Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!

ސަރުކާރާއި މަޖިލިސް އޮވެމެ ވެސް، ރައްޔިތުންނަށް ފައިދާވާނެ ކަމެއް ނުކޮށް ތިބެގެން، އަނެއްކާ ވެސް ރައްޔިތުންގެ ގާތަށް ޕާޓީ ބޮޑު ކުރަން ދިޔުމަކީ ލަދުވެތި ކަމެއް ނޫން ހެއްޔެވެ؟

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އޮކްޓޯބަރު 2024 | ހޯމަ 13:52
ޕީއެންސީގެ މެމްބަރުން

ޕީއެންސީގެ މެމްބަރުން

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ވެރިކަން ހަވާލުކުރީ ނުހަނު ފޮނި އުންމީދާ އެކު އެވެ. އެތައް ފޮނި ހުވަފެންތަކެއް ރައްޔިތުން ދެކެމުން އައިއިރު، އެކަންކަން ހަޤީގަތަކަށް ހެދުމުގެ ބޭނުމުގަ އެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވޯޓު ދީގެން މިހާރުގެ ރައީސް ޑޮކްޓަރު މުޢިއްޒު ވެރިކަމަށް އިންތިޚާބު ކުރީ އެމަނިކުފާނު އެތައް ގިނަ ވައުދުތަކެއް ވެވަޑައިގެންފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުވާ ކުރެއްވި ރައީސް މުޢިއްޒުގެ މި ސަރުކާރަށް އެއް އަހަރުވާން ކައިރިވެފައިވާއިރު، ސަރުކާރަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. މި ދެންނެވީ ރައްޔިތުންގެ ލާބަ އާއި މަންފާ އަދި ކުރިއެރުމަށް ކުރެވުނު އެއްވެސް ކަމެއް ނެތް ވާހަކަ އެވެ. ކުރެވުނުހާ ވެސް ކަމަކީ، މާލޭ ރަސްމީ ފާލަން ރޫޅާލުމަށްފަހު އެތަން ހުރި ގޮތަށް ދޫކޮށްލުމާއި، ރަސްމާލެ ނަމުގައި ފެށި މަޝްރޫޢު އަށް މަޑު ޖެހުން ކަހަލަ ދެ ތިން ކަންތައްތަކެވެ. ރަށް ރަށުގައި މި ސަރުކާރުގެ އެއްވެސް މަޝްރޫއެއް ނުހިނގާތާ، ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވެސް ހުރީ މަޑު ޖެހިފަ އެވެ.

މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ނުފުދިގެން، އަހަރުގެ ބާކީ އޮތް ތަނަށް ސަޕްލަމެންޓްރީ ބަޖެޓެއް ފާސް ކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާއިރު، ރައްޔިތުންގެ އެންމެ ބޮޑު ސުވާލަކީ، ބަޖެޓު ނުފުދިގެން ސަރުކާރުން ސަޕްލިމެޓްރީ ބަޖެޓެއް ހުށަހަޅާފައިވާއިރު، ފާސްކޮށްފައި އޮތް ބަޖެޓުން ކުރީ ކޮން ކަމެއް ހެއްޔެވެ؟ ގައިމު ރާއްޖޭގެ ރަށެއްގައި ތަރައްޤީގެ މަޝްރޫއެއް ކުރިއަކަށް ނުދެ އެވެ. މަސައްކަތް ކުރާ ކުންފުނިތަކަށް ފައިސާ ނުދޭތާ ތިން ހަތަރު މަސް ވެގެން އެ ފަރާތްތަކުން ވެސް ޝަކުވާ ކުރަނީ އެވެ. ދެން އެއް އަހަރުވާން ކައިރިވެފައިވާއިރު، ސަރުކާރަށް މި އުޅެނީ ކޮން ކަމެއް ކުރެވިގެން ހެއްޔެވެ؟

ސަރުކާރަށް އެއް އަހަރުވާން މަސް ދުވަހަށްވުރެ ކުޑަވެފައިވާއިރު، ރައްޔިތުން މާޔޫސްވެއްޖެ އެވެ. ސަރުކާރާ މެދު ވަރަށް ބޮޑަށް ރައްޔިތުން މާޔޫސްވެއްޖެ އެވެ. ސަރުކާރު ގެންނަން ވޯޓު ދިން ރައްޔިތުންގެ މޫނު މަތިން ވެސް ފެންނަނީ މާޔޫސްކަމެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ފޮނި އުންމީދުތަކާއި، އެތައް ހުވަފެންތަކާއެކު ގެނައި މި ސަރުކާރުން މިހާތަނަށް ރައްޔިތަކަށް ލާބަ އެދިގެން ކޮންދިން ކަމެއް ނެތީމަ އެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ، ރައްޔިތުންނަށްޓަކައި ކުރިން ވެސް ފަށާފައިވާ މަޝްރޫއުތައް ހުއްޓިފައިވާ މަންޒަރެވެ. ކޮންމެ ދިމާލަކުން މީހަކާ ދިމާވި ނަމަވެސް ދައްކަނީ ސަރުކާރުގެ ދުވެލި މަޑު އަދި މަތިބަރު ވާހަކަ އެވެ.

އެކަމަކު، އެކަން މިހެން އޮއްވައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން އެ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ މަޝްރޫއެއް ފަށައިގެން އެބަ ކުރިއަށް ގެންދެ އެވެ. ކޮންމެ ހަފުތާ ބަންދަކު މި މަޝްރޫއު ކުރިއަށް ގެންދަނީ ވަޒީރުންނާއި، ނައިބު ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި، ދެން ވެސް ތިބި ސިޔާސީ ވެރިން ބައިވެރިވެގެންނެވެ. އެއީ ސަރުކާރަށް އެއް އަހަރުވާއިރު ޕީއެންސީގައި 75،000 މެމްބަރުން ތިބެން ރައީސް މުޢިއްޒު ބޭނުންފުޅުވާތީ އެވެ. އެމަނިކުފާނުގެ އެ އުންމީދު ޙާސިލު ކޮށްދިނުމަށް މުޅި ޕީއެންސީ އޮތީ ފޫގަޅާލައިގެންނެވެ.

ރައްޔިތުން ހޮވި ސަރުކާރުން، ރައްޔިތުން ހޮވި މެމްބަރުން އަދި ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ނަންގަވާ ސިޔާސީ ވެރިން، ރައްޔިތުން މާޔޫސްކޮށްލުމަށްފަހު އަނެއްކާ ވެސް ރައްޔިތުން ގާތަށް މި ދަނީ އެވެރިންގެ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށެވެ. އެވެރިންގެ ދަޅައިގަ ޖެހިގެން ރައްޔިތުން ވެރިކަން ޕީއެންސީއާ ހަވާލުކޮށްފި އެވެ. އޭގެ މަސް ތަކެއް ފަހުން އޮތް މަޖިލިސް އިންތިޚާބުގައި ޕީއެންސީ އަށް ބޮޑު މެޖޯރިޓީއެއް ދިނީ ވެސް އެވެރިންގެ ދެއްކި ވާހަކަ ރައްޔިތުން ޤަބޫލުކޮށްގެންނެވެ. ސަރުކާރާއި މަޖިލިސް އޮވެމެ، ރައްޔިތުންނަށް ފައިދާވާނެ ކަމެއް ނުކޮށް ތިބެގެން، އަނެއްކާ ވެސް ރައްޔިތުންގެ ގާތަށް ޕާޓީ ބޮޑު ކުރަން ދިޔުމަކީ ލަދުވެތި ކަމެއް ނޫން ހެއްޔެވެ؟

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމަގޭ ރިޕޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު