Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިޓަލީގެ ހާލަތު

އިޓަލީގައި ކޮވިޑްގެ ހާލަތު ގޯސްވެ ލޮކްޑައުންއަކާ ދިމާލަށް

13 މާރިޗު 2021 | ހޮނިހިރު 00:22

ކޮވިޑްގެ އައު ވޭރިއަންޓް އިޓަލީގެ އެކި ހިސާބުތަކަށް ވަނީ ފެތުރިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 މާރިޗު 2021 | ހޮނިހިރު 00:22
އިޓަލީގެ މަގުމަތި

އިޓަލީގެ މަގުމަތި

އިޓަލީގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ވެރިރަށް ރޯމާއި ވިޔަފާރީގެ މައި މަރުކަޒު މިލާންގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އިތުރަށް އަޅަމުންދާ ފިޔަވަޅުތަކަށް ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާއިރު އެފިޔަވަޅުތަކުގެ ސަބަބުން އިޓަލީގެ ވިޔަފާރީތަކަށާއި މީހުންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.

ހުކުރު ދުވަހު އިޓަލީގެ ސަރުކާރުން ބުނީ ކުރިޔަށް އޮތް އީސްޓަރ ވީކެންޑާ ދިމާކޮށް އެގައުމު އެއްކޮށް ލޮކްޑައުންކުރުމަށް ނިންމާފައިވާކަމަށެވެ. މިއީ އީސްޓަރ އާ ދިމާކޮށް އިޓަލީ ލޮކްޑައުންކުރާ ދެ ވަނަ އަހަރެވެ.

ކޮވިޑްގެ ޕެންޑަމިކަށް އަހަރެއްވެފައިވާއިރު އިޓަލީއަކީ ޔޫރަޕްގެ ގައުމުތަކުން އެންމެ ފުރަތަމަ ކޮވިޑް ފެނުނު ގައުމެވެ. އިޓަލީގައި ކޮވިޑްގެ ހާލަތު ރަނގަޅުވެފައި އޮތުމަށްފަހު ނިމިގެންދިޔަ ހަފްތާގައި ވަނީ ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ކޮވިޑްގެ ކޭސްތައް ފެނުނު މިންވަރު އޭގެކުރީ ހަފްތާއާ އަޅާބަލާއިރު 10 އިންސައްތަ ވަނީ އިތުރުވެފައެވެ.

އިޓަލީގެ އޮފިޝަލުން ވަނީ ކޮވިޑްގެ އައު ވޭރިއަންޓް އިޓަލީގެ އެކި ހިސާބުތަކަށް ފެތުރިފައިވާކަމަށް ބުނެ ހާލަތު ގޯސްވެދާނެކަމުގެ އިންޒާރުދެމުންނެވެ.

ކޮވިޑްގެ ހާލަތަށް ބަލާ އިޓަލީގެ 20 ސަރަހައްދަށް ވަނީ އެކި ކުލަތައް ދީފައެވެ. އަދި ކޮންމެ ހަފްތާއަކުން އެސަރަހައްދެއްގެ ހާލަތު ބެލުމަށްފަހު ކުލަ އަށް އަންނަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން އެންމެ ހާލަތު ރަނގަޅު ހިސާބުތަކަށް ހުދު ކުލަ ދީފައިވައިރު ކުޑަކޮށް ހާލަތު ގޯސް ސަރަހައްދުތަކަށް ދީފައިވާ ކުލަ އަކީ ރީންދޫ ކުލައެވެ. ހާލަތު ގޯސް ވަމުންދާނަމަ އޮރެންޖް ކުލައަށް އެސަރަހައްދެއް ބަދަލުވާނެއެވެ. އަދި އެންމެ ހާލަތު ގޯސްވުމުން އެސަރަހައްދެއް ރަތް ކުލައަށް ބަދަލުވާނެއެވެ. ކުލަ އާއި އެއްގޮތަށް އަޅާ ފިޔަވަޅުތައްވެސް ވަނީ ކަނޑައަޅާފައެވެ.

އިޓަލީގެ ހެލްތު މިނިސްޓަރ ހުކުރު ދުވަހު ވަނީ ހަތް ސަރަހައްދެއް ރަތް ކުލައިގެ ޒޯންތަކަށް ބަދަލުކުރައްވާފައެވެ. އޭގެތެރޭގައި މިލާން އާއި ރޯމް އަދި ކުރީގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ލޮމްބާޑޭ ހިމެނެއެވެ.

މިހާރުވެސް ތިން ސަރަހައްދެއް ވަނީ ރަތް ކުލައިގައެވެ. އެހެންކަމުން މިހާރު މިގެނައި ބަދަލާއެކު ހޯމަ ދުވަހުން ފެށިގެން އެގައުމުގެ ދެ ބައިކުޅަ އެއްބައި ސަރަހައްދު ވެގެންދާނީ ރަތް ކުލައިގެ ސަރަހައްދުތަކަށެވެ. މިއާއެކު އާބާދީގެ ބޮޑު ބަޔަކަށް ދެން އުޅެންޖެހޭނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމުގެ އެންމެ ހަރުކަށި ފިޔަވަޅުތަކާއެކުއެވެ.

މިސަރަހައްދުތަކުގައި ސްކޫލްތަކާއި ޒަރޫރީ ތަކެތި ވިއްކާ ފިހާރަތައް ނޫން އެހެން ހުރިހާ ފިހާރައެއް ބަންދުވާނެއެވެ. އަދި ގެއިން ބޭރަށް ނިކުމެވޭނީ ހަމައެކަނި މަސައްކަތް ކުރުމަށާއި ސިއްހީ ކަމެއްގައި ނުވަތަ އެމަރޖެންސީ ހާލަތެއްގައި އެކަންޏެވެ.

ފާއިތުވި 13 މަސް ދުވަހުގެ ތެރޭގައި އިޓަލީގައި ވަނީ މިބަލީގައި ލައްކައެއްހާ މީހުން މަރުވެފައެވެ. އިޓަލީއަކީ ހަތް ވަނަ އަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

އަނެއްކޮޅުން އިޓަލީން އަންނަނީ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް މިހާރަށްވުރެ ރަނގަޅަށް ހިންގުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ވެކްސިން ދެމުންދާ 170،000ށް ވުރެ އަދަދު އިތުރުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އިޓަލީގެ މެޑިސިން އެޖެންސީން ވަނީ ހުކުރު ދުވަހު ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހުމުގެ ހުއްދަ ދީފައެވެ. މިމަސްތެރޭގައި ފުރަތަމަ ޝިޕްމަންޓް ލިބޭނެކަމަށް ވަނީ ބެލިވެފައެވެ.

ކޮވިޑް-19އިޓަލީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

04 ޑިސެމްބަރު 2025
ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 އޮކްޓޯބަރު 2025

ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް

10 އޮކްޓޯބަރު 2025
ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް