Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީގެ ވައްކަމަކީ މުޅިގައުމުގަ އެކަމުގެ މަސްލަ

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

އަލިފާނުގެ ހާދިސާއާއި ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވާ ދިނުމަށް އެދުނު ނަމަވެސް އެކަމަށް ޕީއެންސީން އިޖާބައެއް ނުދިން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 22 ޑިސެމްބަރު 2024 | އާދީއްތަ 14:16
ގާނޫނު އަސާސީގެ ދިފާއުގައި ނުނިކުމެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނޯންނާނެ: މެންބަރު މީކާއިލް

ގާނޫނު އަސާސީގެ ދިފާއުގައި ނުނިކުމެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނޯންނާނެ: މެންބަރު މީކާއިލް

ހުޅުމާލެއިން "ބިންވެރިޔާ" ސްކީމް ގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ގޯތިތަކެއް ވަގަށް ދިން މައްސަލަ ފަޅާ އެރުމާއެކު، އެޗްޑީސީ ގެ ތެރެއިން ހިނގަމުންދާ ވައްކަމާ، ޚިޔާނާތާއި މަކަރު ހީލާތް ހެދުމުގެ އެތައް ކަމެއް ފެންމަތިވަމުން އަންނައިރު، މި ހުރިހާ ކަމަކީ ވެސް މުޅި ގައުމުގެ މަސްލަހަތު އެކަމުގައި ހިމެނޭ ކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުކީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މިމަހުގެ 12 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހަދިސާއާއި ގުޅިގެން މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަދިނުމަށް އެދި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ފޮނުވި ސިޓީއަށް ޖަވާބު ނުދެއްވާކަން ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ އަލިފާނުގެ ހާދިސާގެ މައްސަލައާއި ގުޅިގެން މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވައި ދިނުމަށް ޕީއެންސީގެ މިހާރުގެ ސްޕީކަރގެ އަރިހުން އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އެކަމަށް ޖަވާބެއް ދެއްވާފައި ނުވާކަމަށް މީކާއިލް ވިދާޅުވިއެވެ.

މިކާއީލް ވިދާޅުވީ މިހާރު ރާއްޖޭގައި މި ހިނގާ ކަންކަމަކީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ކަންކަން ނޫން ކަމަށާއި މިއީ މުޅި ގައުމުގެ މަސްލަހަތު ވެސް އެކަމުގައި ހިމެނޭ ކަމެއް ކަމަށެވެ. އެހެން ކަމުން މިކަން ހަމަމަގަށް އެޅުވުމަށް އެންމެން އެކުވެގެން މަސައްކަތް ކުރަން ޖެހޭކަމަށް މީކައިލް ވިދާޅުވިއެވެ.

" އެއްވެސް ޖަވާބެއް އަދި އަޅުގަނޑުމެނަށް ލިބިފައެއް ނެތް. އަޅުގަނޑުމެން ވާނެ މި އަލިފާނުގެ ހާދިސާއާއި ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވާ ދިނުމަށް އެދިފަ. އެހެން ނަމަވެސް އަދިވެސް އެކަމަށް ޕީއެންސީން ޖަވާބެއް ނުދެއްވާ." ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މީކައިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮވެފައި ވެސް ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދާކުރުމަށް މަޖިލީހަށް ނުކުންނަށް ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ޕީއެންސީގެ ފަރާތުން ފެނިގެން މިދަނީ އެއްވެސް ޕަބްލިކް ކޮންސާނަކަށް ދީލާނުނާލެތަން ކަމަށެވެ.

މީކާއިލް އިތުރަށް ވިދާޅުވީ ޕީއެންސީ އަކީ އެއްވެސް ވަރަކަށް ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމަކަށް އެއްވެސް އަހައްމިޔަތު ކަމެއް ނުދެއްވާ، އަދި އެކަން ކަމަށް ދީލާނުލާނެ ބައެއް ކަން މިހާރު ސާފުވަމުން އަންނަ ކަމަށެވެ.

މީކައިލް އިތުރަށް ވިދާޅުވީ އެޗްޑީސީގެ މި ގޯތީގެ ބިޔަބޮޑު ވައްކަމަކީ މި ސަރުކާރުގެ އެންމެ މަތިން ފެށިގެން ތިރިއަށް ބައިވެގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި މިއީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ވަރަށް ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ.

އެޗްޑީސީމީކާއީލް ނަސީމް ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު