Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ ވެކްސިނެއް ޖެހުމުގެ ހުއްދަދިނުން

ފައިޒާ ވެކްސިނާއި ޗައިނާގެ ސައިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ ދީފި

ސިނޯފާމް ވެކްސިން ޖަހާނީ 18-60 އަހަރާ ދެމެދުގެ މީހުންނަށް

އަމްނާ އިމާދު
އަމްނާ އިމާދު | 15 މާރިޗު 2021 | ހޯމަ 09:24
ފައިޒަރ ވެކްސިން، މިވެކްސިން އަދި ރާއްޖެއަށް ލިބިފައެއް ނުވޭ

ފައިޒަރ ވެކްސިން، މިވެކްސިން އަދި ރާއްޖެއަށް ލިބިފައެއް ނުވޭ

ރާއްޖޭގައި، އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިނާއި ޗައިނާގެ ސިނޯފާމް ވެކްސިން ޖެހުމުގެ ހުއްދަ ދީފިއެވެ.

ހޯމަ ދުވަހު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިޝަތު މުހައްމަދު ވިދާޅުވީ، މި ދެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމަށް އެމަރޖެންސީ ޔޫސް އެޕްރޫވަލް ދީފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

އައިޝަތު ވިދާޅުވީ ސިނޯފާމް ވެކްސިން ޖަހާނީ 18-60 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. އަދި ފައިޒާ ވެކްސިން މިހާރު ވެސް ވެކްސިން ދޭ އުމުރުތަކުގެ މީހުންނަށް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެކްސިން ދިނުމުގައި ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ މިންގަނޑަށް ބަލާނެއެވެ.

ސިނޯފާމްގެ 18،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ވަނީ ލިބިފައެވެ. ފައިޒާ ވެކްސިންގެ 58،050 ޑޯޒް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިވެކްސިން ލިބޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އިތުރު ވެކްސިންތައް ގެނައުމުގެ މަސައްކަތްތައް އެޗްއީއޯސީން ކުރަމުންދާއިރު، ސީރަމް އިންޓިއުޓާއެއްކޮށް ކޮވިޝީލްޑްގެ އިތުރު 300،000 ޑޯޒެއް ގަތުމަށް މިހާރު އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 200،000 ޑޯޒް ވެކްސިން ލިބޭނެކަން އެޗްއީއޯސީން ހާމަކޮށްފައިވާއިރު، ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 108،000 ޑޯޒްގެ ވެކްސިންގެ 12،000 ޑޯޒް މިހާތަނަށް ލިބިފައިވާ ކަމަށާއި, އޭގެ ބާކީ ބައި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި  އެސްޓްރާޒެނެކާގެ 700،000 ޑޯޒް ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި ވެކްސިން ވެސް މިމަހު ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު ލިބޭނެ ކަމަށް ބެލެވެއެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިފާއުގެ ނަމުގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، މިހާތަނަށް 206,114 މީހަކު ވެކްސިން ޖަހާފައިވެއެވެ.

ވެކްސިން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
04 އޯގަސްޓު 2025

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި
18 މާރިޗު 2024

ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

18 މާރިޗު 2024
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި
02 ޖެނުއަރީ 2024

މިސްރުން ޕޯލިއޯއާއި މީސްލްސް ވެކްސިން ޣައްޒާއަށް ފޮނުވައިފި

02 ޖެނުއަރީ 2024
މިސްރުން ޕޯލިއޯއާއި މީސްލްސް ވެކްސިން ޣައްޒާއަށް ފޮނުވައިފި
01 ޑިސެމްބަރު 2023

މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އިފްތިތާހްކޮށްފި

01 ޑިސެމްބަރު 2023
މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އިފްތިތާހްކޮށްފި
14 މާރިޗު 2023

ރޯދަމަހު އުމްރާއަށް ދާ މީހުން މިމަހުގެ 22ގެ ކުރިން ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކޮށްފި

14 މާރިޗު 2023
ރޯދަމަހު އުމްރާއަށް ދާ މީހުން މިމަހުގެ 22ގެ ކުރިން ވެކްސިން ޖަހާ ނިންމުމަށް އިލްތިމާސްކޮށްފި
04 އޮކްޓޯބަރު 2022

ޖެނުއަރީ 2020 ފެށިގެން އުފަންވެފައި ތިބި ހުރިހާ ކުދިންގެ މައުލޫމާތު ޕްލެޓްފޯމަށް އެންޓަރކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ފާތިމަތު ޝަމާ

04 އޮކްޓޯބަރު 2022
ޖެނުއަރީ 2020 ފެށިގެން އުފަންވެފައި ތިބި ހުރިހާ ކުދިންގެ މައުލޫމާތު ޕްލެޓްފޯމަށް އެންޓަރކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ފާތިމަތު ޝަމާ
04 އޮކްޓޯބަރު 2022

ތުއްތު ކުދިންނަށް ދެވޭ ވެކްސިންގެ މައުލޫމާތުތައް އެއްތަނަކުން ބެލޭނެ ޑިޖިޓަލް ރަޖިސްޓިރީއެއް ލޯންޗުކޮށްފި

04 އޮކްޓޯބަރު 2022
ތުއްތު ކުދިންނަށް ދެވޭ ވެކްސިންގެ މައުލޫމާތުތައް އެއްތަނަކުން ބެލޭނެ ޑިޖިޓަލް ރަޖިސްޓިރީއެއް ލޯންޗުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު