Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލިނގިލީ ސޯޝަލް ސަރވިސް ސެންޓަރު

ކ.ވިލިނގިލި ސޯޝަލް ސަރވިސް ސެންޓަރުގައި މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި

7 އެޕްރީލު 2025 | ހޯމަ 13:03

އެ ސެންޓަރުގައި މިވަގުތު 4 ކުދިން ދަނީ ބަލަހައްޓަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 7 އެޕްރީލު 2025 | ހޯމަ 13:03
ވިލިނގިލީ ސޯޝަލް ސަރވިސް ސެންޓަރު

ވިލިނގިލީ ސޯޝަލް ސަރވިސް ސެންޓަރު

ކ.ވިލިނގިލި ސޯޝަލް ސަރވިސް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރައްކާތެރިކަން ނެތް ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖެއެމްވީއަށް އިތުބާރުހުރި ފަރާތަކުން ވިދާޅުވީ، ވިލިނގިލި ސޯޝަލް ސަރވިސް ސެންޓަރުގައި މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ރައްކާތެރި މާހައުލެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

އެބޭފުޅާ ވިދާޅުވީ ވިލިނގިލީގައި ހުންނަ ކުރީގެ ކުޑަ ކުދިންގެ ހިޔާ، މިހާރުގެ ސޯޝަލް ސަރވިސް ސެންޓަރުގައި މިވަގުތު 4 ކުއްޖަކު ބަލަހައްޓަމުންދާ ކަމަށެވެ. އެއީ 16 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް، 18 އަހަރުން މަތީގެ އެއް އަންހެން ކުއްޖެއް، އަދި 18 އަހަރުގެ ދެކުދިން ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ އެސެންޓަރުގައި 3 ސޯޝަލް ވޯކަރުން މަސައްކަތް ކުރާ ކަމަށާއި، ސުޕަވައިޒަރ ލެވަލްގެ 3 މުވައްޒަފުން މަސައްކަތް ކުރާ ކަމަށެވެ. އަދި މަސައްކަތު މީހުން ވެސް އުޅޭކަން ފާހަގަކުރެއްވިއެވެ.

ނަމަވެސް 18 އަހަރު ފުރިފައިހުރި އަންހެން ކުއްޖެއްގެ ސަބަބުން އެ ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އެހެން ކުދިންނަށް ވެސް ބިރުވެރިކަން އުފެދިފައިވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވީ އެ ކުއްޖާ ވަޅިން މުވައްޒަފުންނަށް ބިރު ދައްކާ ކަމަށާއި، ބޭނުންވާ ކަންކަން ކުރުމަށް އަމިއްލަ ހަށިގަނޑަށް ވެސް ގެއްލުންދީ، އިމާރާތުގެ ތެރޭގައި އަލިފާން ރޯކޮށް ބިރުވެރި ކަންކަން ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ އެ ކުއްޖާގެ މައްސަލަ ވަރަށް ގިނަ ފަހަރުގެ މަތިން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، ހައްލު ހޯދައިދިނުމުގެ ބަދަލުގައި އެކުއްޖާގެ މައްސަލަތައް ސިއްރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ނަފްސާނީ ބަލި ކުއްޖެއް ކަމަށާއި، އެކަށީގެންވާ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެ ކުއްޖާގެ ސަބަބުން އެހެން ކުދިންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރުކުރާކަން ފާހަގަކުރައްވައި އެބޭފުޅާ ވިދާޅުވީ އެ ކުއްޖާގެ ފަރާތުން ވަރަށް ގިނަ މުވައްޒަފުންނަށް އަނިޔާ ލިބިފައިވާ ކަމަށާއި، އެ ކުއްޖާ ކޮންޓްރޯލް ކުރުމަށް ދަތިވެފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ ތަފާތު އެކިއެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލެހެއްޓުމުގެ ދަށަށް ގެނެވޭ ފަރާތްތަކާއި ކުޑަކުދިންނަކީ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތައް ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުން އެފަދަ ފަރާތްތަކާއި ކުދިން ބަލަހައްޓަމުންދާ މަރުކަޒުތަކަކީ، އެ ފަރާތްތަކުގެ އާއިލީ ވެއްޓަށްވުމާއެކު، އެ މަރުކަޒުގައި އެ ފަރާތްތަކާއި ކުދިން އުޅޭއިރު، އެ މާހައުލުގައި ހިނގާ ކަންކަމާއި، އެފަދަ ފަރާތްތަކާއި ކުދިންގެ ދިރިއުޅުމުގެ ކަންކަމަކީ އާންމުކުރާ މައުލޫމާތެއް ނޫން ކަމަށެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ، ދައުލަތުގެ ބެލުމުގެ ދަށުން މީހުންނާއި ކުދިން ބަލަހައްޓަމުންދާ މަރުކަޒުތަކުގައި އުޅޭ ހުރިހާ ފަރާތްތަކެއް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް