Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަލީހު އިދިކޮޅު ކެމްޕޭނު ހަރަކާތަކުގައި

މަލީހު ޕީޕީއެމްގެ ކެމްޕޭނަށް ދިއުމަކީ ޖޭޕީން ތާއީދުކުރާ ކަމެއް ނޫން

9 މާރިޗު 2021 | އަންގާރަ 14:03

ޖޭޕީގެ މެމްބަރުން ކުރިމަތިނުލާ ދާއިރާތަކުގައި އިދިކޮޅަށް ކެމްޕޭނު ކޮށްދޭނެ ކަމަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 9 މާރިޗު 2021 | އަންގާރަ 14:03
މިނިސްޓަރ މަލީހު އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވަނީ

މިނިސްޓަރ މަލީހު އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވަނީ

އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަދައްކަން ޖެހޭ ކަމަށް ގަބުލުކުރައްވާތީ ކަމަށާއި، މިވަގުތު އެކި ސަބަބުތަކައްޓަކައި ޖުމްހޫރީ ޕާޓީ "ސައިލެންޓު މޯޑު" ގައި އޮތުމުން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ފުވައްމުލަކު ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މަލީހު ބައިވެރިވެވަޑައިގެންނެވި ފޮޓޯ އެ ކޯލިޝަނުން އާންމުކޮށްފައިވާއިރު އެކަމާ ގުޅިގެން "ރާއްޖެއެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި މަލީހު ވިދާޅުވީ އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވީ ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ކަމަށެވެ. ފުވައްމުލަކުގެ ވަރަށް ގިނަ ޒުވާނުންގެ އެދުމުގެ މަތިން އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަލީހު ވިދާޅުވީ އޭނާ މިހާރު ވެސް ހުންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އަދި އިދިކޮޅު އެއްވެސް ޕާޓީއަކާ ގުޅުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ވިދާޅުވިއެވެ. މަލީހު ވިދާޅުވީ ކޯލިޝަން ވަރުގަދަ ކަމަށް ސަރުކާރުން ބުނި ނަމަވެސް މިހާރު ކޯލިޝަނެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެމްޑީޕީން އަދި ވަކިން ހާއްސަކޮށް ރައީސް ނަޝީދު މަސައްކަތްކުރައްވަނީ ރިޔާސީ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ކަމަށް ވިދާޅުވިއެވެ. އެހެން ޕާޓީތަކުގެ މިނިސްޓަރުން ކެބިނެޓުން ވަކިކުރުމަކީ ވެސް އެކަމަށްޓަކާ ސަރުކާރު ބަލިކަށި ކުރުމުގެ މަގްސަދުގައި ކުރަމުން އަންނަ ކަމެއް ކަމަށާއި، އެއީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫން ކަމަށް ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ޖުމްހޫރީ ޕާޓީ މިހާރު އޮތީ "ސައިލެންޓް މޯޑު" ގައި ކަމަށެވެ. އެހެންވެ ޕާޓީގެ ނަމުުގައި އެމްޑީޕީން އެ ހިންގާ ކަންކަމާ ދެކޮޅަށް މިވަގުތު ނިކުމެވެން ނެތް ކަމަށާއި، އެކަމުގައި އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންނެވީ އެ ސަބަބައްޓަކާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ އެ ބޭނުންވާ ގޮތަށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ވަރަށް ބޮޑު ބާރެއް އެ ޕާޓީއަށް ލިބޭނެ ކަމަށެވެ. އެ ފުރުސަތު ދެވެން ނެތް ކަމަށާއި، ސިޔާސީ މީހެއްގެ ހައިސިއްޔަތުން ހުއްޓިގެން ހުރެވެން ވެސް ނެތް ކަމަށެވެ. އެހެންވެ ޖުމްހޫރީ ޕާޓީގެ މެމްބަރުން ކުރިމަތިލާފައި ނުވާ ހުރިހާ ދާއިރާއަކަށް ވެސް އިދިކޮޅަށް ކެމްޕޭންކޮށްދެއްވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން "ބިރު ދައްކައި ބަޑި ބަހައްޓައިގެން" މަގާމުން ވަކިކުރިޔަސް ބިރު ނުގަންނާނެ ކަމަށާއި، ފަހަތަށް ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ދެވަނަ ފުރުސަތެއް ދެއްވާނެ ކަމަށް ވިދާޅުވެ އެ ޕާޓީގެ ޕީޖީ ލީޑަރު ދެއްކެވި ވާހަކައަކީ ވެސް ކުރެވުނު ކަންކަން ގޯސްކަން އަމިއްލައަށް އެނގި ދެން ދައްކާނެ ވާހަކައެއް ނެތުމުން ދެއްކި ވާހަކައެއް ކަމަށެވެ. އެކަން ދިފާއު ކުރެވޭނެ އެއްވެސް ގޮތެއް އެމްޑީޕީއަށް ނޯންނާނެ ކަމަށާއި، "ރޯޔަލް ފެކްޝަން"ގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަން ޖެހޭނެ ކަމަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ހަރަކާތްތަކާ މަލީހު ގުޅިވަޑައިގެން މައްސަލައިގައި ޖުމްހޫރީ ޕާޓީން "ރާއްޖެ އެމްވީ" އަށް ބުނީ އެކަމަށް އެޕާޓީގެ ތާއީދު ނެތް ކަމަށެވެ. އެ ޕާޓީ އޮތީ ސަރުކާރު ހިންގާ ކޯލިޝަނާއެކު ކަމަށާއި އެއްވެސް ހާލެއްގައި އިދިކޮޅު ކޯލިޝަންއާ ނުގުޅޭނެ ކަމަށާއި، ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ބުންޏެވެ. އެ ޕާޓީން ބުނީ މަލީހު އިދިކޮޅުގެ ކެމްޕޭނުގައި ބައިވެރިވި މައްސަލަ ބަލަމުން އަންނަ ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި މަލީހު މަގާމުން ވަކިކުރިތާ އަދި ވީ އެންމެ ހަފްތާއެކެވެ. އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަލީހު ވަނީ ތަކުރާރުކޮށް މިއީ އަސާސެއް ނެތް ކަމެއްކަމަށް ވިދާޅުވެފައެވެ. މައްސަލާގައި ބުނެފައިވާ ގަވާއިދުތައް ހަދާފައިވާކަމަށް މަލީހު ވިދާޅުވިއެވެ.

މިނިސްޓަރ މަލީހުޕީޕީއެމް-ޕީއެންސީޖުމްހޫރީ ޕާޓީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
23 ނޮވެމްބަރު 2025

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
06 އޮކްޓޯބަރު 2025

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް
16 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި
11 ސެޕްޓެމްބަރު 2025

ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

11 ސެޕްޓެމްބަރު 2025
ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް
01 ސެޕްޓެމްބަރު 2025

ކޮމިޓީ ބައްދަލުވުމަށް ދިޔަ ހުރިހާ މީޑިއާތަކުން ބިލް ބޭރުކުރުމަށް ގޮވާލައިފި

01 ސެޕްޓެމްބަރު 2025
ކޮމިޓީ ބައްދަލުވުމަށް ދިޔަ ހުރިހާ މީޑިއާތަކުން ބިލް ބޭރުކުރުމަށް ގޮވާލައިފި
14 ޖުލައި 2025

ޑޮލަރު ރޭޓް 20ރ. އަށް: މިކަމުގެ ސަބަބުން ވިޔަފާރިތަކާއި އާންމުންނަށް ވެސް މީގެ ދައްޗާއި ތުރާ އެތައް ގޮތަކަށް ކުރިމަތިވާނެ

14 ޖުލައި 2025
ޑޮލަރު ރޭޓް 20ރ. އަށް: މިކަމުގެ ސަބަބުން ވިޔަފާރިތަކާއި އާންމުންނަށް ވެސް މީގެ ދައްޗާއި ތުރާ އެތައް ގޮތަކަށް ކުރިމަތިވާނެ
01 ފެބުރުއަރީ 2025

ހަށިގަނޑުގައި ވިންދު ޖަހާހައި ހިނދަކު، އެމްޑީޕީން ރައްޔިތުންގެ ހައްޤުގައި މި ކުރާ މަސައްކަތް ހުއްޓާނުލާނަން: ވަހީދު

01 ފެބުރުއަރީ 2025
ހަށިގަނޑުގައި ވިންދު ޖަހާހައި ހިނދަކު، އެމްޑީޕީން ރައްޔިތުންގެ ހައްޤުގައި މި ކުރާ މަސައްކަތް ހުއްޓާނުލާނަން: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް