Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގަލޮޅު ދަނޑު މަރާމާތުކުރުން

އުންމީދަކީ ގަލޮޅު ދަނޑުގެ މަސައްކަތް މި އަހަރު ފެށުން: މަޚްލޫފް

ގަލޮޅު ދަނޑުގެ މަސައްކަތް މިދިޔަ އަހަރު ކުރަންވެސް ނިންމި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 މާރިޗު 2021 | އަންގާރަ 14:15
ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު

ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު

ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު މަރާމާތުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

1947 ވަނަ އަހަރު ކުޅެން ފެށި ގަލޮޅު ދަނޑަކީ އޭރު މާލޭގައި ހަތަރު އަވަށުގެ ހަތަރު ކުލަބަށް ގާއިމުކުރެވުނު ދަނޑުތަކުގެ ތެރެއިން ދަނޑެކެވެ. އެ ގޮތުން ގަލޮޅު ދަނޑާއެކު މިހާރު އޭޑީކޭ ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި އޭރުގެ ވައިލެޓް ފެހި އެއީ ހެންވޭރު ދަނޑު ކަމުގައި ހަމަޖެހުނުއިރު، ޖަމާލުއްދީން ސްކޫލް ހުރި ތާނގައި މައްޗަންގޮޅި ދަނޑު އަދި މާފަންނު ބިސްބުރު އިރުން މާފަންނު ދަނޑު ހެދިގެން ދިޔައެވެ. އޭރުގެ ރަސްމީ ފުޓްބޯޅަ ދަނޑަކީ މިހާރުގެ ހެންވޭރު ދަނޑެވެ. އެކަމަކު 1974 ވަނަ އަހަރު ރަސްމީ ފުޓްބޯޅަ ދަނޑަކަށް ގަލޮޅު ދަނޑު ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ގަލޮޅު ދަނޑު ރަސްމީ ފުޓްބޯޅަ ދަނޑުގެ ގޮތުގައި އޮންނަތާ މިހާރު 47 އަހަރު ވަނީ ވެފައެވެ.

މީގެ ކުރިން މިދިޔަ އަހަރު ގަލޮޅު ދަނޑުގެ މަސައްކަތް ފެށުމަށް ނިންމައި، ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ރައީސް އޮފީހުގެ ހުއްދަވެސް ހޯދާފައެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުވެސް ކުޑަކުރަން ޖެހުމުން، މިދިޔަ އަހަރު މަސައްކަތް ފެށިފައެއް ނުވެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ގަލޮޅު ދަނޑަކީ ދިވެހިންގެ ހިތްތަކާ ގުޅިފައިވާ ފުޓްބޯޅައިގެ ތާރީޚީ ދަނޑެއް ކަމަށެވެ. އަދި މީގެ ކުރިންވެސް ދަނޑުގެ މަސައްކަތްކުރުމަށް ނިންމި ނަމަވެސް، މަސައްކަތް ފެށުން ލަސްވެފައިވާ ކަމަށާއި، އެކަމަކު އުންމީދަކީ މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށުން ކަމަށެވެ. އަދި ގަލޮޅު ދަނޑުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، އެހެންކަމުން އެ މަސައްކަތް ފަށާނީ ހުރިހާ ކަމެއް ހަމަޖެހުމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގެ މަސައްކަތް ފެށުން ލަސްވެފައިވާއިރު، އެ ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓު ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ، 2019 ވަނަ އަހަރު އެތަން ވަނީ ބަންދުކޮށްފައެވެ. އެއާއެކު ބައިނަލްއަގުވާމީ މެޗުތައް ކުޅެފައިވަނީވެސް މަދު އަދަދެއްގެ ޓިކެޓު ވިއްކައިގެންނެވެ. އަދި ދަނޑުގެ އެންމެ ބޮޑު ސިޑިބަރި ބޭނުންކުރަން ހުއްޓާލަން ޖެހުނީ، ދަނޑުގެ ހުރިހާ ސިޑިބަރިއެއްގައި ގޮނޑި ޖަހާފައިވަނިކޮށެވެ.

ބަންދުކުރި ދެ ސިޑިބަރީގެ ތެރެއިން ސަހަރާ ފަޅީގެ ސިޑިބަރި އެއްކޮށް ހަދާ ނިމިފައިވަނީ 90 ގެ އަހަރުތަކުގެ ކުރީކޮޅުއެވެ. ސަހަރާ ފަޅީގެ ސިޑިބަރި ދަށުގައި އެކޮމަޑޭޝަން ބްލޮކުގެ ކޮޓަރިތަކާއި، ހޭންޑްބޯލް އެސޯސިއޭޝަނާއި، ކެރަމް އެސޯސިއޭޝަނުގެ އޮފީސް އަދި ކެރަމް ހޯލް ހުންނައިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް ގުދަންވެސް ހުރެއެވެ. އަދި ބަންދުކުރި ދެ ސިޑިބަރި ފަހުން ބޭނުންކޮށްފައިވަނީ ރަށްރަށަށް ފޮނުވުމަށް ރާއްޖެ ގެނައި ކުޑަކުދިންގެ ޕާކުގެ ސާމާނު ބެހެއްޓުމަށެވެ.

ގަލޮޅު ދަނޑު މަރާމާތުކުރަން ޖެހިފައިވާއިރު، މީގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އޮތް ވިނަގަނޑާއި، ވިލިމާލޭގައި ހަދަމުންދާ ދަނޑުގައި ކުޅުމަށް މަސައްކަތްކޮށްފައެވެ. އެކަމަކު މިހާތަނަށްވެސް މެޗުތައް ކުޅެފައިވަނީ ގަލޮޅު ދަނޑުގައެވެ.

ގައުމީ ފުޓްބޯޅަ ދަނޑު (ގަލޮޅު ދަނޑު)އަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

01 މާރިޗު 2023

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު