Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024 | ހޮނިހިރު 10:53

އޭގެ ތެރޭގައި ޑޮލަރުގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އެޅުމާއި، ބޮއްސުންލާފައިވާ ޞިއްޙީ ނިޒާމު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ރެޔާއި ދުވާލު ގޮންދާ ހިލެންދެން މަސައްކަތް ކުރުމާއި، އަދި ކޮރަޕްޝަނުގެ ހާތްޔަކަށް ވެފައިވާ އާސަންދައިގެ ނިޒާމު މުޅިން ދޮވެ ސާފު ކުރުން ހިމެނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ނޮވެމްބަރު 2024 | ހޮނިހިރު 10:53
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ލިޔެފައި ހުންނާތީ ފެނެ އެވެ. އެހެން ރައީސުންނަށް ކުރައްވަން ނުކުރެނުނު ކަންކަން، އަދުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކުރައްވާ ވާހަކަ އެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކާއި، ސަރުކާރު ޕާޓީ އަށް ނިސްބަތްވާ މެމްބަރުން އަދި ސަރުކާރަށް ތާއީދު ކުރާ އެކްޓިވިސްޓުން ވެސް އެ ވާހަކަ ލިޔެފައި ހުންނާތީ ފެނެ އެވެ.

ނުވިތާކަށް އަދުގެ ރައީސް ޑޮކްޓަރު މުޢިއްޒު ވެސް ވަނީ އެ ބީދައިން ވާހަކަ ދައްކަވައިފަ އެވެ. އޭގެ ބައެއް ކަންކަމަށް ބަލާލުން މުހިންމު ކަމަށް ދެކެމެވެ. އޭގެ ތެރޭގައި ޑޮލަރުގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އެޅުމާއި، ބޮއްސުންލާފައިވާ ޞިއްޙީ ނިޒާމު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ރެޔާއި ދުވާލު ގޮންދާ ހިލެންދެން މަސައްކަތް ކުރުމާއި، އަދި ކޮރަޕްޝަނުގެ ހާތްޔަކަށް ވެފައިވާ އާސަންދައިގެ ނިޒާމު މުޅިން ދޮވެ ސާފު ކުރުން ހިމެނެ އެވެ. ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އާސަންދައިގެ ނިޒާމު އޮތީ ވަރަށް ބޮޑަށް "ބްލީޑު" ވެފަ އެވެ. އެ ޙާލަތުގައި ނިޒާމު އޮތްއިރު، ރައީސް މުޢިއްޒު ކުރައްވަނީ އެ ނިޒާމުގައި ބޭސް މަލަމާއި، ބެންޑޭޖާއި އަދި ރަތް ބޭސް ޖެހުމުގެ މަސައްކަތް ކަމަށް އެ ބޭފުޅުންގެ ވާހަކަ އިން ދޭހަވަ އެވެ.

ރަނގަޅެވެ. ބޮއްސުންލާފައިވާ ކަންކަން ސަރުކާރުން ހަމަ މަގަށް އަޅުވަންވީ އެވެ. އެއީ ކުރަން ވެސް ޖެހިފައިވާ ކަމެކެވެ. ހެޔޮ އަގުގައި ބޭސް ގަންނަން ލިބުމާއި، އެންމެ ޙައްޤު މީހާ އަށް އާސަންދަ ދިނުމާއި، އާސަންދައިގެ ނިވަލުގައި ތިބެ މީހުން މުއްސަނދިވާ ނަމަ، އެކަމުގައި ވެސް ސަރުކާރުން "އޮބި" އަޅަންވީ އެވެ. ޑޮލަރުގެ މައްސަލައިގެ ތާށިކަން ބޮޑުވެ، ޑޮލަރުގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާއިރު، އެކަމަށް ވެސް ޙައްލު ގެންނަން ސަރުކާރުން "ފޫގަޅާލަން"ވީ އެވެ.

އެކަމަކު، މިވާހަކަތާ އެކު އާންމު ރައްޔިތުންގެ ޝުއޫރު ހުރި ގޮތް ވެސް ބަލާލުމަކީ މުހިންމު ކަމެއްކަމަށް ޤަބޫލު ކުރަމެވެ. ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކާއި، ސަރުކާރު ޕާޓީގެ މެމްބަރުންގެ އެ ވާހަކަތާކާ އެކު އާންމު ރައްޔިތުން ބަންޑުންކޮށްލީ އެހެން ޝުއޫރެކެވެ. ފަހަރުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެ ވާހަކަތައް ބަލައި ގަންނަން އުނދަގޫ ވެދާނެ އެވެ. އެހެން ނަމަވެސް، އެ ވެރިންނަށް މުސާރަ ލިބެނީ އެ ނިކަމެތި ރައްޔިތު މީހާ ދައްކާ ޓެކްސް ފައިސާ އިން ކަމެއް އެވެރިންގެ ހަނދާނުގައި ނެތީ ކަމަށް ވެދާނެ އެވެ. އެހެން ވެއްޖެ ނަމަ، އެއީ އެވެރިންގެ "ނުކުޅެދުންތެރި" ކަމެވެ.

އާންމު ނިކަމެތި ނުވަތަ އުމުރުން ދުވަސްވީ ދައްތަ އާއި ބޭބެމެން ބުނެ އުޅެ އެވެ. މީގެ ކުރިން ހަކުރު ބައްޔަށް ބޭނުންވާ ބޭސް ރާއްޖެ އިން ފަސޭހަ ކަމާ އެކު ލިބެން ހުރެ އެވެ. ފުރަ މާލެ އިން ލިބެން ހުންނައިރު، ކުދި އާބާދީ އާއި ބޮޑެތި އާބާދީތަކުގައި ހުންނަ ބޭސް ފިހާރަތަކުން ބެސް އެ ބޭސް ފަސޭހަ އިން ލިބެން ހުރެ އެވެ. އެހެން ނަމަވެސް، އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން މީގެން ރަށަކުން ހަކުރު ބޭސް ނުލިބޭތާ، މާލެ އިން ވެސް ލިބެން ނެތީ އެވެ. އެންމެ ފަހުން 80 އަހަރުން މަތިވެފައިވާ ބޭބެ ނުވަތަ ދައްތަގެ އުމުރުގައި ފުރަތަމަ ފަހަރަށް ރާއްޖެ އިން ބޭރުން ހަކުރު ބަލީގެ ބޭސް ގަންނަން ޖެހިއްޖެ އެވެ.

މީގެ ކުރިން އާސަންދައިގެ ދަށުން ލިބެން ހުންނަ ތައިރޮޑުގެ ބޭހާއި، ދެން ވެސް ނުރައްކާތެރި ބަލިތަކުގެ ބޭސް ފަސޭހަ އިން ލިބެ އެވެ. ބޭސް ސިޓީ އާއެކު އެ ބޭސްތައް ލިބެނީ، އާސަންދައިގެ ދަށުންނެވެ. އަތުން ލޯ ލާރިއެއް ވެސް ދައްކަން ނުޖެހި އެ ބޭސް ހޯދައިގެން ބޭނުން ކުރި މީހުން މި ފަސްގަނޑު މަތީގައި މަދެއް ނުވާނެ އެވެ. އެހެން ނަމަވެސް، އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، އެކަހަލަ ބޭސް ޚާއްސަކޮށް ތައިރޮޑު ބަލީގެ ބޭސް އާސަންދައިން ލިބުން ހުއްޓިއްޖެ އެވެ. މިހާރު ޖެހެނީ އެ ބޭސް ގަންނަ ފަހަރަކު ބޭހުގެ ފުރިހަމަ އަގު ދައްކާފައި ނުވަތަ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު އަގެއް ދައްކާފައި ގަންނާށެވެ.

ދެން އޮތީ މިފަހުން އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކަ އެވެ. އެންމެ ބޮޑު މައްސަލަ ކަމަށް ސަރުކާރުން ދައްކަމުން އަންނަ މައްސަލަ އެވެ. ޑޮލަރުގެ މައްސަލަ އެވެ. މިކަމުގައި ވެސް ކަންތައް ވެެގެން ދިޔަ ގޮތް، ހޭބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް އިނގޭނެ އެވެ. ޑޮލަރުގެ މައްސަލައިގައި މިފަހުން ސަރުކާރުން ގެނައި ބަދަލާ އެކު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ބޭފުޅުން އަދި ވަކިސް ޚާއްސަކޮށް ރާއްޖެ އަށް ފަތުރުވެރިކަން ތައާރަފު ކުރުމުގައި އިސް ދައުރު އަދާކުރެއްވި ބޭފުޅުން ކަންބޮޑުވުން ފާޅު ކުރުމުން، ކަރުން ނާރު ހިލުވާލާފައި ރައީސް އެ ބޭފުޅުންނަށް "ބަވާލީ" އެވެ. ވިދާޅުވީ ޑޮލަރުގެ މައްސަލަ ޙައްލު ކުރައްވާނެ ކަމަށާއި، ޤަވާއިދު ބަދަލެއް ނުކުރާނެ ކަމަށެވެ. އެއީ ވެސް އެހެން ރައީސުންނަށް އަތްލާން ނުކެރިފައި އޮތް ކަމެއް ކަމަށް ދެއްކެވީ އެވެ. އެކަމުގައި ރައީސް މުޢިއްޒު އަތްލެއްވުމުން، ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 19 ރުފިޔާ އިން މައްޗަށް ގޮސް، 20 ރުފިޔާއާ ގާތް ކުރާ އަދަދަކަށް ޖެހިލި އެވެ.

މިއީ ބައެއް ކަންކަމެވެ. މިއީ އާންމުންގެ ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަންކަމުގެ ތެރެއިން އަޅުގަނޑުގެ ދެ އަތުން މިވަގުތަށް ލިޔެލެވުނު މަދު ކަންކަމެވެ. މި ލިސްޓު ލިޔަން ވެއްޖެ ނަމަ، އަޅުގަނޑުގެ އެއް ދުވަހުގެ މަސައްކަތް ހުސްވާނީ އެކަމަށެވެ. އެހެން ރައީސުންނަށް އަތްލާން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލުމުން، އެކަމުގެ ހުރިހާ ތަކުލީފަކާއި، ދުއްތުރާލެއް ޖެހެނީ އާންމު ރައްޔިތު މީހާ އަށް ކަމަށް އެ ރައްޔިތުން ބުނެ އެވެ. އޭގެ ތެރޭގައި ސަރުކާރާ އިދިކޮޅު މީހުން އަދި ނުވިތާކަށް ރައީސް މުޢިއްޒު ވެރިކަމަށް ގެންނަން "ފޫގަޅާލައިގެން" މަސައްކަތް ކުރި މީހުން ވެސް ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންމަގޭ ރިޕޯޓް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް