Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްރޮންޓްލައިންގައި މަސައްކަތްކުރާ އަންހެނުން

ކޮވިޑާއެކު ފްރޮންޓްލައިންގައި އެންމެ ގިނައިން މަސައްކަތްކުރަނީ އަންހެނުން: ޖެންޑަރ މިނިސްޓަރ

ކޮވިޑާއެކު ލޮކްޑައުންގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ގޭތެރޭގައި ކުރެވޭ އިގްތިޞާދީ މަސައްކަތްތައް އިތުރުވެގެންދިޔަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 މާރިޗު 2021 | ހޯމަ 08:31
ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ މަޖިލީހުގައި ވާހަކަދައްކަވަނީ

ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ މަޖިލީހުގައި ވާހަކަދައްކަވަނީ

ނިމިގެންދިޔަ 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ފެނިފައިވާ ކޮވިޑް-19ގެ ސަބަބުން ދޭންޖެހުނު އެކި ކަހަލަ ޚިދުމަތްތައް ދިނުމުގަޔާއި ފްރޮންޓްލައިންގައި ސާބިތުކަމާއެކު އެންމެ ބޮޑަށް ހަރަކާތްތެރިވަމުންދަނީ އަންހެނުންކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ޖެންޑާރ މިނިސްޓަރ ވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ވާހަކަދައްކަވާފައެވެ. އެގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަމުންދާއިރު މިއަހަރުގެ ޝިއާރާމެދު ވިސްނާލުން މުހިންމުކަމަށެވެ. މިއަހަރުގެ ޝިއާރަކީ " ވިމެން އިން ލީޑަރޝިޕް: އެޗީވިންގ އެން އީކުއަލް ފިއުޗަރ އިން ކޮވިޑް-19 ވޯރލްޑް" ނުވަތަ އިސް ސަފުގައި އަންހެނުން: ކޮވިޑް-19ގެ ދުނިޔޭގައި ހަމަހަމަ މުސްތަގްބަލެއް ހޯދުން މިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ މިޝިއާރު ރާއްޖޭގައި މުހިންމުވާ ސަބަބަކީ ރާއްޖޭގައިވެސް އަންހެނުން ލީޑަރޝިޕަށް ނުވަތަ ބަސްބުނުމާ ހަމައަށް އައުމުގައި ހުރި ގޮންޖެހުންތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ހުރި ގޮންޖެހުންތައްކަމަށް ވުން ކަމަށެވެ. އަދި އެގޮންޖެހުންތައް ބިނާވެފައިވަނީ އިގްތިޞާދީގޮތުންނާއި އިޖުތިމާއީގޮތުން އަންހެނުންނާއި ފިރިހެނުންގެ ދައުރާމެދު ޒަމާނުއްސުރެ މުޖުތަމަޢުގައި ހުރި ވިސްނުންތަކާއި މުޖުތަމަޢު ދެކޭގޮތުގެ ސަބަބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ގައުމެއް ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުވެ ދެ ޖިންސުގެ ބައިވެރިވުން އެއް ހަމައެއްގައި ލިބުމުން ދިމިގްރާތީ ނިޒާމުގައި ހެޔޮވެރިކަމުގެ ސިފަ ޖެހި މުޖުތަމައުގެ ހަމަޖެހުން ގާއިމުވެގެންދާނެ ކަމަކީ ޝައްކެއްވެސް ނެތްކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮވިޑްގެ މިހާލަތުގައި ރާއްޖޭގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ގިނައީ އަންހެނުންކަން ފަހުރުވެރިކަމާއި އުފަލާއެކު ފާހަގަކުރައްވަން ބޭނުންފުޅުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއެކު އިޖުތިމާއީ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމާއި ވޭސްޓް މެނޭޖްނަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހީވާގި މުވައްޒަފުން ވަރުބަލިކަމެއްނެތި ދެމުންގެންދާ ޚިދުމަތް ފާހަގަކޮށްލަންޖެހޭ ކަމަށެވެ. އެމީހުންނަކީ އެންމެ ނާޒުކު ވަގުތުގައި ވެސް ފްރޮންޓްލައިންގައި މަސައްކަތްކުރި މީހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ކޮވިޑާއެކު ލޮކްޑައުންގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ގޭތެރޭގައި ކުރެވޭ އިގްތިޞާދީ މަސައްކަތްތައް އިތުރުވެގެންދިޔަ ކަމަށެވެ. އެގޮތުން ގޭގައި ކުދިން ބެލުމާއި ކުދިންނަށް ކިޔަވައިދިނުމުގައި އިސްދައުރެއް އަދާކުރަމުން ދިޔައިރު ގޭތެރޭގެ ކަންކަމުގައި ފިރިހެނުންގެ ހަރަކާތްތެރިވުން އެދުވަސްވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑާއެކު ނޭދެވޭ އަސަރެއްކުރި އެއް ބަޔަކީ ކުދި ވިޔަފާރިތައް ކަމަށާއި އެހެންނަމަވެސް އަންހެނުންގެ ފަރާތުން ފެނިގެންދިޔަ އިނޮވޭޓިވް ގޮތްތަކާއެކު ކުދި ވިޔަފާރިތައް ހުއްޓުމަކަށް ނުގެނެސް ކުރިޔަށްދިޔަކަން ފާހަގަކޮށްލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްއަންހެނުންގެ ދުވަސްޖެންޑަރ މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު