Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލަކު ސިޓީން ދޫކުރާ 47 ފްލެޓަށް ޝަކުވާ ހުށަ

ފުވައްމުލަކު ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ 47 ފްލެޓްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

14 މާރިޗު 2021 | އާދީއްތަ 06:25

"ބީ" ކެޓެގަރީއަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުރުތުހަމަވެފައިވަނީ 136 ފަރާތުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 14 މާރިޗު 2021 | އާދީއްތަ 06:25
ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފްލެޓް

ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފްލެޓް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުވައްމުލަކުގައި އިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން 47 ފްލެޓަށް އެދުނު ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަލީ މަސީހު ވިދާޅުވީ، މިއަދު ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މަސީހު ވިދާޅުވީ، ފްލެޓް ދިނުމަމަށް ހަމަޖެހިފައިވަނީ ޕްއިންޓް ލިބިފައިވާ ތަރުތީބުން ކަމަށެވެ. އެހެންނަމަވެސް "އޭ" ކެޓަގަރީގެ 40 ވަނަ ފްލެޓާ ހަމައިން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ އެކަކަށްވުރެ ގިނަ މީހުން ތިބިނަމަ އެ ފްލެޓް ދޭނީ ގުރުއަތުލައިގެންކަމަށްވެސް މަސީހު ވިދާޅުވިއެވެ. އަދި "ބީ" ކެޓެގަރީގެ 7 ފްލެޓް ބަހަނީވެސް މި އުސޫލުން ކަން މަސީހު ފާހަގަ ކުރިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުވައްމުލަކު ސިޓީގައި އިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން ބާކީހުރި 47 ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު  ކުރިމަތިލާފައިވެއެވެ.  އެއިގެތެރެއިން ޝަރުތުހަމަވެ ވަގުތީ ލިސްޓްގައި ހިމެނފައިވަނީ 776 ފާރަތެކެވެ.  ފުރުސަތު ހުޅުވާލި 47 ފްލެޓްތެރޭގައި ހިމެނެނީ "އޭ" ކެޓެގަރީގެ 40 ފްލެޓާއި "ބީ" ކެޓަގަރީގެ 7 ފްލެޓެވެ. "އޭ" ކެޓަގަރީގެ ފްލެޓަށް އެދި ފޯމް ހުށަހެޅިފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވެފައިވަނީ 640 ފަރާތުންނެވެ. "ބީ" ކެޓެގަރީއަށް ފޯމް ހުށަހެޅި ފަރަތްތަކުގެ ތެރެއިން ޝަރުތުހަމަވެފައިވަނީ 136 ފަރާތުންނެވެ. ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓްދީފައިވާ ގޮތުގެ ލިސްޓް އާންމުކޮށްފައިވަނީ މި މަހުގެ 11 ވަނަދުވަހުއެވެ.

ފުވައްމުލަކުގައި އިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން "އޭ" ކެޓެގަރިީގެ ދަށުން ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަ ކުރެވިފައިވަނީ 180 ފްލެޓެވެ. "ބީ" ކެޓެގަރީއަކީ، ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ޚާައްސަ ކެޓެގަރީއެވެ. މިކެޓެގަރީގައި ހިމެނެނީ 20 ފްލެޓެވެ.

ފުވައްމުލައް ސިޓީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
12 ނޮވެމްބަރު 2025

"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"

12 ނޮވެމްބަރު 2025
"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"
12 ނޮވެމްބަރު 2025

ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް

12 ނޮވެމްބަރު 2025
ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު
12 ނޮވެމްބަރު 2025

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން

12 ނޮވެމްބަރު 2025
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން
12 ނޮވެމްބަރު 2025

ރައީސް މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ: ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު

12 ނޮވެމްބަރު 2025
ރައީސް މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ: ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް