Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަމުގެ ދާއިރާ

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ނިހާދު ތުހުމަތުކުރެއްވީ ހޯމަ ދުވަހުގެ ރޭ އޮތް ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2024 | އަންގާރަ 04:04
ކޮންގްރެސް ޕާޓީން ބޭއްވި ޖަގަހަ ޖަލްސާގައި ނިހާދު ވާހަކަ ދައްކަވަނީ. ފޮޓޯ: ކޮންގްރެސް ޕާޓީ

ކޮންގްރެސް ޕާޓީން ބޭއްވި ޖަގަހަ ޖަލްސާގައި ނިހާދު ވާހަކަ ދައްކަވަނީ. ފޮޓޯ: ކޮންގްރެސް ޕާޓީ

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ތުހުމަތުކުރައްވައިފި އެވެ.

ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ހ. ވެޔޮވިލާ ގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ ކުރީގެ މެންބަރު ނިހާދު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހަށް ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނާ ހަމަކުރަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް ހުރަސް އެޅުމަށް އެމްޑީޕީ އިސްވެ އޮވެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މާލެ ކައިރީގައި އެއް ފަޅުތެރެއެއްގައި އޮތް ތިން ރިސޯޓެއްގައި އެމްޑީޕީން ބައްދަލުވުމެއް ބާއްވަން އެދުމުން މި ދުވަސްކޮޅު ރިސޯޓް ފުލްވެފައިވާތީ ނުބޭއްވޭނެ ކަމަށް އެންގުމުން ހުއްދަ ނުލިބުނަސް އެ ރިސޯޓަށް އެމްޑީޕީން އަރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ނިހާދު ތުހުމަތުކުރެއްވި އެވެ. ރިސޯޓަކަށް އެރުމަށް ޓަކައި އެމްޑީޕީން ރާވާފައި ވަނީ އަންގާރަ ދުވަހުގެ ހަވީރު ހަަތަރެއް ޖަހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރިސޯޓަށް އެރުމުގެ ފަހަތުގައި ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށް ވެސް ނިހާދު ތުހުމަކުރެއްވި އެވެ.

ނިހާދު ވިދާޅުވީ މިކަމުގައި ބައިވެރިވަނީ ހަމަ ސީދާ ކަނޑައެޅިގެން މި ދިވެހިރާއްޖޭގެ އިގުތިސޯދު ފުނޑާލަން މީގެ ކުރީގައި ވެސް މަސަައްކަތް ކުރި އެމްޑީޕީގެ ލީޑަޝިޕްގެ (ފައްޔާޒް) ކަމަށާއި އެކަން ކުރަނީ ލޭބާ ޔޫނިއަންގެ އިތުރުން އެހެން ޔޫނިއަންތަކެއް ގުޅިގެން ކަމަށެވެ. ނިހާދުގެ ވާހަކަފުޅުގައި ސީދާ ވަކި ރިސޯޓެއް ހާމަކޮށްފައެއް ނުވެ އެވެ.

"ލިޔުމުން އިންޒާރު ދީފައި ވަނީ ތިމަންނަމެން އެ ބައްދަލުވުން ބޭއްވުމަށް ޓަކައި ތި ރަށަށް އަރާނަމޭ. އަޑުގަދަކުރާޔާ އެކީގައި ތިމަންނަމެން ތި ރަށަށް ދޯނި ފަހަރުތަކުގައި ދާނަމޭ. މި ކަމުގައި ބައިވެރިވަނީ ހަމަ ސީދާ ކަނޑައެޅިގެން މި ދިވެހިރާއްޖޭގެ އިގުތިސޯދު ފުޑާލުމަށް ޓަކައި މީގެ ކުރީގައި ވެސް މަސައްކަތްތަކެއް ކޮށްފައިވާ އެމްޑީޕީ. އެ ލީޑާޝިޕްގެ ބްރޯ،" ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވި އެކަން ކުރަނީ މިދިޔަ ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާ ރަށާއި ފަޅުތަކުގެ މައްސަލަ ބަލަމުންދާތީ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެއްވެސް މީހަކު އެފަދަ އަމަލެއް ކުރުމުގައި ބައިވެރިނުވާން ނިހާދު ވަނީ އިލްތިމާސްކޮށްފަ އެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އެމްޑީޕީގެ ނިމިދިޔަ ސަރުކާރުން ސޮއިކޮށްފައިވާ ބަދަލު ދިނުމުގެ 9 އެއްބަސްވުމަކީ ބާތިލު އެއްބަސްވުންތަކެއް ކަމަށް މިދިޔަ ހަފުތާގައި އެޓާނީ ޖެނެރަލް ވަނީ ނިންމަވާފަ އެވެ. އެ އެއްބަސްވުންތަކަކީ އަމަލުކުރަން ނުޖެހޭ އެއްބަސްވުންތަކެއް ކަަމަށް ކަމާ ބެހޭ ދައުލަތުގެ އިދާރާތަކަށް ވަނީ އަންގަވާފަ އެވެ.

އެމްޑީޕީން ރިސޯޓުތަކަށް އަރަން ރާވަމުންދާ ކަމަށް ވިދާޅުވެ، އެ ތުހުމަތު އެމްޑީޕީގެ ބޮލުގައި އެޅުވީ ސީދާ ކޮން ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމެއް އަދި އެ މައުލޫމާތު ލިބިވަޑައިގެންނެވި ގޮތެއް ނިހާދުގެ ވާހަކައިގައި ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މުހައްމަދު ނިހާދު ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު