Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޭޝަނަލް ޓެންޑަރ ބޯޑުގެ މަސައްކަތްތައް

ބައެއް ކުންފުނިތަކުން ބިޑް ހުށަހަޅާއިރު ނެތް ތަޖުރިބާ ހުރިކަމަށް ހިމަނާފައިހުރޭ: ޒަރިޔަންދު

ޕްރޮޖެކްޓްތައް އެވޯރޑްކުރާއިރު ބަލާ ކަންކަން ބެލުމުގައި ނޭޝަނަލް ޓެންޑަރ ބޯޑަށް އައުމަށްފަހު ގަވާއިދުގެ ތެރެއަށް ކަންކަން ފައްތަން ޖެހުނު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2022 | އާދީއްތަ 06:09
އިސްމާއީލް ޒަރިޔަންދު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އިސްމާއީލް ޒަރިޔަންދު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ޕްރޮޖެކްޓްތައް އެވޯރޑްކުރާއިރު ބަލާ މާލީ ގާބިލުކަމާއި ތަޖުރިބާގެ ކަންކަމާއި ފަންނީ ކަންކަން ބެލުމުގައި ނޭޝަނަލް ޓެންޑަރ ބޯޑަށް އައުމަށްފަހު ގަވާއިދުގެ ތެރެއަށް ކަންކަން ފައްތަން ޖެހުނު ކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ އެބަދަލުތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުންތަކެއް ވެސް ހުރިކަމަށެވެ. މާލީ ގާބިލުކަން ބެލުމުގައި ބަލަނީ ކުންފުނީގެ ލިކުއިޑް އެސެޓް ހުންނަ މިންވަރަށްކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެ ކުންފުންޏެއްގެ އަތުގައި ހުންނަ ދައުރުވާ މުދަލާއި ލަޔަބިލިޓީ އާ ދެބައި އަޅާ ކަނޑާއިރު ވަކި މިންގަނޑެއްގެ ތެރޭގައި ހުންނަންޖެހޭނެކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއީ ބިޑް ޑޮކިޔުމެންޓްގައި ވެސް ބުނެފައި އޮންނަ ވާހަކައެއް ކަމަށާއި، އެވަަރަށް އެ ކުންފުންޏެއްގެ އަތުގައި މުދާ ނެތްކަމަށްވާނަމަ ޖެހޭނީ ކޮންމެވެސް ފަރާތަކުން ގެރެންޓީއެއް ގެންނަންކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

މީގެއިތުރުން ދެން ދިމާވާ މައްސަލައަކީ ބިޑް ޑޮކިޔުމެންޓްގައި ލިޔެފައި ނެތް ގޮތްތަކަށް އަމަލުކުރުން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ތަޖުރިބާގެ ކަންތަކުގައި ވަރަށް ގިނަ ފަހަރު ކުންފުނިތަކުން ނެތް ތަޖުރިބާ ހިމަނާފައި ހުންނަކަަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ނަމަވެސް އެޓަރނީ ޖެނެރަލްގެ ލަފައެއް ބިޑް ކުރުމުގައި ބަލަންޖެހޭނީ ބޮޑު ޑޮކިޔުމަންޓަކަށް ކަމަށް އޮންނަ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެހެންކަމުން ފޮޓޯ އޮތަސް އެއީ ހެއްކެއްގެ ގޮތުގައި ބޭނުންނުކުރެވޭ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެހިސާބުން އޮޅުވާލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅައިގެން ކުރިޔަށް ގެންދަންޖެހެނީ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. މިފަދަ ކަންކަން ޒަމާނާ އެއްގޮތަށް ބަދަލު ގެންނަންޖެހޭކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ބިޑްތައް އެކި ފަރާތްތަކަށް ދިނުމުން އާންމު ފަރާތްތަކުން ކިޔާ ފާޑުކިޔުންތަކާއި ނޫސްތަކުގައި އެކަންކަމާ ގުޅޭގޮތުން ލިޔެފައި ހުންނަ ލިޔުންތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ޒަރިޔަންދު ވިދާޅުވީ ނޭޝަނަލް ޓެންޑަރ ބޯޑުން ސީދާ ގޮތުން އާންމުންނަށް ޖަވާބު ދާރީ ނުވާނެކަމަށެވެ. ޓެންޑަރ ބޯޑުން ކުރާ ކަންކަމަށް ޖަވާބުދާރީ ވާނީ ފިނޭންސް މިނިސްޓްރީން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

އާންމު ގޮތެއްގައި ނޫސްތަކުގައި ހުންނަ ލިޔުންތަކަކީ ބިޑްތައް ކާމިޔާބުނުވާ ފަރާތްތަކުގައި ހުންނަ މައުލޫމާތަށް އެކަނި ބަލައިގެން ލިޔާ މައުލޫމާތުތައް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ފުރިހަމައަށް އެކަންކަން ގެންނަނަމަ ޓެންޑަރ ބޯޑުގެ ސެކެޓްރޭޓިއަޓްގެ ފަރާތުން ވެސް ބަހެއް ހޯދައިގެން އެކަންކަން ގެނެސްދޭންޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

މާލިއްޔަތު ގަވާއިދުގައި ބުނެފައި އޮންނަނީ އަބަދުވެސް ޕްރޮޖެކްޓް އެވޯރޑް ކުރެވެންޖެހޭނީ މާލިއްޔަތު ގަވާއިދުގެ ހަމަތަކުގެ މަތިން ފާސްވާ އެންމެ ކުޑަ އަގު އޮންނަ ފަރާތަކަށް ކަމަށެވެ. އެހެންކަމުން އެވޯރޑް ކުރާނީ ފާސްވާ އެންމެ ކުޑަ އަގުކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ފާސްވާ އެންމެ ކުޑަ އަގުގެ މާނައަކީ އެބަޔަކު ވާންޖެހެނީ ބިޑް ޑޮކިޔުމަންޓްގައި ކަނޑައެޅިފައި އޮންނަ ރިކުއަރމެންޓްތަކުގެ ޝަރުތުތަކަށް ފެތޭ ބަޔަކަށްކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ވިދާޅުވީ ޓެންޑަރ ބޯޑަށް ބިޑްތައް އަންނަނީ ޓެކްނިކަލް ޓީމުން އިވެލުއޭޓްކުރުމަށްފަހު ކަމަށެވެ. އެކޮމިޓީގެ ރިޕޯޓަށް ބަލައިގެން ނޫން ގޮތަކަށް ބިޑްގެ ވާހަކަ ޓެންޑަރ ބޯޑަށް ނުދެއްކޭނެކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. ކުޑަ އަގެއް ޖަހާފައި އޮތް ކުންފުނި ފެއިލްވެފައިވާ ކަަމަށްވާނަމަ އެކުންފުނި ފެއިލްވީ ކިހިނެއްތޯ ބަލާނެކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެހެން ބަލާއިރު ކުންފުނި ފެއިލްވީ ރަނގަޅަށްކަން ސާބިތުވެއްޖެނަމަ އެއަގެއް އެވޯޑް ކުރުމުގެ މަރުހަލާގައި ބޭނުންނުކުރާނެ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ނެޝަނަލް ޓެންޑަރ ބޯޑުފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު