Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބު

މަކަރާއި ހީލަތް ހެދުމުގެ ކުށުގައި ޕީޕީއެމްގެ ކެނޑިޑޭޓަކަށް ޖަލު ހުކުމެއް، ކެނޑިޑެސީ ބާތިލް ކުރަން ހުށަނާޅާ!

އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 3 މެއި 2017 | ބުދަ 12:09
ގުޅީ ކައުންސިލަށް ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓުންގެ ޕޯސްޓަރެއް، ޝަބީންގެ ފޮޓޯ ހިމަނާފައެއް ނުވޭ

ގުޅީ ކައުންސިލަށް ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓުންގެ ޕޯސްޓަރެއް، ޝަބީންގެ ފޮޓޯ ހިމަނާފައެއް ނުވޭ

ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ކ. ގުޅީ ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓެއްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާއިރު ވެސް، ކެނޑިޑެސީ ބާތިލް ނުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގުޅީ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ އަހުމަދު ޝަބީންގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ، އޭނާ އެއްއަހަރާއި ހަތް މަސް ދުވަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މާޗް މަހުގެ 8 ވަނަ ދުވަހު އެވެ.

މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ އެކައުންޓުގައި ފައިސާ ނެތީސް، ޖުމްލަ 4000 ޑޮލަރުގެ ޑޭޓެޑް ޗެކްތަކެއް އޭނާ ސޮއިކޮށް މީހަކަށް ދިން މައްސަލައިގަ އެވެ. އެ ޗެކްތަކަށް ފައިސާ ނަގަން ދިއުމުން އެކައުންޓުގައި ފައިސާ ނެތްކަން އެނގުމާއެކު ޗެކްތަކުގައިވާ ފައިސާ ދެއްކުމަށް ހަތް ދުވަހުގެ ފުރުސަތެއް އޭނާއަށް ދިނެވެ. ނަމަވެސް އެ ފުރުސަތުގައި ވެސް ފައިސާ ދައްކާފައިނުވާތީ ދައުވާކޮށް މައްސަލައިގެ ޝަރީއަތް ހިންގަން ފެށުނެވެ. މައްސަލައިގެ ޝަރީއަތުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް(އެމްސީއެސް) އިން ވަނީ އެ ހުކުމާ އެއްގޮތަށް ޝަބީންގެ ޖަލު ހުކުމް ތަންފީޒްކުރަމުންދާކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގެ ދެ ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތުގައި ޖިނާއީ ކުށެއްގެ އަދަބު ތަންފީޒް ކުރަމުންދާ މީހަކަށް ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ. ހަމަ އެ މާއްދާގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތުގައި ޚިޔާނާތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެސް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އެފަދަ ކުށެއް ސާބިތުވެފައިވާ ނަމަ ގާނޫނުގައި ބުނާ ޝަރުތުތައް އެމީހެއްގެ ފުރިހަމައެއް ނުވެ އެވެ.

ޝަބީންގެ ކެނޑިޑެސީ ބާތިލްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިނުވާއިރު، އިދިކޮޅު ޕާޓީތަކުގެ ބައެއް ކެނޑިޑޭޓުންގެ އެފަދަ މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅަައިގެން ކެނޑިޑެސީ ވަނީ ބާތިލް ކޮށްފަ އެވެ. އެގޮތުން ވިލުފުށީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ހުސެއިން ޖަބީންގެ ކެނޑިޑެސީ ވަނީ ބާތިލް ކޮށްފަ އެވެ.

ޝަބީންގެ ކެނޑިޑެސީ ބާތިލްކުރަން ހުށަހަޅާފައިނުވަނީ ކީއްވެތޯ ރާއްޖެއެމްވީ އިން ސުވާލުކުރުމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ޝަބީން ހުށަހެޅި އެޕްލިކޭޝަން ފޯމްގައި ހުރިހާ މަރުހަލާއަކުން ވެސް ކުށުގެ ރެކޯޑް ސާފުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެފަދަ ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާކަމެއް އެއްވެސް މުއައްސަސާއަކުން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިނުވާ ކަމަށާއި އެއްވެސް ފަރާތަކުން އެކަމާ ގުުޅިގެން ޝަކުވާއެއް ވެސް ކޮށްފައިނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

މިހާރު އޮތް ގޮތުން ނަމަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ ވޯޓް ކަރުދާސްކޮޅުގައި، ޖަލު ހުކުމެއް ތަންފީޒް ކުރަމުންދާ ޝަބީންގެ ނަން އޮންނާނެ އެވެ. ގުޅީ ކައުންސިލަށް ޕީޕީއެމް އިން ވާދަކުރާ ކެނޑިޑޭޓުންގެ ޕޯސްޓަރުތަކުގައި ޝަބީންގެ ފޮޓޯ ހިމަނާފައެއް ނުވެ އެވެ. އެހެން ކެނޑިޑޭޓުންގެ ނަމާއި ފޮޓޯ ޖަހާފައިވާއިރު، ޕޯސްޓަރުގައި ވަނީ ހަމައެކަނި ޝަބީންގެ ނަމެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު