Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާއަށް ގޯލްކީޕަރެއް ގެނައުން

ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަނބުރާ މާޒިޔާއަށް

10 މާރިޗު 2021 | ބުދަ 12:54

ރާއްޖޭގެ ޔޫވީ އާއި ވިކްޓަރީއަށްވެސް މަހުމޫދު ކުޅެފައިވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 މާރިޗު 2021 | ބުދަ 12:54
މާޒިޔާއާ ގުޅުނު ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް-ޔޫސުފް

މާޒިޔާއާ ގުޅުނު ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް-ޔޫސުފް

ސާބިއާގެ ގޯލްކީޕަރު ނިކޮލާ ވުޔަނަޗް ދޫކޮށްލުމަށްފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް-ޔޫސުފް އަލުން އަނބުރާ ގެނެސްފިއެވެ.

މާޒިޔާއިން އައު ގޯލްކީޕަރެއް ގެނައީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުންނެވެ. އެގޮތުން މި ފަހަރު އެ ޓީމަށް ގެނައި މަހުމޫދު މީގެ ކުރިން ވަނީ 2017 ވަނަ އަހަރުވެސް މާޒިޔާއަށް ކުޅެފައެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ރާއްޖޭގެ ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ.

މިހާރު އުމުރުން 33 އަހަރުގެ މަހުމޫދު މާޒިޔާއާ ގުޅުނުއިރު، އޭނާ އެންމެ ފަހުން ކުޅެފައިވަނީ ސައުދީގެ ފުރަތަމަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ އަލް-މުޖައްޒަލް ފުޓްބޯޅަ ކުލަބަށެވެ. އަދި އޭގެ ކުރިން ސައުދީގެ އަލް-ހަބަލައިން އާއި ސީރިއާގެ އަލް-ޖައިޝަށްވެސް އޭނާ ވަނީ ކުޅެފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން މާޒިޔާގެ ބޯޑު މެންބަރު އަދި މީޑިއާ އޮފިޝަލް ހަސަން ޝިފާން ވިދާޅުވީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ސާބިއާގެ ގޯލްކީޕަރު ނިކޮލާ ވުޔަނަޗުގެ އިތުރުން އެ ގައުމުގެ ޑިފެންޑަރު ޕީޓަ ޕްލަނިޗުވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ ދެ ކުޅުންތެރިން މާޒިޔާއިން ދޫކޮށްލާފައިވާއިރު، ދާދި ފަހުން އެ ޓީމުން ވަނީ ފިލިޕީންސް ލީގުގައި ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރެއް ކަމަށްވާ ޓަކާޝީ އޮޑަވާރާގެ ސޮއިހޯދާފައެވެ. ދެން އެ ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިއަކީ ސެއިންޓް ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓެވެ.

މާޒިޔާއިން ކުރިއަށް އޮތް އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މާޒިޔާއަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

މި އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށްގެން ރާއްޖޭގައި ބާއްވާއިރު، ޕްރިލިމިނަރީ ބުރާއި ޕްލޭ-އޮފް ބުރަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަހުމޫދު އަލް-ޔޫސުފްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
01 މާރިޗު 2025

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

01 މާރިޗު 2025
މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް