގުފަހިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ މެމްބަރުން އައްޔަނުކޮށްފައިވާ ބޯޑެއް ކަމަށެވެ.

އެހެންކަމުން ބޯޑުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ފެށޭނީ ފިނޭންސް މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާ ހިސާބުންކަމަށެވެ. ބޯޑުގެ މަސައްކަތްތައް ނިމެނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށްކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ ޓެންޑަރ ބޯޑަށް ބިޑެއް ލިބުމުން އެންމެ ފުރަތަމަ ވެސް އަހަނީ އެކަން ގަބޫލުނުކުރަނީ ކޮން މެމްބަރެއްތޯ ކަމެވެ. މެމްބަރަކު ކަމެއް ގަބޫލުނުކުރާނަމަ ގަބޫލުނުކުރާ ސަބަބެއް އޮންނާނެކަމަށާއި، އެހެންކަމުން އެކަން ސާފުކުރުމަށް އަނެއްކާވެސް ކޮމިޓީއަށް ފޮނުވާލަނީ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ނެޝަނަލް ޓެންޑަރ ބޯޑުފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު