Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

ގާނޫނު އަސާސީއަށް ގެނައި ބަދަލުން ކަނޑުވާލީ ރައްޔިތުންގެ މަޖިލީހުގެ ސިފައެވެ. ގާނޫނޫ އަސާސިން މެމްބަރުންނަށް ދީފައިވާ ބާރެވެ. ކަށަވަރުކޮށްދީފައިވާ މިނިވަންކަމެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަސައްކަތަށް ނުފޫޒް ފޯރުވައިގެން ނުވާނެ އެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2024 | ބުރާސްފަތި 10:35
ގާނޫނު އަސާސީ - ގާނޫނު އަސާސީން ތިންބާރު ވަކިވެފައި އޮތް ނިޒާމް ބަދަލުކޮށް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އަތްޕުޅަށް ނެންގެވީ އެންމެ 24 ގަޑީއިރުގެ ތެރޭގައި

ގާނޫނު އަސާސީ - ގާނޫނު އަސާސީން ތިންބާރު ވަކިވެފައި އޮތް ނިޒާމް ބަދަލުކޮށް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އަތްޕުޅަށް ނެންގެވީ އެންމެ 24 ގަޑީއިރުގެ ތެރޭގައި

މި އަހަރުގެ ނޮވެމްބަރ 20 ވީ ބުދަ ދުވަހަކީ ދިވެހި ބަރުލަމާނީ ހަޔާތަށް ކަޅު ދުވަހެކޭ ދަންނަވާކަށް އަޅުގަނޑު ނެތީމެވެ. އަދި މިއީ ދިވެހިން ބޭނުންވާ ގޮތޭ ދަންނަވާކަށް ވެސް ނެތީމެވެ. އަދި މިކަމުގައި މާ ގިނަ ގާނޫނީ ވާހަކަތަކެއް ދައްކާކަށް ވެސް ނެތީމެވެ. ސަބަބަކީ އަޅުގަނޑަކީ ގާނޫނީ މީހަކަށް ނުވާތީއެވެ. އެކަމަކު އާއްމު އާދައިގެ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ވެސް ވިސްނޭ އެއްޗެއް ދަންނަވާލެވޭތޯ ބަލާނަމެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހިނގާ ދިއައީ އާދަޔާ ޚިލާފް ކަންތައްތަކެކެވެ. ދުނިޔޭގެ ފެންވަރުން ބެލިއަސް ރިކޯޑް ބްރޭކިންގ ކަންތައްތަކެކެވެ. ގާނޫނު އަސާސީއަކަށް އެންމެ 8 ގަޑި އިރުގެ ތެރޭގައި ބަދަލެއް ގެނެސް ނިންމާލުމަކީ އާދައިގެ ކަމެއް ނޫނެވެ. ޚާއްސަކޮށް މުޅި ޕްރޮސެސް 8 ގަޑި އިރު ތެރެއަށް ފެތި ނިމުމަކީ ތޯތޯ ކަމެއް ނޫނެވެ. ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކަށަވަރުކޮށްދޭ މިނިވަންކަމާ ގާނޫނު އަސާސީން ތިންބާރު ވަކިވެފައި އޮތް ނިޒާމް ބަދަލުކޮށް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އަތްޕުޅަށް ނެންގެވީ އެންމެ 24 ގަޑީއިރުގެ ތެރޭގައެވެ. ގާނޫނު އަސާސީއަށް ބަދަލު ގެންނަވަން ބޭނުންފުޅުވެގެން މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް އެވާހަކަފުޅު ދެއްކެވީ އަންގާރަ ދުވަހުގެ މެންދުރު ކަމަށް ވެއެވެ. އެހާ ހިސާބުން ބިލެއް ޑްރާފްޓްކޮށް ޖެހިގެން އައި ބުދަ ދުވަހު ހެނދުނު 10 އާކާއި 10:30 އާއި ދެމެދު މަޖިލީހުގެ ތަޅުމަށް ބިލު ހުށަހަޅާ މަޖިލީހަށް ބަލައިގަނެ, ކޮމިޓީއަށް ފޮނުވާ މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސްކޮށް ވޯޓުނަގާ ކޮމިޓީ ރިޕޯޓް އަލުން ތަޅުމަށް ފޮނުވާ، ވޯޓު ނަގާ ނިންމާލީ ބުދަ ދުވަހުގެ ހަވީރު 5:52 ގައެވެ.

ގާނޫނު އަސާސީއަށް ގެނައި ބަދަލުން ކަނޑުވާލީ ރައްޔިތުންގެ މަޖިލީހުގެ ސިފައެވެ. ގާނޫނޫ އަސާސިން މެމްބަރުންނަށް ދީފައިވާ ބާރެވެ. ކަށަވަރުކޮށްދީފައިވާ މިނިވަންކަމެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަސައްކަތަށް ނުފޫޒް ފޯރުވައިގެން ނުވާނެ އެވެ. އެހެން އެކަން ކުރުމަކީ ކުށެކެވެ. އެކަމަކު ގާނޫނު އަސާސިއަށް މިގެނައި ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގަވައިދެއް މަންސޫޚުވީއެވެ. ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދީފައިވާ ބާރާ މިނިވަންކަމުގެ މާއްދާތައް ވެސް މަންސޫޚުވީއެވެ. ސަބަބަކީ މަޖިލީހުގެ މެމްބަރަކު ވޯޓުދޭ ގޮތެއްގެ ސަބަބުން ނުވަތަ ޕާޓީގެ ވިޕްލައިނާ ޚިލާފްވާ ޚިލާފްވުމެއްގެ ސަބަބުން ނުވަތަ މަޖިލިސް މެމްބަރަކު ސިޔާސީ ގޮތުން ކުރި ކަމެއްގެ ސަބަބުން އޭނާގެ ޕާޓީން ހިތްހަމަ ނުޖެހިއްޖެނަމަ އެ މައްސަލަ ބަލާ ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި އޭނާ ޕާޓީން ކަނޑާލާ ހިސާބުން ގޮނޑި ގެއްލުނީއެވެ. ކަން އޮތީ މިހެން ކަމަށްވާނަމަ ދައުލަތުގެ ވަކިވެފައި އޮތް ތިންބާރުން، އެއް ބާރުގެ ވެރިޔާ މިއަދު އެ ހުންނެވީ ސަރުކާރު ހިންގާ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގައެވެ. ނުވަތަ އެ ޕާޓީގެ ރައީސްގެ މުށު ތެރޭގައެވެ. ޕީއެންސީން ބޭނުންވުމުން ގޮނޑި ގެއްލުވާލެވިދާނެއެވެ. އަނެއް ހާލަތަކީ އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީގެ މައްސަލައެއް ބަލާ އެމްޑީޕީ އުވާލައިފިނަމަ މަޖިލީހުގައި ތިބި އެމްޑީޕީގެ 12 މެމްބަރުން ގޮނޑި ވެސް ގެއްލުވާލެވިދާނެއެވެ. މިހުރިހާ ކަމެއް މިގޮތަށް ކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށް 8 ގަޑިއިރުގެ ތެރޭގައި ނިންމާލި އިރު މެމްބަރުން ހޮވަން ވޯޓުދިން ރައްޔިތުން އެތިބީ ބޭކާރު ބައެއްގެ ގޮތުގައި ލާޗާރުވެފައެވެ. ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންނާ ހިސާބުންނޭ، ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންނާ ކިބައިންނޭ ގާނޫނު އަސާސީގައި އޮވެއެވެ. އެކަމަކު ރައްޔިތު މީހާ ހޮވި ޕީއެންސީ އަށް ނިސްބަތްވާ މަޖިލިސް މެންބަރު ގެ ގޮނޑި ގެއްލުވާލުމުގެ ބާރު މިވަގުތު އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ ރައިސާއި ސުލޫކީ ކޮމިޓީގެ އަތުގައެވެ. މިއީ ކޮންކަހަލަ ޑިމޮކްރަސީއެއްތޯއެވެ. ކިހިނެއް ވަކިވެފައި އޮތް ތިން ބާރެއް ތޯއެވެ. ކިހިނެއް ހަދާފައި އޮތް ގާނޫނު އަސާސިއެއްތޯއެވެ.

ޔާގީންވާ އެއްކަމަކީ ގާނޫނު އަސާސީއަށް މިގެނައި ބަދަލުގެ ސަބަބުން ރައީސް ޑރ މުޙައްމަދު މުއިއްޒަށް ކިތައްމެ ގޮތަކުން ފަސޭހަފުޅު ވާނެ ކަމެވެ. އިސްތަށިފުޅަށެވެ. ޖީބުފުޅަށެވެ. ދިމްޔާތުން ކޮންމެ މެމްބަރަކަށް މަހަކު ދޭ ކަމަށް ތުހުމަތު ކުރެވޭ 75 ހާސް ރުފިޔާ ދެން ދޭކަށް ޖެހިވަޑައިނުގަންނަވާނެއެވެ. ސަރުކާރުން ކޮންމެ ކަމެއް ކުރިއަސް ދާއިރާގައި ތަރައްގީގެ ކަމެއް ހިންގިއަސް ނުހިންގިއަސް ޝަކުވާ ކުރަން ކެރޭނެ މެމްބަރަކު ދެނެއް ނުހުންނާނެއެވެ. ގާނޫނު އަސާސީއަށް މި ނުރައްކާތެރި ބަދަލު ގެންނެވުމަށްފަހު އުފާ އުފަލުން ހުންނަވައިގެން ރައީސް އެ ފުރާވަޑައިގަތީ އިނގިރޭސިވިލާތުގެ މެންޗެސްޓާގައި އޮތް ކައިވެނި ޕާޓީއެއްގައި ބައިވެރިވެވަޑައިގަންނަވަން އަނބިކަނބަލުންވެސް ގޮވައިގެންނެވެ. އެމަނިކުފާނު ހޮވި ރައްޔިތުން މިތިބީ ވާނުވާ ނޭނގި ބޯ ހާސްވެފައެވެ. މަޖިލީހުގެ ސުޕަރމެޖޯރިޓީ ބޭނުންކުރައްވައިގެން ދެން ބަދަލުކުރައްވާނީ ގާނޫނު އަސާސީގެ ކޮން ބައެއް ކަމާމެދު ގެސްކޮށްލަ ކޮށްލައެވެ.

ބައެއް މީހުން ސުވާލުކުރާތީ އިވެއެވެ. ބަޔަކު ގްރުބާންވެގެން މިގައުމަށް ގެނައި ޑިމްކޮރަސީ އަކީ މިއީ ހެއްޔެވެ. މާ މޮޅު އެއްޗަކަށް ހަދައިގެން ދިވެހިން ބަލައިގެން ތިންބާރު ވަކިވެފައި އޮންނަ ވެރިކަން ކުރުމުގެ ނިޒާމަކީ މިއީ ހެއްޔެވެ. ޚުދުމުހުތާރު ވެރިކަމަކުން ނެއްޓި ހައްގުތައް ކަށަވަރުވެފައި އޮންނަ މިނިވަން ދިމިގްރާތި މުޖުތަމައެއްގައި ދިރިއުޅުމަށް ދިވެހިން ކުރި ފޮނު އުއްމީދުގެ ނަތީޖާ އަކީ މިއީ ހެއްޔެވެ.

މިހުރިހާ ކަމެއް ހިނގާ އެތައް ގުރުބާނީއެއް ވެގެން ދިވެހިންގެނައި ފެހި ގާނޫނު އަސާސީ އޮޅާލާ ވެރިކަން ހިންގުމުގެ ނިޒާމް ގަޑުބަޑުކޮށް ހުރިހާ ބާރެއް ރައީސްގެ މުށުތެރެއަށް ޖަމާކުރައްވަމުން ގެންދަވާއިރު، ރާއްޖޭގައި ތިބި ސިޔާސީ ޕާޓީތަކާ ގާނޫނީ ބޭބޭފުޅުންނާ ދައުލަތަށް ޚިދުމަތްކުރައްވާފައިވާ ތަޖްރިބާކާރުން ބަލަހައްޓަވައިގެން މި ތިއްބަވަނީ ކޮންކަމެއް އަންނަން ދެން ބާވައޭ އަޅުގަނޑު ހިތައް އަރައެވެ.

މަގޭ ރިޕޯޓްމަޖިލިސް20މަޖިލިސްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޑރ. މުހައްމަދު މުއިއްޒުއިލެކްޝަންސް ކޮމިޝަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު