Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ދިނުން

ރާއްޖޭގައި މިހާތަނަށް ވެކްސިން ދެވިފައިވަނީ އާބާދީގެ ގާތްގަނޑަކަށް 46 އިންސައްތައަށް!

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 206،114ށް އަރައިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 15 މާރިޗު 2021 | ހޯމަ 04:48
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައި ކިއު،

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި ހަދާފައި ކިއު،

ރާއްޖޭގައި މިހާތަނަށް ވެކްސިން ދެވިފައިވަނީ އާބާދީގެ ގާތްގަނޑަކަށް 46 އިންސައްތައަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑަށް ވެކްސިންތައް ތައްޔާރުކުރެވި ދުނިޔެއަށް ވެކްސިން ލިބެން ފެށުމާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރަމުން ގެންދިޔައީ ރާއްޖެއަށް ވެކްސިން ލިބޭނެ މަގު ފަހިކުރުމަށް ކަމަށެވެ. ކުރި މަސައްކަތުން ވަރަށް ކާމިޔާބު ކަމާއެކު ވެކްސިން ލިބުނުކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ވެކްސިނޭޝަން ޕްރޮގްރާމް ފެށުމާއެކު އެންމެ ބޮޑު މަގުސަދަކަށްވީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ވެކްސިން ޖެހިފައިވަނީ އާބާދީގެ ގާތްގަނޑަކަށް 46 އިންސައްތައަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ ފަހުން ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލާނެކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ އޭގެ ފަހުން އެންމެ އިސްކަންދޭނީ ބަލި ޖެހިގެން އެންމެ ހައި ރިސްކްވާ މީހުންނަށް ޚާއްސަކޮށް އެ އާބާދީތަކަށް ވެކްސިން ޖަހާ ފުރިހަމަ ކުރުމަށް ކަމަށެވެ. އެއީ ބަލިން ރައްކާތެރި ކުރުމަށް އެންމެ މުހިންމު ގުރޫޕް ކަމަށްވާތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް މިވަގުތު ކަރަންޓީންގައި ތިބުމުގެ ސަބަބުން ނުވަތަ އައިސޮލޭޝަންގައި ތިބުމުގެ ސަބަބުން ވެކްސިން ނުޖެހި ތިބި ފަރާތްތަކަށް ވެކްސިން ޖަހަމުން ގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 206،114ށް އަރައިފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 116،636 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 89،478 މީހުންނެވެ. މި މަހު 15ގެ ފަހުން ވެކްސިން ނުޖެހޭނެކަން އާންމުކުރުމާއެކު ވެކްސިން ޖަހަން ކޮންމެ ދުވަހަކުދާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިދިޔަ ދެ ދުވަހުވެސް މާލެ ސަރަހައްދުގައި ވެކްސިން ޖަހާ ސެންޓަރުތައް ކައިރީގައި ދިގު ކިއުއެއް ދަމާލާފައި އޮވެއެވެ.

ވެކްސިންހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ޑރ.ނަޒްލާ ރަފީގު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި

06 ޑިސެމްބަރު 2025
ހެޕަޓައިޓިސް ބީ ވެކްސިން އުފަންވުމާއެކު ދިނުމުގެ އުސޫލު ނިމުމަކަށް ގެނައުމަށް އެމެރިކާގެ ވެކްސިން ކޮމިޓީ އިން ފާސްކޮށްފި
24 ސެޕްޓެމްބަރު 2025

ޓްރަމްޕް ވިދާޅުވީ، މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުން ކުރުމުންނާއި ކުޑަކުދިންނަށް ވެކްސިން ދިނުމުން އޯޓިޒަމްގެ ނުރައްކާ އޮންނަ ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުނަނީ އެފަދަ ހެތްކެއް ނެތް ކަމަށް!

21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
04 އޯގަސްޓު 2025

'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި

04 އޯގަސްޓު 2025
'ދުނިޔޭގެ ފުރަތަމަ' ގޮނޯރިއާ ވެކްސިން އިނގިރޭސިވިލާތުގައި ދޭން ފަށައިފި
18 މާރިޗު 2024

ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި

18 މާރިޗު 2024
ރޯދަމަހު މާލޭގެ ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު