Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުތެމަ ޖަމިއްޔާގެ މައްސަލައިގައި މާފަށް އެދުން

އުތެމަ ޖަމިއްޔާގެ މައްސަލައިގައި ބްރޯޑްކޮމްގެ އެންގުމަށް ތަބާވެ ރާއްޖެ ޓީވީން މާފަށް އެދިއްޖެ

މި މައްސަލައިގައި 8 މާރޗް 2021ގައި ރާއްޖެ ޓީވީން މާފަށް އެދި ނޫސްބަޔާނެއް ވަނީ ނެރެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 8 މާރިޗު 2021 | ހޯމަ 16:42
ރާއްޖެޓީވީ

ރާއްޖެޓީވީ

އުތެމަ ޖަމިއްޔާގެ މައްސަލައިގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ އެންގުމަށް ތަބާވެ ރާއްޖެ ޓީވީން މާފަށް އެދިއްޖެއެވެ.

ބްރޮޑްކޮމްއިން ވަނީ، މިމައްސަލަ އެ ކޮމިޝަނުން ބެލުމަށްފަހު ރާއްޖެ ޓީވީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާ ޚިލާފްވެފައިވާކަމަށް ކަނޑައަޅާ މާއާފަށް އެދި ބަޔާނެއް ނެރުމަށް އަންގާފައެވެ. އަދި އެއްވެސް ޝަރުތެއްނެތި އެ ބަޔާން ރޭގަނޑު 8:00 އާއި 9:00 ދެމެދު ވަގުތެއްގައި އާންމުކުރުމަށް ވަނީ އަންގާފައެވެ. މި މައްސަލައިގައި 8 މާރޗް 2021ގައި ނެރުނު ނޫސްބަޔާނެއްގައި ރާއްޖެ ޓީވީން ވަނީ ބްރޯޑްކޮމްއިން އަންގާފައިވާތީ މާފަށް އެދި ބަޔާނެއް އާންމުކޮށްފައެވެ. މި ބަޔާނުގައި މިކަން ހިނގާދިޔަގޮތްކަމަށް ސްޓޭޝަންގެ މެނޭޖްމެންޓުން ކަން ހިނގާފައިވާގޮތް ބެލިބެލުމުން ހާމަވިކަންކަމުގެ ތަފްސީލުވެސް ވަނީ ހިއްސާކޮށްފައެވެ.

2020 ސެޕްޓެމްބަރު 02 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ޚަބަރުގެ ތެރެއިން "އުތެމައަކީ އިސްލާމްދީން ޤަބޫލުނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަދައްކާ ޖަމިއްޔާއެއްކަމަށް.." ބުނެ، ގެނެސްދީފައިވާ ޚަބަރަކީ ހަޤީގަތާ ހިލާފް އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާ ހިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ޚަބަރެއްކަމަށް ބުނެ އުތެމަ ޖަމިއްޔާގެ ފަރާތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެކޮމިޝަނުން އެމައްސަލަ ބެލުމަށްފަހު އެކަމާ ގުޅިގެން މާފަށް އެދި ބަޔާނެއް ނެރުމަށް 2021 ފެބްރުއަރީ 25 ވަނަ ދުވަހު އަންގާފައިވާކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ. ރާއްޖެޓީވީން ގެނެސްދިން ޚަބަރުގެ ތެރޭގައި "އުތެމައަކީ އިސްލާމްދީން ޤަބޫލުނުކުރާ ދިވެހިން ދިފާއުކޮށް ވާހަކަދައްކާ ޖަމިއްޔާއެއްކަމަށް.." ބުނެފައިވާތީ އެކަމާ ގުޅިގެން ސްޓޭޝަންގެ މެނޭޖްމެންޓުން ކަން ހިނގާފައިވާގޮތް ބެލިބެލުމުގައި، ޝަކުވާގައި ފާހަގަ ކޮށްފައިވާ ޚަބަރުގެ އިބާރާތް އެގޮތަށް ގެނެވިފައި އެވަނީ އެ ޚަބަރު ލިޔުނު ނޫސްވެރިޔާ ޚަބަރުގެ ބެކްގްރައުންޑް ލިޔެފައިވާ ގޮތުންނާއި، އެދުވަސްވަރު މުޖްތަމައު ތެރޭގައި އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައިވެސް ގިނަ ބަޔަކު އުތެމަ ޖަމިއްޔާއާއި ބެހޭ ގޮތުން އެފަދަ ޝުއޫރުތަކެއް ފާޅުކުރަމުން ދިޔުމާއި ގުޅިގެން އެޚަބަރު ލިޔުނު ނޫސްވެރިޔާއަށްވެސް އެފަދަ ގޮތަކަށް ވިސްނިފައި އޮތުމުން ކަމަށް ފާހަގަކުރެވިފައިވާތީ އެކަމާ ގުޅޭގޮތުން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ވަނީ ބުނެފައެވެ. ފިޔަވަޅު އެޅުމަށްފަހު ރާއްޖެޓީވީން އެކަން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަންގާފައިވާކަމަށް ވަނީ ނޫސްބަޔާނުގައި ބުނެފައެވެ. ނަމަވެސް މިމައްސަލަ ބްރޮޑްކޮމްއިން ބެލުމަށްފަހު ރާއްޖެޓީވީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާ ޚިލާފްވެފައިވާކަމަށް ކަނޑައަޅާ މާއާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއްނެތި އެ ބަޔާން ރޭގަނޑު 8:00 އާއި 9:00 ދެމެދު ވަގުތެއްގައި އާންމުކުރުމަށް އަންގާފައިވާކަމަށް ވަނީ ބުނެފައެވެ.

ރާއްޖެޓީވީ

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
06 ސެޕްޓެމްބަރު 2025

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!
15 މެއި 2025

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ
04 ފެބުރުއަރީ 2025

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
01 ފެބުރުއަރީ 2025

ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

01 ފެބުރުއަރީ 2025
ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް
17 ޑިސެމްބަރު 2024

ރާއްޖެޓީވީ ހުއްޓުނަ ނުދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭ - އަސްލަމް

17 ޑިސެމްބަރު 2024
ރާއްޖެޓީވީ ހުއްޓުނަ ނުދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭ - އަސްލަމް
16 ޑިސެމްބަރު 2024

މަޝްހޫރު ނޫސްވެރިޔާ އަހުމަދު މުހުސިން ރާއްޖެޓީވީގެ ޓީމާ ގުޅިއްޖެ

16 ޑިސެމްބަރު 2024
މަޝްހޫރު ނޫސްވެރިޔާ އަހުމަދު މުހުސިން ރާއްޖެޓީވީގެ ޓީމާ ގުޅިއްޖެ
11 ޑިސެމްބަރު 2024

އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

11 ޑިސެމްބަރު 2024
އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް
11 ޑިސެމްބަރު 2024

ރާއްޖެ ޓީވީ އަށް ވަދެ ހަވަރަށް ދިނުމަށް ގޮވާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

11 ޑިސެމްބަރު 2024
ރާއްޖެ ޓީވީ އަށް ވަދެ ހަވަރަށް ދިނުމަށް ގޮވާލި މައްސަލަ ފުލުހަށް ހުށަހަޅައިފި
12 އޮކްޓޯބަރު 2024

ރާއްޖޭގެ ފުރަތަމަ އޭއައި ނިއުސްކާސްޓަރ ގެ ފެނިލުމަށް ބޮޑު ތަރުހީބެއް

12 އޮކްޓޯބަރު 2024
ރާއްޖޭގެ ފުރަތަމަ އޭއައި ނިއުސްކާސްޓަރ ގެ ފެނިލުމަށް ބޮޑު ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު