Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19ގެ ހާލަތު

އެންމެންވެސް ވަރުބަލިވެއްޖެ، އެހެންނަމަވެސް ހިތްވަރު އެލުވައެއް ނުލާނަން

އެއްވެސް ވަރުބަލިކަމެއްނެތި ފްރޮންޓްލައިނުގައި މަސައްކަތްކުރާތާ އެއް އަހަރު ވަނީ ވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 މާރިޗު 2021 | ހޮނިހިރު 10:53
ކޮވިޑްގެ ޕެންޑަމިކް ތެރޭގައި ފްރޮންޓްލައިނުގައި މަސައްކަތްކުރާ ބައެއް މީހުން

ކޮވިޑްގެ ޕެންޑަމިކް ތެރޭގައި ފްރޮންޓްލައިނުގައި މަސައްކަތްކުރާ ބައެއް މީހުން

ކޮވިޑް-19 އަކީ ޕެންޑަމިކް ނުވަތަ އާލަމީ ވަބާއެއް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހުއެވެ. އެކަމަށް އަހަރެއްވީއެވެ. ފާއިތުވެގެން ދިޔަ އަހަރު ދުވަހުގެ ތެރޭގައި ދުނިޔެ ދެކެފައިވަނީ މިއިން ދުވަހަކުވެސް ދެކިފައިނުވާ އަދި ފެނިގެންދާނެކަމަށް ހީވެސް ނުކުރާ ކަންކަމެވެ. މިކަމުން އަރައިގަތުމަށް އެތައް އަހަރެއް ހޭދަވާނެއިރު މުޅި ޕެންޑަމިކްގައިވެސް އެއްވެސް ވަރުބަލި ކަމެއްނެތި މަސައްކަތް ކުރަމުންދާ ބަޔަކީ ފްރޮންޓްލައިނުގައި ނުވަތަ އިސް ސަފުގައި މަސައްކަތްކުރާ މީހުންނެވެ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯޓްރީގައި މަސައްކަތްކުރާ މީހުންނާއި، ބަލި މީހުން އުފުލާ ޑްރައިވަރުންނާއި ކޮންޓެކްޓް ޓްރޭސިންގައި އުޅޭ މީހުންނާއި އައިސޮލޭޝަން ފެސިލިޓީގައި ތިބި ޚިދުމަތްތެރިންނާއި ސާމްޕަލް ނެގުމުގެ މަސައްކަތުގައި އުޅޭ މީހުންނެވެ. މިހެން ގޮސް މިލިސްޓް ވަރަށް ދިގުކޮށްވެސް ލިޔެވިދާނެއެވެ. މުޅި ޕެންޑަމިކަށް ބަލާއިރު އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ބަޔަކީވެސް ފްރޮންޓްލައިނުގައި މަސައްކަތް ކުރަމުންދާ މީހުންނެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވެގެންދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 17،000 ސިއްހީ މަސައްކަތްތެރިން ވަނީ ދުނިޔެ ދޫކޮށްފައެވެ. މިއީ އަދި ރަސްމީކޮށް އެނގޭ އަދަދުތަކެވެ. އެއަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ފާއިތުވި އަހަރު ދުވަހަށް ބަލާއިރު ކޮވިޑްގެ އެތައް ރާޅެއް އެކި ގައުމުތަކަށް ވަނީ ބިންދާލާފައެވެ. އަދިވެސް އެތައް ރާޅެއް އަރަމުންދަނީއެވެ. ރަނގަޅުވަނީއޭ ހިތަށް އަރާއިރު އޮންނަނީ ދެން އޮންނަ ރާޅެއްގެ ހުޅިގަނޑު ފެންނަން ފަށާފައެވެ. އެއްވެސް ވަރުބަލި ކަމެއްނެތި މިފަދަ ގޮތަކަށް އުޅޭތާ އަހަރެއްވާއިރު ރާއްޖެ ކަހަލަ ކުޑަ އަދި ސިއްހީ މަސައްކަތްތެރިންގެ އަދަދު އާބާދީގެ ނިސްބަތުން މަދު ގައުމެއްގެ ހާލަތު ހިތަށް ގެންނަވާށެވެ.

ރާއްޖެ މިހާރު ދެކެމުންދަނީ ކޮވިޑްގެ ތިން ވަނަ ރާޅެވެ. އަދި މިބަލީގެ އެންމެ ނުރައްކާތެރި ރާޅެވެ. މިރާޅު އަދި ހިނދޭނެ ދުވަހެއް ބުނެދޭން ނޭނގޭއިރު ސިއްހީ މަސައްކަތްތެރިން އަދިވެސް ތިބީ މީގެ އަހަރެއްހާ ދުވަސް ކުރީއްސުރެވެސް ކުރި މަސައްކަތުގައެވެ. ބައެއް އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި ނަރުހުން އެމީހުންގެ އާއިލާ ނުދެކޭތާ އެތައް މަސްދުވަހެއް ވެއްޖެއެވެ. މިފަދަ ނުރައްކާތެެރި ބަލިމަޑުކަމެއްގެ ތެރޭގައި އަމިއްލަ އާއިލާއާ ވަކިން އުޅުމަކީ ހިތަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭހެއް ފެނިފައިވަނީ 2020 ވަނަ އަހަރުގެ މަރޗް މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފާއިތުވެގެންދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި އެއްވެސް ވަރުބަލި ކަމެއްނެތި ފްރޮންޓްލައިނުގައި މަސައްކަތްކުރާ ބައެއް މީހުންގެ އަޑުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން ވަނީ އާންމުންނާ ހަމައަށް ގެނެސްދީފައެވެ. ގާތްގަނޑަކަށް ތިން މިނިޓްގެ ވީޑިއޯ ކްލިޕްގައި ފްރޮންޓްލައިނުގެ އެކިއެކި މަސައްކަތްތަކުގައި އުޅޭ 6 މީހެއްގެ އިންޓަރވިއު ކުރުގޮތަކަށް ވަނީ ގެނެސްދީފައެވެ. ކޮންމެ މީހަކުވެސް ކުރަމުންދާ މަސައްކަތާއި ވަރުބަލި ކަމެއްނެތި އެކަން ކުރަމުންދާނެކަމަށް ބުނެ ނިންމާލިއަސް އެމީހުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ކުޑަކޮށްވެސް އެކަން ތަޖުރިބާ ނުކުރާ މީހަކަށް ވަޒަންކޮށްލަންވެސް ނޭނގޭނެއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކޮންޓެކްޓް ޓްރޭސިން ގެ ހެޑްގެ ގޮތުގައި މަސައްކަތްކުރާ އައިމިނަތު އަރޫޝާ ބުނީ އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ކަންތައްތައް ގުރުބާންކޮށްފައި ހުރިހާ ވަގުތެއް ހުސްކުރީ މިކަމަށް ކަމަށެވެ.

ނަރުހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ނިދިންގެ ތަޖުރިބާ ހިއްސާކުރަމުން ބުނެފައިވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާދެމުން ދަނިކޮށް ތިން މަސްވީތަނާ އޭނާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެހެންކަމުން 14 ދުވަހުގެ މުއްދަތަށް އައިސޮލޭޓްވާން ޖެހުނު ކަމަށްވެސް ބުންޏެވެ. އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންވެސް މައްސަލަތައް ކުރިމަތިވިކަމަށް ނިދިން ބުންޏެވެ.

ކޮވިޑްގެ ޕެންޑަމިކްގައި ބަލި މީހުންނާއި ގާތުން މަސައްކަތްކުރަން ނުޖެހުނަސް ލެބޯޓްރީތަކުގައި މަސައްކަތްކުރާ މީހުންނަކީ އެންމެ ބުރަކޮށް މަސައްކަތްކުރަމުންދާ އެއް ބަޔެވެ. ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ސާމްޕަލެއް ޓެސްޓްކުރުމުގެ މަސައްކަތް އެއްވެސް ވަރުބަލި ކަމެއް ނެތި އެމީހުން އަންނަނީ ކުރަމުންނެވެ. އައިޖީއެމްއެޗްގެ ސީނިއަރ ލެބޯޓްރީ ޓެކްނޮލިޖިސްޓް އައިމިނަތު ނަޒްފާ ބުނީ އެންމެ ފުރަތަމަ ފެށުނުއިރުވެސް އައީ ވަރަށް ބޮޑު ވޯރކް ލޯޑެއްކަމުގައެވެ. ކޭސްތައް ފެންނަ މިންވަރު ދަށަށްދާއިރަށް އެމީހުންގެ މަސައްކަތަށް ކުޑަ ލުޔެއް ލިބޭކަމަށް ނަޒްފާ ބުންޏެވެ.

ސާމްޕަލް ނެގުމުގައި ވަރުބަލި ކަމެއްނެތި ޕީޕީއީ ލައިގެން މަސައްކަތްކުރާ ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ)ގައި މަސައްކަތްކުރަމުން އަންނަ ދިފާނާ މުހައްމަދު ބުނީ މެންޓަލް ބްރޭކް ޑައުން އައި ވަގުތުތައްވެސް ދިޔަކަމަށެވެ.

ކޮވިޑްގެ ޕެންޑަމިކްގައި ވޮލަންޓިއަރުންގެ ގޮތުގައި މަސަައްކަތްކުރާ މީހުންވެސް މަދެއްނޫނެވެ. ބަލި މީހުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި ދޭންޖެހޭ އެހެން އެހީތެރިކަން ދިނުމުގައި ވޮލަންޓިއަރުންގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން މޯލްޑިވްސް ރެޑް ކްރެސެންޓްގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ސާބިރާ އަހުމަދު ބުނީ އެންމެ ފުރަތަމަ ހީވީ ދެން މިކަން މިނިމެނީ ކަމުގައެވެ. އަނެއްކާވެސް ދެވަނަ ރާޅެއް އަދި ތިން ވަނަ ރާޅެއް އަންނައިރު ހިތަށް އަރަނީ މިނިމޭނީ ކޮން ދުވަހަކުންބާއޭ އެވެ.

ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ޑްރައިވަރުންވެސް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އާރުއާރުޓީގައި އެމްބިޔުލަންސް ދުއްވަމުން އަންނަ އަހުމަދު އަޒްމަންވެސް ބުނީ ވަރުބަލިވެއްޖެ ކަމަށާއި ކައިރީގައި އުޅޭ އެންމެވެސް ވަރުބަލި ވެއްޖެކަމަށެވެ.

ފްރޮންޓްލައިނުގައި އެކި މަސައްކަތްތައް ކުރަމުންދާ މީހުން ވަރުބަލިކަމާއެކުވެސް ބުނަމުންދިޔައީ އެއް ވާހަކައެކެވެ. އަދި ހިތްވަރު އެލުވާނުލާނަމެވެ. ބަލި މަޑުކަމުން އަރައިގަނެވެންދެން ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނަމެވެ. އެއާއެކު އެމީހުން ދިން މެސެޖެއްވެސް އެބައޮތެވެ. އެމީހުންގެ މަސައްކަތަށް ލުއިކޮށްދީ ހިންދެމިލާނެ ވަގުތެއް ދެވެން އޮތް އާންމުންގެ ފަރާތުން އެމީހުން އެދޭކަމެކެވެ. އެއީ ކޮވިޑްގެ މިބަލި މަޑުކަމުން އަރައިގަނެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމެވެ. އަލިމަގެއް ފެންނަންދެން އެމަގަށް މަސައްކަތްކުރާށެވެ.

އެކަން ކުރެވެން އޮތީ އެންމެންނަށެވެ. ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ. ކޮވިޑް ވެކްސިން ޖަހައިގެންނެވެ. މީގައި ވިސްނަންޖެހޭ އަނެއް ކަމަކީ ކޮވިޑްގެ އައު ވޭރިއަންޓްތައް ފެންނަމުންދާއިރު މިއަށްވުރެ ބޮޑަށް މި ޕެންޑަމިކް ދިގުލައިގެން ހިނގައިދާނެކަމެވެ. އެހެންކަމުން އަބަދުވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދޭންޖެހޭނެއެވެ. މާސްކު އަޅަންޖެހެއެވެ. ގައިދުރުކަން ބަހައްޓަންޖެހެއެވެ. އެކަމަށް ފަރުވާކުޑަ ކުރާނަމަ ބާރު ބޮޑުވެގެންދާނީ ފްރޮންޓްލައިނުގައި މަސައްކަތްކުރަމުންދާ މީހުންނަށެވެ.

ކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު