Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއެންޔޫއެސްޔޫ

ގަނާއެއް ނުކުރޭ، ހަގީގަތް އޮޅޭނެހެން ދޮގު ހަބަރު ފަތުރާތީ އެކަމާ ހިތާމަ ކުރަން – އެމްއެންޔޫއެސްޔޫ

ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއަކީ 2019 ވަނަ އަހަރު ދަރިވަރެއްގެ އުފަން ދުވަސް ފާހަގަކުރުމުގެ ތެރޭގައި ދަރިވަރުންތަކެއްގެ މެދުގައި މަޖާ ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 9 މާރިޗު 2021 | އަންގާރަ 18:31
އެމްއެންޔޫއިން އިންޓަރ ކޮލެޖް/ ޔުނިވަރސިޓީ ވޮލީ މުބާރާތް މިލްކު ކުރުމަށްފަހު އެކަމުގެ އުފާ ފާޅުކުރަނީ

އެމްއެންޔޫއިން އިންޓަރ ކޮލެޖް/ ޔުނިވަރސިޓީ ވޮލީ މުބާރާތް މިލްކު ކުރުމަށްފަހު އެކަމުގެ އުފާ ފާޅުކުރަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) ގެ އޮފީހުގައި ގަނާ ކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމު ކުރި ފޮޓޯއަކީ ދަރިވަރުންތަކެއްގެ މެދުގައި މަޖާކުރުމުން ގޮސް ކޮށްފައިވާ ކަމެއް ކަމަށާއި، އެކަމާއި ގުޅިގެން ފިޔަވަޅު އަޅާފައިވާނެ ކަމަށް އެމްއެންޔޫއެސްޔޫއިން ބުނެފިއެވެ.

އެމްއެންޔޫއެސްޔޫއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއަކީ 2019 ވަނަ އަހަރު ދަރިވަރުންތަކެއްގެ މެދުގައި މަޖާ ކުރުމުން ގޮސް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ފާހަގަ ކުރެވުމާއިއެކު ޔޫނިއަނުން ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާފައި ކަމަށާއި، އެކަމުގައި ހަނގާ ކުރުމުގެ އެއްވެސް އަމަލެއް ހިނގާފައިނުވާ ކަމަށެވެ. އަދި ދަރިވަރުން ބޭނުން ކުރަމުން އައި ނުރަސްމީ ވައިބަރ ގްރޫޕަކަށް އެ ފޮޓޯލުމާއިއެކު އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރި ވެފައިވާ ކަމަށް އެމްއެންޔޫއެސްޔޫއިން ބުނެއެވެ.

Advertisement - newsAdvertisement

އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަން އަކީ ހަނގާކުރުމާއި އަދި އިޖްތިމާޢީ ގޮތުން ދަށުދަރަޖައިގެ ޢަމަލުތައް ހިންގުމަށް ހިތްވަރުދޭނެ ޔޫނިއަން އެއް ނޫން ކަމަށް އެމްއެންޔޫއެސްޔޫއިން ބުނެއެވެ. އަދި މިފަދަ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި، ޔޫނިއަންއަކީ ރިވެތި އަޚްލާޤުގެ ސިފަތަކުން ޒީނަތްތެރިވެފައިވާ ޒިންމާދާރު، ހަރުދަނާ ޒުވާނުން އުފެއްދުމަށް އަބަދުވެސް ގަދައަޅާ މަސައްކަތްކުރާ، އަދި ކުރިއަށް އޮތްތަނުގައިވެސް ހަމަ މިއުސޫލުން މަސައްކަތް ކުރުމުގައި ދެމިތިބޭނެ ޔޫނިއަންއެއްކަމުގެ ޔަޤީންކަން ދިވެހި ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށް އެމްއެންޔޫއެސްޔޫއިން ބުނެއެވެ.

މީގެ އިތުރުން މަޢުލޫމާތު ޢާންމުކުރުމުގައި ކަން ހިނގާފައިވާ ގޮތުގެ މަޢުލޫމާތު ސާފުކޮށް، ކަމުގެ ހަޤީގަތް ޢާންމު ފަރާތްތަކަށް އޮޅުން ނާރާނެ ގޮތަށް ޢަމަލު ކުރުމަކީ ޔޫނިއަންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ، އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަންގެ އަގު ވަށްޓާލުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރު ފެތުރުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް އެމްއެންޔޫއެސްޔޫއިން ވަނީ ބުނެފައެވެ.

އެމްއެންޔޫއެސްޔޫ އަކީ ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ހަރަކާތްތެރި އަދި އެންމެ މެމްބަރުން ގިނަ މަދަނީ ޖަމިއްޔާއެވެ. އެމްއެންޔޫއެސްޔޫއިން އަންނަނީ ދަރިވަރުން ބާރުވެރި ކުރުމަށާއި، އިސްވާރުން އުފެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި ޔޫނިއަންގެ މަސައްކަތްތަކަށް ޔޫތް މިނިސްޓަރ އަހްމަދު މަޙްލޫފް ވަނީ ތައުރީފް ކުރައްވާފައެވެ.

އެމްއެންޔޫއެސްޔޫމޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު