Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީޑީސީ ހިއްސާ

އެމްޓީޑީސީ ހިއްސާ ނުބަހާ، ބޯޑު މެމްބަރުންގެ އިސްތިއުފާއަށް ގޮވައިފި

2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 69.7 މިލިއަން ރުފިޔާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 އޯގަސްޓު 2017 | އަންގާރަ 02:24
އެމްޓީޑީސީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގެ ތެރެއިން

އެމްޓީޑީސީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގެ ތެރެއިން

ސަރުކާރުގެ ޓޫރިޒަމްގެ ވިޔަފާރި ކުންފުނި މޯލްޑިވްސް ޓްއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހަން ނުފެންނަ ކަމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމީ ހޯމަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ 95.31 ޕަސެންޓުންނެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 69.72 މިލިއަން ރުފިޔާ ލިބުނުއިރު، ހިއްސާ ބަހަން ނުފެންނަ ކަމަށް ނިންމުމުން ބައެއް ހިއްސާދާރުން ވަނީ ހިތް ހަމަނުޖެހުން ފާޅުކޮށްފައެވެ.

ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްޓީޑީސީގެ އެމްޑީ އަބްދުﷲ ޝުޖާއު ވިދާޅުވީ އެކުންފުނީގެ ބޯޑުން މިއަހަރުވެސް ހިއްސާދާރުންނަށް ހިއްސާ ބަހަން ނުފެންނަ ކަމަށް ނިންމީ ކުންފުންޏަށް ލިބޭ އާމްދަނީ އަދިވެސް އިތުރުނުވާ ކަމަށާއި އަދި ސީއެމްޑީއޭ އިން ޑިވިޑެންޓް ދޫކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ މިންވަރަށް ކުންފުނީގެ ސާފު ފާއިދާ ޖެއްސިފައި ނުވާ ކަމަށެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރގައި އެމްޓީޑީސީއަށް ފައިދާގެ ގޮތުގައި 6.7 މިލިއަން ރުފިޔާ ލިބިފައެވެ.

އެކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރގެ މާލީ ބަޔާނަށް ބަލާއިރު، ވަގުތީ ސާފު ފައިދާގެ ގޮތުގައި 434,655 ޑޮލަރު, ދިވެހި ފައިސާއިން ބަލާނަމަ، 6.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މި މުއްދަތުގެ ތެރޭގައި އެމްޓީޑީސީއަށް ޖުމްލަ އާމްދަނީގެ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ޑޮލަރު، ނުވަތަ 16.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އަދި 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 69.7 މިލިއަން ރުފިޔާ ލިބުނުއިރު 2015 ވަނަ އަހަރު އެ ކުންފުންޏަށް 93.7 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.

އެމްޓީޑީސީގެ ހިއްސާދާރުންނަށް 2009 ވަނަ އަހަރުގެ ފަހުން ހިއްސާގެ ފައިދާ ބަހާފައިނުވާއިރު ރޭގެ ޖަލްސާގައި ބޯޑު މެމްބަރުގެ އިސްތިއުފާ އަށް ވަނީ ގޮވާފައެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި
01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
28 އެޕްރީލު 2017

ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

28 އެޕްރީލު 2017
ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި
24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު