Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ އާންމު އަހަރީ ޖަލްސާ

އުރީދޫގެ ބޯޑު މެންބަރަކަށް ސްޓެލްކޯގެ ސީއީއޯ ޒުހޫރު

އަހަރީ އާންމު ޖަލްސާގައި 699 ހިއްސާދާރުން ބައިވެރިވެފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 2 އޮކްޓޯބަރު 2017 | ހޯމަ 14:00
އުރީދޫ އައިޕީއޯ އިފްތިތާހުކުރުން

އުރީދޫ އައިޕީއޯ އިފްތިތާހުކުރުން

އުރީދޫގެ ބޯޑު މެންބަރަަކަށް ސްޓެލްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަހުމަދު ޒުހޫރު ހޮވިއްޖެ އެެވެ

ޒުހޫރު މި މަގާމަށް ހޮވިފައިވަނީ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ މެދުގައި ނެގި ވޯޓުންނެވެ.

އުރީދޫ މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ އާދިއްތަ ދުވަހުގެ ރޭ 08:30 ގައި ދަރުބާރުގޭ ރަންނަ ބަނޑޭރިމާލަމުގަ އެވެ. އަހަރީ އާންމު ޖަލްސާގައި ޖުމްލަ 699 ހިއްސާދާރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 497 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށައަޅައިގެން ބައިވެރިވެފައިވާ ފަރާތްތަކެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްދީފައިވަނީ 136 މިލިއަން ހިއްސާ އެވެ.

އަހަރީ އާންމު ޖަލްސާގައި ވޭތުވެ ދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށްފައިވެ އެވެ. މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، ވޭތުވެދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކޮށްފައިވެ އެވެ. މީގެ އިތުރުން މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކޮށްފައިވެ އެވެ. އަދި ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ ގެ ފަރާތުން ބޯޑު ޑައިރެކްޓަރެއް އައްޔަން ކުރުމަށް އެޖެންޑާ ކުރެވުނު އައިޓަމް އެފަރާތުން އަނބުރާ ގެންގޮސްފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

މިޖަލްސާގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު ވިކްރަމް ސިންހަ އިސްތިއުފާދެއްވާ ކަން އިއުލާން ކުރައްވާފައިވެ އެވެ. ވިކްރަމް ސިންހަ ފާއިތުވެދިޔަ ތިން އަހަރުގައި އުރީދޫ މޯލްޑިވްސްގައި މަސައްކަތް ކުރައްވާފައިވެ އެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

31 މެއި 2017
އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި
28 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި
01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު