Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު ޔޫތު ޗެމްޕިއަންޝިޕް

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

މިއީ މާޒިޔާ އިން 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މިއަހަރުގެ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މާޒިޔާ އިން ކާމިޔާބު ކުރީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މާރިޗު 2025 | ހޮނިހިރު 06:01
މެޗުގައި ލަނޑު ޖެހުމަށްފަހު މާޒިޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު މާޒިޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ، 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗު މާޒިޔާ އިން ކާމިޔާބު ކުރީ ކުލަބު އީގަލްސްއާ ވާދަކޮށެވެ. އެ މެޗުގައި އީގަލްސް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ހަ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އީގަލްސް އިން ވަނީ މާޒިޔާ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަޝްހަމް އިބްރާހީމް މުޙައްމަދު އެވެ. އެ ލަނޑާ އެކު މެޗުގެ ފުރަތަމަ ހާފު އީގަލްސް އިން ނިންމާލީ ވެސް ލީޑުގައި އޮވެގެންނެވެ.

ނަމަވެސް މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އައިދާން އަޙުމަދު މޫސާ ވަނީ ލަނޑު ޖަހައި މާޒިޔާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަނަރަ މިނެޓު ފަހުން އަނޫފް ޢަބްދުﷲ ޖެހި ލަނޑުން މާޒިޔާ ލީޑު ނެގި އެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި އަނޫފް ވަނީ މާޒިޔާގެ ތިން ވަނަ ލަނޑު ވެސް ޖަހައިފަ އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ނަސާޙް އިބްރާހީމް ނާޞިރު ވަނީ މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މާޒިޔާގެ ފަސް ވަނަ ލަނޑު މުޙައްމަދު އިލާން އިމްރާން ޖެހިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އިލާން ވަނީ މާޒިޔާގެ ހަ ވަނަ ލަނޑު ވެސް ޖަހައިފަ އެވެ.

މިއީ މާޒިޔާ އިން 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މިއަހަރުގެ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މާޒިޔާ އިން ކާމިޔާބު ކުރީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.

19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު