Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއެމްއެލްގެ އަހަރީ ޖަލްސާ

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

ބޭންކްގެ މިއަހަރުގެ އާއްމު ޖަލްސާ އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 8 އޯގަސްޓު 2017 | އަންގާރަ 07:46
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް--

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް--

ކުރިއަށް އޮތް އަހަރަށް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލާފައިވާއިރު ޗެއާރޕާސަން ފަރީހާ ޝަރީފްގެ އިތުރުން ދެ ޑިރެކްޓަރަކު ނުހިމެނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅާފައިވާ ޑިރެކްޓަރުންގެ ނަންތައް އާންމު ކުރުމާއެކު އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އަންނަ ބައެއް ބަދަލު ބޭންކުން އަންގާރަ ދުވަހު ވަނީ ހާމަކޮށްފިއެވެ.

Advertisement - businessAdvertisement

އެގޮތުން، ޗެއަރޕަރސަންގެ މަގާމު ދެ އަހަރު އަދާކުރައްވާފައިވާ ފަރީހާ ޝަރީފް އިތުރު ދައުރަކަށް ބޯޑަށް ކުރިމަތި ނުލައްވައެވެ. އަދި ހަމައެހެންމެ ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ޢުމަރު އާއި މުރުތަޟާ މުހައްމަދުދީދީ ވެސް ބޯޑުގައި ހިމެނިވަޑައި ނުގަންނަވަ އެވެ.

ބޭންކުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ އޮގަސްޓްމަހުގެ 23 ވަނަ ދުވަހުގައެވެ. ސަރުކާރުގެ ފަރާތުން ހަތް ނަމެއް ހުށަހަޅުއްވާފައިވާއިރު އާންމު ޙިއްސާދާރުން ތަމްސީލްކުރައްވާ ތިން މަގާމަށް ފަސް ބޭފުޅަކު ވާދަކުރައްވާ ކަމަށް ބޭންކުން ބުނެއެވެ.

އަމިއްލަ މަސައްކަތަށް ވަގުތު ދެއްވުމުގެ ގޮތުން ބޭންކުގެ ބޯޑުން ވަކިވެ ވަޑައިގަންނަވާ ފަރީހާ ޝަރީފް ވިދާޅުވީ މިދިޔަ އަހަރަކީ ބޭންކަށް މާލީ ގޮތުން އެންމެބޮޑު ފައިދާއެއް ލިބުނު އަހަރު ކަމަށެވ

"ވޭތުވެދިޔަ ދެ އަހަރު ބޭންކުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމު އަދާކޮށްދިނުމުގެ ފުރުސަތު ލިބުނުކަމީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑު ދެކޭގޮތުގައި ބޭންކުގެ ޕްރޮފެޝަނަލްކަމާއި، ގާއިމުކޮށްފައިވާ މިންގަނޑުތަކާއި، ހޯދާފައިވާ ކާމިޔާބީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި އަޅާކިޔާލެވޭ. އަދި މިކާމިޔާބީ ހޯދުމުގައި މުހިންމު ދައުރެއް އަދާކުރެވުނުކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިދިޔަ އަހަރު، މާލީ ގޮތުން ބޭންކަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ ހޯދުމަށްފަހު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރިކޯޑު މިންވަރެއް ބެހުމަށް ހުށަހަޅަން މިވަނީ ތައްޔާރުވެފައި. އަދި ބޭންކުން ހޯދަމުންދާ ކާމިޔާބީ ކުރިއަށް އޮތްތާނގައިވެސް ދަމަހައްޓަމުންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބަ އޮތް. އަޅުގަނޑާއެކު ބޯޑުގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށްވެސް އެ ބޭފުޅުން ދެއްވި އެހީތެރިކަމަށްޓަކައި ޝުކުރުދަންނަވަން. ކުރިމަގުގައި އެންޑްރޫ އާއި އޭނާގެ ޓީމަށް ކާމިޔާބީއަށް އެދެން،"

ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކްގެ ބޯޑުން ވަކިވެގެންދިޔަ މެމްބަރުން ކޮށްދެއްވާފައިވާ މަސައްކަތަކީ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ.

"މިވޭތުވެދިޔަ އަހަރުތަކުގައި ފަރީހާ، ޢުމަރު އަދި މުރުތަޟާ ވަނީ އަޅުގަނޑުމެންގެ ބޯޑުގައި ނުހަނު އަގުހުރި މަސައްކަތްތަކެއްކޮށްދެއްވާފައި. އެ ބޭފުޅުންނަށް ނުހަނު އިޚްލާސްތެރިކަމާއެކު އަޅުގަނޑުމެން ޝުކުރު ދަންނަވަން އަދި މުސްތަޤްބަލުގައި ކާމިޔާބީއަށް އެދެން. އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ޙިއްސާދާރުންނާއި އަޅުގަނޑުމެން ޚިދުމަތްދޭ މުޖުތަމަޢުތަކުން އުއްމީދުކުރާ މިންވަރަށް ވާސިލްވުމުގެ އަމާޒު އަޅުގަނޑުމެން ހިފައްހައްޓަމުންދާނަން." ހީލީ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު