Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުޖޭ އާއި ޖެންނޭ ސަސްއަށް ބަދަލުވުން

ލޯނު އުސޫލުން މުޖުތާޒާއި ޖުނައިދު ސަސްއަށް

15 މާރިޗު 2021 | ހޯމަ 12:49

އެ ދެ ކުޅުންތެރިންނަށް މާޒިޔާއިން ފުރުސަތު ލިބުން ވަނީ މަދުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 މާރިޗު 2021 | ހޯމަ 12:49
ސަސްގެ ފަރިތަކުރުންތަކުގެ ތެރެއިން ޑިފެންޑަރު މުޖުތާޒް މުޙައްމަދު (މުޖޭ) އާއި މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ)

ސަސްގެ ފަރިތަކުރުންތަކުގެ ތެރެއިން ޑިފެންޑަރު މުޖުތާޒް މުޙައްމަދު (މުޖޭ) އާއި މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ)

ލޯނު އެއްބަސްވުމެއްގެ ދަށުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޑިފެންޑަރު މުޖުތާޒް މުޙައްމަދު (މުޖޭ) އާއި މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ) ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ބަދަލުވެއްޖެއެވެ.

މާޒިޔާއިން މައުލޫމާތުދޭ ގޮތުގައި އެ ދެ ކުޅުންތެރިން ސަސްއަށް ބަދަލުވީ ލޯނު އުސޫލުން މި ސީޒަނުގެ ނިޔަލަށެވެ. އަދި ލޯނު އެއްބަސްވުމެއްގެ ދަށުން ޒުވާން ދެ ކުޅުންތެރިން ކުލަބު ބަދަލުކުރީ، މި ސީޒަނުގެ ބާކީ ބައިގައި ކުޅުމުގެ ފުރުސަތު ގިނައިން ހޯދުމަށް ކަމަށްވެސް މާޒިޔާއިން މައުލޫމާތުދެއެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގައިވެސް ހިމެނޭ މުޖުތާޒް މީގެ ކުރިން ވަނީ ކުލަބު ވެލެންސިއާ އާއި ކުލަބު އީގަލްސްއަށްވެސް ކުޅެފައެވެ. އަދި އީގަލްސް ދޫކޮށް އޭނާ މާޒިޔާއާ ގުޅުނީ 2018 ވަނަ އަހަރެވެ. މީގެ އިތުރުން ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުން ވިދާލި ޖުނައިދު މީގެ ކުރިން ވަނީ މާޒިޔާގެ ޔޫތު ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެކަމަކު މި ސީޒަނުގައި މާޒިޔާއިން ވަރުގަދަ ސްކޮޑެއް އެކުލަވާލުމާއެކު، ޒުވާން ދެ ކުޅުންތެރިންނަށްވެސް ފުރުސަތު ލިބުން ވަނީ މަދުވެފައެވެ.

މުޖުތާޒާއި ޖުނައިދު ސަސްއާ ގުޅުނުއިރު، މި ސީޒަނުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސަސްއިން މިހާތަނަށް ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން މި ސީޒަނަށް އަޙްމަދު ނާޝިދު (ނާދު) ގެ އިރުޝާދުގެ ދަށުން ސަސް ކުރިމަތިލިއިރު، ނާދުގެ ކޯޗުކަމުގައި ސަސްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ސަސްއިން ވަނީ ނާދުގެ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލައި، އެ ޓީމުގެ ކޯޗަކަށް އީގަލްސްގެ ކުރީގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސާފައެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ ލީގު އަލުން ފެށުމަށް މަސައްކަތްކުރަމުންނެވެ. ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު ސަސް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު އަށް މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ.

ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

01 ސެޕްޓެމްބަރު 2025
ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް
23 ނޮވެމްބަރު 2024

ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި

23 ނޮވެމްބަރު 2024
ރާއްޖޭގެ ސަސް އެކަޑަމީ އިން ވާދަކުރާ ލަލީގާ ޔޫތު މުބާރާތް ތައިލެންޑްގައި ފަށައިފި
23 ޖުލައި 2024

ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު

23 ޖުލައި 2024
  ރާއްޖޭގެ ޔޫތް ސިސްޓަމް ތެރޭގައި ހުނަރު އެބައޮތް, އެހީތެރިވެދީ - ކޯޗު ފަރީދު
10 ޖޫން 2024

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2024
ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
29 އޯގަސްޓު 2023

ސަސް އިން ޔޫވީ ބަލިކޮށްފި

29 އޯގަސްޓު 2023
ސަސް އިން ޔޫވީ ބަލިކޮށްފި
09 މެއި 2023

ހަމަޖެހިލައިގެން ކުޅެ ގްރީން އަތުން ސަސްއަށް ފަސޭހަ މޮޅެއް

09 މެއި 2023
ހަމަޖެހިލައިގެން ކުޅެ ގްރީން އަތުން ސަސްއަށް ފަސޭހަ މޮޅެއް
31 އޯގަސްޓު 2022

ސަސް ފުރަތަމަ ޑިވިޝަންގައި ދެމިއޮންނާނެ، ދަ ގްރާންޑޭ ރެލިގޭޓްވެއްޖެ

31 އޯގަސްޓު 2022
ސަސް ފުރަތަމަ ޑިވިޝަންގައި ދެމިއޮންނާނެ، ދަ ގްރާންޑޭ ރެލިގޭޓްވެއްޖެ
20 އޯގަސްޓު 2022

އެފްއޭކަޕް ތިންވަނަ ހޮވާ މެޗު ސަސް ނުކުޅޭނެ، ފިޔަވަޅު އަޅާނެ!

20 އޯގަސްޓު 2022
އެފްއޭކަޕް ތިންވަނަ ހޮވާ މެޗު ސަސް ނުކުޅޭނެ، ފިޔަވަޅު އަޅާނެ!
19 އޯގަސްޓު 2022

ޕެނަލްޓީގައި ސަސް ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ވެލެންސިޔާއަށް

19 އޯގަސްޓު 2022
ޕެނަލްޓީގައި ސަސް ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ވެލެންސިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް