Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުތުރުތިލަފަޅު އެގްރީމެންޓް

ސިޔާސީ މަޤްސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ދިވެހި ސިފައިންގެ އަގު ވައްޓާލަން މަސައްކަތް ކުރުން ބަލައެއް ނުގަނެވޭ: ޑިފެންސް މިނިސްޓަރ

15 މާރިޗު 2021 | ހޯމަ 09:44

ހަގީގަތާ ޚިލާފު ދޮގު ޚަބަރު ފެތުރުން ބަލައެއް ނުގަނެވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 މާރިޗު 2021 | ހޯމަ 09:44
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ސިޔާސީ މަގްސަދެއް ހާސިލްކުރުމުގެ ބޭނުމުގައި ދިވެހި ސިފައިންގެ އަގު ވައްޓާލަން މަސައްކަތް ކުރުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިޔާ ސަރުކާރާއެކު ދިވެހިރާއްޖޭގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންކަމަށް ބުނެ މިހާރު ދައުރުވަމުންދާ ލިޔުމަށް ނިސްބަތްކުރައްވައެވެ.

Advertisement - newsAdvertisement

ޑިފެންސް މިނިސްޓްރީންވެސްވަނީ ދައުރުވަމުންދާ ލިޔުމަކީ ހަގީގަތާ ޚިލާފު ދޮގު ލިޔުމެއް ކަމަށް ބުނެފައެވެ.

ލިޔުން ލިބިފައިވަނީ އަސްކަރިއްޔާގެ އިސްވެރިއެއްގެ ފަރާތުން ކަމަށްބުނެ ފަތުރަމުންދާ ވާހަކައަށް ރައްދުދެއްވައި މިނސްޓަރ ވިދާޅުވީ، ހަގީގަތާ ޚިލާފު ދޮގު ޚަބަރު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އުތުރު ތިލަފަޅުގެ އެގްރީމެންޓްގެ ޑްރާފްޓް ކޮޕީއެއް ކަމަށް ބުނެ މިއަދު މީސްމީޑިއާގައި ދައުރުވަމުންދާ ލިޔުމުގައި ބުނާ ގޮތުން އެތަނުގައި އިންޑިއާގެ އަސްކަރީ ފަރާތްތައް އެތަނުގައި ހަތިޔާރާއެކު ތިބެވޭނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް ސަލާމަތާ ރައްކާތެރިކަން ފުރިހަމައަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭންޖެހޭއިރު އެ ފެސިލިޓީ އިތުރު ފަރާތަކުން ވިޔަފާރީގެ ގޮތުގައި ބޭނުންކުރަން ދޭ ނަމަވެސް އިންޑިޔާއާއެކު މަޝްވަރާކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ކޯސްޓް ގާޑުގެ ކެރިކުޅަދާނަކަން އިތުރުކުރުމަށްޓަކައި މާލެއަތޮޅު އުތުރު ތިލަފަޅުގައި އިންޑިޔާގެ އެހީގައި "ސިފަވަރު" ގެ ނަމުގައި ގާއިމްކުރާ ކޯސްޓްގާޑް ބަނދަރާއި ސާރވިސް ޑޮކްޔާޑުގައި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެކަމުގެ ޔަގީންކަން ދިވެހި ސިފައިން ވަނީ ދީފައެވެ. ދިވެހި ސިފައިން ބުނެފައިވަނީ މި ބަނދަރުގައި ތިބޭނީ ދިވެހި ސިފައިންނާއި ދިވެހި މުވައްޒަފުން ކަމުގައެވެ. އެ ބަނދަރަކީ ރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށް މަރާމާތުކުރުމަށް ހަދާ ތަނެއްކަމަށާއި ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ގާއިމުވެގެން ނުތިބޭނެކަން ވެސް ސިފައިން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ 2013 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތަށްފަހު، 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަނުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

އުތުރު ތިލަފަޅު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2024

ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު

03 އެޕްރީލު 2024
ޗައިނާއިން އުތުރު ތިލަފަޅުގައި އިންވެސްޓް ކުރަަނީ ދަނޑުވެރިކަމަކަށް ނޫން، އެއީ އަސްކަރީ މަގުސަދެއްގައި ކުރާކަމެއް - ފައްޔާޒު
30 އޮކްޓޯބަރު 2023

ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު

30 އޮކްޓޯބަރު 2023
ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު
12 މާރިޗު 2022

ޤައުމީ ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި

12 މާރިޗު 2022
ޤައުމީ ޞުލްޙަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފި
14 ނޮވެމްބަރު 2021

ޔޫޓީއެފް އެއްބަސްވުން ރަނގަޅު، އެވާހަކަ ދެއްކީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލާތީ: ހަސަން ލަތީފް

14 ނޮވެމްބަރު 2021
ޔޫޓީއެފް އެއްބަސްވުން ރަނގަޅު، އެވާހަކަ ދެއްކީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލާތީ: ހަސަން ލަތީފް
13 ނޮވެމްބަރު 2021

"ޔޫޓީއެފް އެއްބަސްވުމުގައި، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތް"

13 ނޮވެމްބަރު 2021
"ޔޫޓީއެފް އެއްބަސްވުމުގައި، ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމެއް ނެތް"
18 އެޕްރީލު 2021

ދިވެހި އަސްކަރިއްޔާގެ ނަން ކިލަނބުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާކަށް ނުވޭތޯއެވެ؟

18 އެޕްރީލު 2021
ދިވެހި އަސްކަރިއްޔާގެ ނަން ކިލަނބުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާކަށް ނުވޭތޯއެވެ؟
20 މާރިޗު 2021

ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

20 މާރިޗު 2021
ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!
16 މާރިޗު 2021

އުތުރުތިލަފަޅުގައި ގާއިމްކުރާ ފެސިލިޓީއަކީ 100 އިންސައްތަ ދިވެހި ސަރުކާރުގެ ތަނެއް- އެމްއެންޑީއެފް

16 މާރިޗު 2021
އުތުރުތިލަފަޅުގައި ގާއިމްކުރާ ފެސިލިޓީއަކީ 100 އިންސައްތަ ދިވެހި ސަރުކާރުގެ ތަނެއް- އެމްއެންޑީއެފް
16 މާރިޗު 2021

ފިތުނަ އުފައްދަން އުޅެއުޅެ އެންމެފަހުން ގޮތްހުސްވީއެވެ.

16 މާރިޗު 2021
ފިތުނަ އުފައްދަން އުޅެއުޅެ އެންމެފަހުން ގޮތްހުސްވީއެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް