Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުންނާ ގުޅުންހުރި ޤާނޫނުތައް

އަންހެނުންނާ ގުޅުންހުރި ގިނަ ޤާނޫނުތަކަކަށް މިއަހަރުތެރޭ އިސްލާހުގެނެވި ޤާނޫނީ އޮނިގަނޑު ހަރުދަނާވާނެ: މިނިސްޓަރ

ބައެއް ޤާނޫނުތަކުން މިނިސްޓްރީއަށް ކުރުމަށް ލާޒިމްކުރާ ކަންކަން ގޮސްފައިވާ ހިސާބާ ގުޅޭގޮތުން މިނިސްޓަރ ވާހަކަ ދެއްކެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 މާރިޗު 2021 | ހޯމަ 12:47
ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ

ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ

އަންހެނުންނާ ގުޅުންހުރި ގިނަ ޤާނޫނުތަކަކަށް މިއަހަރުތެރޭގައި އިސްލާހު ގެންނަވާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ޖެންޑަރ މިނިސްޓަރ ވަނީ އަންހެނުންގެ ދުވަހާ ގުޅިގެން ވާހަކަދައްކަވާފައެވެ. އެގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ އެމިނިސްޓްރީއާ ގުޅުންހުރި ޤާނޫނުތަކަށް މިއަހަރު ގެންނަ އިސްލާހުތަކުގެ މަސައްކަތްތައް ހުރި ހިސާބު އޮޅުންފިލުވައި ދެއްވާފައެވެ. އަދި ބައެއް ޤާނޫނުތަކުން މިނިސްޓްރީއަށް ކުރުމަށް ލާޒިމްކުރާ ކަންކަން ގޮސްފައިވާ ހިސާބާ ގުޅޭގޮތުންވެސް މިނިސްޓަރ ވަނީ ވާހަކަދައްކަވާފައެވެ.

Advertisement - newsAdvertisement

ޖެންޑަރ އިކުއަލިޓީ ޤާނޫނު:

2016 ވަނަ އަހަރު ފާސްކޮށް އަމަލުކުރަން ފަށާފައިވާ މި ޤާނޫނުގެ ދަށުން ކުރުމަށް ކަނޑައަޅާފައިވާ ގިނަ ކަންކަން އެކިއެކި ގޮންޖެހުންތަކާ ހެދި ނުކުރެވިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ނިމިގެންދިޔަ 2020 ވަނަ އަހަރު ޔޫއެންޑީޕީގެ އެހީތެރިކަމާއެކު މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ، ރިޕޯޓްކުރަންޖެހޭ ކަންކަމާއި ، ރިޕޯޓްކުރުމާއި ބެހޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދާއި ޖެންޑަރ އިކުއަލިޓީ ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ލޯކަލް ކައުންސިލްތަކާއި ހަވާލުކުރުމުގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ފެށިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 4 އަހަރަށްފަހު އެ މަސައްކަތް ފަށާފައިވާއިރު މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް މި ގަވާއިދުތައް ގެޒެޓްކުރެވި އަމަލުކުރަން ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން އަދި މޮނިޓަރިން އަދި އިވެލުއޭޝަން ފްރޭމްވޯރކް އަލުން މުރާޖާކުރުމަށްފަހު މިއަހަރު ތެރޭގައި ތަންފީޒުކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމަސައްކަތް މިހާރު ވަނީ ފެށިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއެކްޝަން ޕްލޭނަކީ ކަމާގުޅޭ ދާއިރާތަކާއެކު ތަންފީޒުކުރެވިގެންދާނެ އެކްޝަން ޕްލޭނެއްކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ މި ޕްލޭން ތަންފީޒުކުރެވެމުން އެކި ދާއިރާތަކުން މަސައްކަތް ރޭވުމުގައި މިންތީގެ ނަޒަރިއްޔާތުން ބެލެވިގެން ރޭވި، ދެ ޖިންސަށްވެސް ހަމަހަމަ ނަތީޖާ ކަށަވަރުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އާއިލާއާ ބެހޭ ޤާނޫނު، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު:

މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމަށްޓަކައި ރާއްޖޭގައި އަމަލުކުރަމުންދާ އަންހެނުންގެ ހައްގުތަކާއި ގުޅޭ ގާނޫނުތައް މުރާޖާކޮށް އިސްލާހުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތްތަކެއް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން އިޖުތިމާޢީ ގޮތުންނާއި އާއިލީ މާހައުލުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމަށް ހުރި ހުރަސްތައް ނައްތާލައި ، އަންހެނުންނަށް ދިމާވާ ނިކަމެތިކަމާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ވޭތުވެދިޔަ އަހަރު ސަރުކާރުން ވަނީ މިހާރު އަމަލުކުރަމުންދާ އާއިލާއާ ބެހޭ ޤާނޫނީ އޮނިގަނޑުގެ ތަފްސީލީ މުރާޖާއެއް ފަށާފައިކަމަށެވެ.

އެގޮތުން ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އެޓަރނީ ޖެނެރަލް އޮފީހުން ފަށާފައިވާ މުރާޖާގެ މަސައްކަތް ކުރިޔަށް ގެންދަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އައްޔަނުކުރި ބައިނަލްއަގްވާމީ ކޮންސަލްޓަންޓެއްގެ އެހީތެރިކަމާއެކުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮންސަލްޓަންޓްގެ މަސައްކަތް ނިންމާ ކަމާގުޅޭ ރިޕޯޓް ސަރުކާރަށް ހުށަހަޅާފައިވާއިރު އެރިޕޯޓުގައިވާ ކަންކަމުގެ އަލީގައި އާއިލާއާބެހޭ ޤާނޫނީ އޮނިގަނޑު އިސްލާހުކުރުމަށް ބޭނުންވާ ބިލުތައް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު އެކުލަވާލާއި މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިމަސައްކަތުގެ ތެރޭގައި އާއިލާއާ ބެހޭ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު މުރާޖާކުރެވި އިސްލާހުކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިއަހަރުގެ ތެރޭގައި ޖިންސީކުށުގެ ޤާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު މުރާޖާކުރުމުގެ މަސައްކަތް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްލޭންގެ ދަށުން އެކި ދާއިރާތަކުން މަސައްކަތްކުރުމަށް ކަނޑައަޅާ މަޝްރޫޢުތަކުގައި ޖެންޑަރ ރެސްޕޮންސިވް ބަޖެޓިން ހިމެނިގެންދިޔުމުން އަންހެނުންނަށް އިގްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް އިތުރު ބާރެއް ލިބިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ ރެސްޕޮންސިވް ބަޖެޓްގެ މަސައްކަތަކީ 2011 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން މަސައްކަތްކުރަން ފެށިފައި އޮތް ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަށް އަދި އަމަލީ ސިފައެއް ނާންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިސަރުކާރުން އޭޑީބީގެ އެހީތެރިކަމާއެކު މިހާރު މިމަސައްކަތްކުރުމަށް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްޖެންޑަރ މިނިސްޓްރީ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
09 އޮކްޓޯބަރު 2024

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
04 އޮކްޓޯބަރު 2024

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު