Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީސެލްސް އަދި ރުބެއްލާއަށް ވެކްސިން ދިނުން

އައްޑޫސިޓީގައި މީސެލްސް އަދި ރުބެއްލާއަށް ވެކްސިން ދިނުމުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހު ފަށަނީ

15 ޑިސެމްބަރު 2023 | ހުކުރު 16:01

18 މަހާއި 49 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒު ފުރިހަމަ ނުވާ މީހުންނަށް ވެކްސިން ދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޑިސެމްބަރު 2023 | ހުކުރު 16:01
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫސިޓީގައި މީސެލްސް އަދި ރުބެއްލާ (އެމްއާރު)އަށް ވެކްސިން ދިނުމުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހު ފަށާނެ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

2023 ވަނަ އަހަރުގެ މެދުތެރޭގައި ރާއްޖެއިން ހިމަބިހި (މީސްލްސް) ފެނުމާއި ގުޅިގެން އިތުރަށް މިބަލި ފަތުރުނަ ނުދިނުމަށްޓަކައި ކުރެވެމުންދާ މުހިއްމު މަސައްކަތުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕޭނެއް 1 ޑިސެންބަރު 2023 ގައި ވަނީ ފަށާފައެވެ.

އެގޮތުން 18 މަހާއި 49 އަހަރާއި ދެމެދުގެ ދިވެހިންގެ ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒު ފުރިހަމަ ނުވާ ފަރާތްތަކާއި ބިދޭސީންގެ ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒު ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ މިކެމްޕެއިންގެ ދަށުން އައްޑޫސިޓީގެ ރަށްތަކުގައި ވެކްސިން ދިނުން 17 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލް އާއި ހޮސްޕިޓަލްގެ މަރުކަޒުތަކުގެ ޕަބްލިކް ހެލްތް ޔުނިޓްތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ވެކްސިން ދިނުމުގެ ޚިދުމަތް އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ކުރިއަށް ގެންދާނެއެވެ. އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް މަރަދޫ ސިއްހީ މަރުކަޒުގައި ކުރިއަށް ގެންދާއިރު، އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް އެސް.ސީ.ޑީ.ސީ ގައި ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ފޭދޫ ސިއްހީ މަރުކަޒުގައި އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް އަދި އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ހުޅުމީދޫ ސިއްހީ މަރުކަޒުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރާނެއެވެ.

ވެކްސިން ޖަހަންދާ ހުރިހާ މީހުން އައިޑީކާޑު ނުވަތަ ޕާސްޕޯޓު ގެނައުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
09 މާރިޗު 2017

ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް

09 މާރިޗު 2017
ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް