Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮލްޓެސްކޫ ސަސްޕެންޑްކުރަން ނިންމުން

އޮފިޝަލް ސަސްޕެންޑްކުރި ނަމަވެސް، ނަސްލީ ތަފާތުކުރި މައްސަލަ ސާބިތެއް ނުވި

9 މާރިޗު 2021 | އަންގާރަ 06:12

ބަޝަކްޝެހީރުން ބޭނުންވީ ރެފުރީ އުމުރަށް ސަސްޕެންޑްކުރަން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 މާރިޗު 2021 | އަންގާރަ 06:12
ޕީއެސްޖީ އާއި އިސްތަންބޫލް ބަޝަކްޝެހީރް ބައްދަލުކުރި މެޗު ތެރެއިން ސަބެސްޓިއަން ކޮލްޓެސްކޫ

ޕީއެސްޖީ އާއި އިސްތަންބޫލް ބަޝަކްޝެހީރް ބައްދަލުކުރި މެޗު ތެރެއިން ސަބެސްޓިއަން ކޮލްޓެސްކޫ

ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕީއެސްޖީ އާއި އިސްތަންބޫލް ބަޝަކްޝެހީރް ބައްދަލުކުރި މެޗުގެ ހަތަރުވަނަ އޮފިޝަލް ސަބެސްޓިއަން ކޮލްޓެސްކޫ މި ސީޒަނަށް ސަސްޕެންޑްކުރަން ޔުއެފާއިން ނިންމައިފިއެވެ.

ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ޕީއެސްޖީ އާއި އިސްތަންބޫލް ބަޝަކްޝެހީރް ބައްދަލުކުރި މެޗު ހުއްޓާލަން ޖެހުނީ ހަތަރުވަނަ އޮފިޝަލް ކޮލްޓެސްކޫ، ބަޝަކްޝެހީރުގެ އެސިސްޓަންޓް ކޯޗު ޕިއޭރޭ ވެބޯއާ ނަސްލީ ގޮތުން ދިމާކުރިކަމަށް ތުހުމަތުކުރެވުމުންނެވެ. އެގޮތުން ކޮލްޓެސްކޫ ދިން ލަފައަކަށް ބަލައި މެޗުގެ ރެފުރީ ވަނީ ވެބޯއަށް ރަތް ކާޑު ދައްކާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ކޮލްޓެސްކޫ ބަޝަކްޝެހީރުގެ އެސިސްޓަންޓް ކޯޗަށް އިޝާރާތްކޮށް "ކަޅު މީހާ" މި ބަސް ވަނީ ބޭނުންކޮށްފައެވެ. އެއާއެކު ކޮލްޓެސްކޫ ދެއްކި ވާހަކަތައް ބަޝަކްޝެހީރުގެ ބެންޗުގައިއިން ފޯވާޑް ޑެމްބަ ބާ އާއި ޕީއެސްޖީގެ އޮފިޝަލުން ވަނީ ރެފުރީގެ ސަމާލުކަމަށް ގެނެސްފައެވެ.

އަދި ކޮލްޓެސްކޫ ލައިގެން މެޗު ކުރިއަށްގެންދަން ބޭނުންނުވާތީ މެޗުގެ 14 މިނެޓު ކުޅެފައި ވަނިކޮށް، ބަޝަކްޝެހީރުގެ ކުޅުންތެރިން ވަނީ ދަނޑުން ފާބާފައެވެ. އެއާއެކު ޕީއެސްޖީގެ ކުޅުންތެރިންވެސް ވަނީ ދަނޑުން ފާބާފައެވެ. އެހެންކަމުން އެ މެޗު ސަސްޕެންޑްކުރިއިރު، އޭގެ އަނެއް ހަފުތާގައި، 14 ވަނަ މިނެޓުން ފަށައިގެން އެ މެޗު އަލުން ވަނީ ކުޅެފައެވެ.

މި މައްސަލައިގައި ރޮމޭނިއާގެ ކޮލްޓެސްކޫ މުޅި އުމުރަށް ސަސްޕެންޑްކުރަން ބަޝަކްޝެހީރުން އެދުނު ނަމަވެސް، މައްސަލަ ތަޙުޤީޤުކުރުމަށްފަހު ޔުއެފާއިން ނިންމާފައިވަނީ ކޮލްޓެސްކޫ ނަސްލީ ތަފާތުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އަޚުލާޤީ މައްސަލަތަކެއް އޭނާގެ ފަރާތުން ފެނުނު ކަމަށް ނިންމައި، މި ސީޒަނުގެ ނިޔަލަށް ކޮލްޓެސްކޫ ސަސްޕެންޑްކުރަން ޔުއެފާއިން ވަނީ ނިންމާފައެވެ.

ކޮލްޓެސްކޫ ސަސްޕެންޑްކުރަން ނިންމުމުގެ އިތުރުން، ޔުއެފާއިން ވަނީ އެ މެޗުގެ އެސިސްޓަންޓް ރެފުރީ އޮކްޓަވިއަން ސޮވްރޭއަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން މެޗުތައް ކުރިއަށްދާއިރު، ވާހަކަދެއްކުމުގައި އަޚުލާޤީ މިންގަނޑާ އޮފިޝަލުން ޚިލާފުނުވުމަށްވެސް ޔުއެފާއިން ވަނީ އެދިފައެވެ.

ޔުއެފާ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
04 ނޮވެމްބަރު 2023

ފަައިނޭންޝަލް ފެއާ ޕްލޭގެ އުސޫލާ ހިލާފުވި މައްސަލައިގެ އިސްތިއުނާފު ބާސެލޯނާ އަށް ނާކާމިޔާބު ވެއްޖެ

04 ނޮވެމްބަރު 2023
ފަައިނޭންޝަލް ފެއާ ޕްލޭގެ އުސޫލާ ހިލާފުވި މައްސަލައިގެ އިސްތިއުނާފު ބާސެލޯނާ އަށް ނާކާމިޔާބު ވެއްޖެ
10 އޮކްޓޯބަރު 2023

ޔޫއެފާއިން، އިޒްރޭލުގައި ކުޅޭ ހުރިހާ މެޗެއް ފަސްކޮށްފި

10 އޮކްޓޯބަރު 2023
ޔޫއެފާއިން، އިޒްރޭލުގައި ކުޅޭ ހުރިހާ މެޗެއް ފަސްކޮށްފި
01 ސެޕްޓެމްބަރު 2023

ޔުއެފާ އިން ހޮވި މޮޅު ކުޅުންތެރިއާގެ އެވޯޑް ހާލަންޑަށް، އެންމެ މޮޅު ކޯޗަކަށް ގާޑިއޯލާ

01 ސެޕްޓެމްބަރު 2023
ޔުއެފާ އިން ހޮވި މޮޅު ކުޅުންތެރިއާގެ އެވޯޑް ހާލަންޑަށް، އެންމެ މޮޅު ކޯޗަކަށް ގާޑިއޯލާ
25 ޖޫން 2023

ހޯސޭ މޮރީނިއޯ ޔުއެފާގެ ބޯޑުން އިސްތިއުފާ ދީފި

25 ޖޫން 2023
ހޯސޭ މޮރީނިއޯ ޔުއެފާގެ ބޯޑުން އިސްތިއުފާ ދީފި
24 ޖޫން 2023

އިސްތަންބޫލުގެ ފައިނަލް، ސަޕޯޓަރުންނަށް ފުރިހަމައެއްނޫން: ޔުއެފާގެ ރައީސް

24 ޖޫން 2023
އިސްތަންބޫލުގެ ފައިނަލް، ސަޕޯޓަރުންނަށް ފުރިހަމައެއްނޫން: ޔުއެފާގެ ރައީސް
22 މެއި 2023

ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުދާ އަށް!

22 މެއި 2023
ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުދާ އަށް!
06 އެޕްރީލު 2023

ޔޫއޭފާގެ ރައީސް ކަމަށް އަނެއްކާ ވެސް ސެފެރިން

06 އެޕްރީލު 2023
ޔޫއޭފާގެ ރައީސް ކަމަށް އަނެއްކާ ވެސް ސެފެރިން
05 އެޕްރީލު 2023

ޗެފެރިންގެ އިންޒާރު: "ހަނގުރާމަ ހުއްޓާ ނުލަނީސް ރަޝިޔާގެ ސަސްޕެންޝަން އުވައެއް ނުލާނާން!"

05 އެޕްރީލު 2023
ޗެފެރިންގެ އިންޒާރު: "ހަނގުރާމަ ހުއްޓާ ނުލަނީސް ރަޝިޔާގެ ސަސްޕެންޝަން އުވައެއް ނުލާނާން!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް