Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެރިޓީ ޝީލްޑް

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

މިއީ މާޒިޔާ އިން ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރި ހަ ވަނަ ފަހަރެވެ. މީގެ ކުރިން އެންމެ ފަހުން ޗެރިޓީ ޝީލްޑް މެޗު ކުޅުނީ 2023 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށެވެ. އެ ފަހަރުގެ ޗެރިޓީ ޝީލްޑް ވެސް ކާމިޔާބު ކޮށްފައި ވަނީ މާޒިޔާ އިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2025 | އަންގާރަ 04:20
މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމަށް ފަހު ޓްރޮފީ އުފުލާލަނީ

މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމަށް ފަހު ޓްރޮފީ އުފުލާލަނީ

ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ކުލަބު އީގަލްސްގެ މައްޗަށް ކުރި ހޯދައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސް ކުރަން މަސައްކަތް ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މާޒިޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު މާޒިޔާ އަށް ޖަހައިދިނީ އަޙުމަދު އައިހަމް އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އީގަލްސް އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން އީގަލްސް އިން ލަނޑު ޖަހަން ފުރުސަތު ތަކެއް ތަނަވަސް ކުރި ނަމަވެސް، އެކަން ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ދެ ވަނަ ހާފުގައި މާޒިޔާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި މާޒިޔާ އަށް އެ ލަނޑު ޖަހައިދިނީ ނާއިޒް ޙަސަން (ދާދު) އެވެ. އެއީ އައިހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިބުނު ބޯޅަ އަކުން ދާދު ޖެހި ލަނޑެކެވެ.

މިއީ މާޒިޔާ އިން ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރި ހަ ވަނަ ފަހަރެވެ. މީގެ ކުރިން އެންމެ ފަހުން ޗެރިޓީ ޝީލްޑް މެޗު ކުޅުނީ 2023 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށެވެ. އެ ފަހަރުގެ ޗެރިޓީ ޝީލްޑް ވެސް ކާމިޔާބު ކޮށްފައި ވަނީ މާޒިޔާ އިންނެވެ. އޭގެ އިތުރުން 2015، 2016، 2017 އަދި 2021 ވަނަ އަހަރު ވެސް މާޒިޔާ އިން ވަނީ ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ.

ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމުން މާޒިޔާ އަށް އިނާމު ފައިސާގެ ގޮތުގައި 100،000 (އެއް ލައްކަ) ރުފިޔާ ލިބޭނެ އެވެ. އެ ފައިސާގެ ތެރެއިން ވަކި އިންސައްތައެއް މާޒިޔާ އިން ހަދިޔާ ކުރަނީ ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.

މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފައިވާއިރު، އެންމެ ފަހުން އޮތް ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރީ ވެސް ކުލަބުންނެވެ. އޭގެ ފަހުން ރާއްޖޭގެ ފުޓުބޯޅަ ސީޒަން ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، ބުރާސްފަތި ދުވަހުގެ ރޭ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނެ އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންޗެރިޓީ ޝީލްޑްކުލަބު އީގަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު