Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ޕްރެސް

ރައީސް ދައުރު ފުރިހަމަ ކުރައްވަނީ އެންމެ ތިން ޖަވާބުން: އަދުރޭ

11 މާރިޗު 2021 | ބުރާސްފަތި 12:37

ސަރުކާރު އުފެދިގެން އައީ ބަލިކަށި ސަރުކާރެއްގެ ގޮތަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 މާރިޗު 2021 | ބުރާސްފަތި 12:37
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެކްޓިންގ ލީޑަރ އަބްދުލްރަޙީމް އަބްދުﷲ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެކްޓިންގ ލީޑަރ އަބްދުލްރަޙީމް އަބްދުﷲ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ އެންމެ ތިން ޖަވާބުންކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެކްޓިންގ ލީޑަރ އަބްދުލްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރައީސް ދައުރު ފުރިހަމަ ކުރައްވާ ތިން ޖަވާބަކީ "ތިކަން އޮތީ އެންމެ ރަނގަޅަކަށް ނޫނޭ، ތިކަން އަޅުގަނޑު ބަލާލާނަމޭ، ތިއީ ކޮވިޑާއި ގުޅިގެންނޭ" މިއީ ކަމަށެވެ. އޭނާ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރު އުފެދިގެން އައީ ބަލިކަށި ސަރުކާރެއްގެ ގޮތަށް ކަމަށާއި މި ސަރުކާރުގެ ބިންގާވެސް އަޅާފައި އޮތީ ކައްޗަށްކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި މި ސަރުކާރުން ހިޔާ މަޝްރޫއުގެ ފްލެޓް ދޫކުރުމަށް ނިންމާފައިވާގޮތާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ގެންގުޅޭ ސިޔާސަތުތަކަށްވެސް ވަނީ ވަރަށް ބޮޑަަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް ސާލިހް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާ އަދުރޭ ވިދާޅުވީ މިސަރުކާރުން ބިނާކުރި އެއްވެސް ފްލެޓެއް ފެންނަން ނެތް ކަަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން އަދުރޭ ވަނީ އިދިކޮޅުން ކޮންމެ ހަފްތާއަކުވެސް ހުކުރު ދުވަހު ސިލްސިލާކޮށް ބާއްވާ މުޒާހަރާގައި ވީހާ ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިފައެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް ލޯބި ކުރާ ކޮންމެ ރައްޔިތަކުވެސް މިކަަމަށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އިދިކޮޅުން ކުރާ މަސައްކަތް އެންމެ ފުރިހަމައަށް ނުފެނިގެން އުޅެނީ މި ސަރުކާރުން އެކަމަށް ޖާގަ ނުދޭތީ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެކި ނަންނަމުގައި މާލޭގައި އަންނަނީ ސިލްސިލާކޮށް މުޒާހަރާކުރަމުންނެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކު މަގުތަކަށް ނިކުމެ އަންނަނީ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތަކާއި ގުޅިގެން ފުލުހުން ބުނަމުން އަންނަނީ އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. މީގެއިތުރުން އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނާވެސް ޚިލާފަށް ބާއްވަމުން އަންނަ އެއްވުންތަކެއްކަމަށް ފުލުހުން ބުނެއެވެ.

އިދިކޮޅުން މުޒާހަރާ ކުރަމުން އަންނައިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު މިއިން ދުވަހަކު ގޯސްނުވާ މިންވަރަށް ވަނީ ގޯސްވެފައެވެ. އެގޮތުން ޖެނުއަރީމަހުގެ 24 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ކޮވިޑްޖެހޭ މީހުންގެ އަދަދު 100ން ދަށަށް ގޮސްފައިނުވާއިރު، ފާއިތުވި ހަފުތާއަކީ މުޅި ޕެންޑަމިކް ތެރޭގައި ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ހަފުތާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ.

ކޮވިޑުގެ ހާލަތު ރަނގަޅުވަމުން ނުދާތީ އެޗްޕީއޭއިން ވަނީ މާރޗް ހަތަރަކުން ފެށިގެން ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނައިން އެއްވެތިބުން ވަނީ މަނާކޮށްފައެވެ. އަދި ރަށްރަށަށްދާއިރު 72 ގަޑިއިރުވެފައިވާ ޕީސީއާރް ނެގެޓިވް ޓެސްޓެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ޕާކުތަކާއި މައިޒާންތައްވެސް ވަނީ ބަންދުކޮށްފައެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
28 އޮކްޓޯބަރު 2024

ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!

28 އޮކްޓޯބަރު 2024
ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް