Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް ޓެންޑަރ ބޯޑު

އޭސީސީން އިސްތިއުފާ ދެއްވުމަށްފަހު އަޝްރަފް ޓެންޑަރ ބޯޑުގެ ޗެއަރ އަކަށް

ޓެންޑަރ ބޯޑުގެ ޗެއަރމަންއަކަށް ކުރިން ހުންނެވީ އިސްމާއީލް ޒަރިޔަންދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖެނުއަރީ 2022 | ހޯމަ 06:47
ބަޖެޓް ދިރާސާކުރާ ކޮމިޓީ ބައްދަލުވުމެއްގައި އޭސީސީގެ ކުރީގެ މެމްބަރު އަލީ އަޝްރަފް ބައިވެރިވެވަޑައިގަންނަވަނީ

ބަޖެޓް ދިރާސާކުރާ ކޮމިޓީ ބައްދަލުވުމެއްގައި އޭސީސީގެ ކުރީގެ މެމްބަރު އަލީ އަޝްރަފް ބައިވެރިވެވަޑައިގަންނަވަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި އެ ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް ޓެންޑަރ ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސައިފިއެވެ.

އަޝްރަފް މަގާމުން އިސްތިއުފާ ދެއްވީ ޕާރފޯމަންސް އޮޑިޓަކަށްފަހު އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން 11 ނޮވެންބަރު 2021 ގައި ނިންމާފައިވަނިކޮށެވެ. ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ، އެ ކޮމިޝަނުން މައްސަލަތައް ބެލުމުގައި ލަސްކަމާއި، ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް ފަހު، ހޯދި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.

Advertisement - newsAdvertisement

އޭސީސީގެ މެންބަރުކަމަށް އަޝްރަފް އައްޔަން ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެއެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން އޮންނަ ޓެންޑަރ ބޯޑުގެ ޗެއަރ އަކަށް އަޝްރަފް ހަމަޖައްސާފައިވާއިރު، އެކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ޓެންޑަރ ބޯޑުގެ މެމްބަރުންގެ ދައުރު ހަމަވަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުގައި ކަމަށެވެ. އެގޮތުން ކުރިން ތިއްބެވި މެމްބަރުންގެ ދައުރު ހަމަވެފައިވާއިރު، އޭގެ ތެރެއިން 3 މެމްބަރެއް އައު ދައުރަށްވެސް ވަނީ އައްޔަނު ކުރައްވާފައެވެ. އަދި މުޅިން އަލަށް 4 މެމްބަރަކު އައްޔަނު ކުރައްވާފައިވާއިރު، އޭގެ ތެރޭގައި އަޝްރަފްވެސް ހިމެނިވަޑައިގަންނަވާކަމަށެވެ.

ފިނޭންސް މިނިސްޓަރު ވަނީ އަޝްރަފް ޓެންޑަރ ބޯޑުގެ ޗެއަރމަނަކަށް އައްޔަނު ކުރައްވާފައެވެ.

ޓެންޑަރ ބޯޑުގެ ޗެއަރމަންއަކަށް ކުރިން ހުންނެވީ އިސްމާއީލް ޒަރިޔަންދުއެވެ. ނޭޝަނަލް ޓެންޑަރިންގ ބޯޑުގެ މަސައްކަތްތައް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާތަން ފެންނަކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.

ޓެންޑަރ ބޯޑަށް 2018 ވަނަ އަހަރުގެ ކުރީގައި މުޅިން ވެސް އައްޔަނުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނެވެ. ނަމަވެސް ބޯޑުގެ މަސައްކަތްތައް ވީހާވެސް ދެފުއް ފެންނަ ގޮތަކަށް ކުރުމަށްޓަކައި މައިގަނޑު ބަދަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ގެންނެވި ބަދަލަކީ ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާއި ދުރު މީހަކު ޓެންޑަރ ބޯޑުގެ ޗެއަރއަކަށް ބެހެއްޓުމެވެ.

ނޭޝަނަލް ޓެންޑަރ ބޯޑަކީ ދައުލަތުގެ ވަކި އޮފީހެއް ނޫނެވެ. އެ ބޯޑަކީ ފިނޭންސް މިނިސްޓަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭކަންކަމަށް މަގުފަހިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ މެމްބަރުން އައްޔަނުކޮށްފައިވާ ބޯޑެކެވެ.

ނެޝަނަލް ޓެންޑަރ ބޯޑުއޭސީސީފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު