Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޖެއިން ކޮވިޑް ފެނުނުތާ އަހަރެއް

ދިވެހިން ކޮވިޑާއެކު 1 އަހަރު، މި ބަލީގައި އެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދު 2500ން މަތި

ރާއްޖެއިން ކޮވިޑް ކޭސްއެއް ރިޕޯޓް ކުރިތާ އަހަރެއް ވަނީ ވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2021 | އާދީއްތަ 18:39
ކްލިނިކަލް އެޑްވައިޒަރީ ޓީމުން ޑރ މޫސާ ހުސައިން ވާހަކަ ދައްކަވަނީ- ޑރ ވަނީ ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައި

ކްލިނިކަލް އެޑްވައިޒަރީ ޓީމުން ޑރ މޫސާ ހުސައިން ވާހަކަ ދައްކަވަނީ- ޑރ ވަނީ ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައި

ރާއްޖެއިން ކޮވިޑް-19 ގެ ކޭސްއެއް ރިޕޯޓް ކުރިތާ އަހަރެއް ވެފައިވާއިރު، އެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދު 2500ން ގިނަކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.

އާދިއްތަ ދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލިނިކަލް އެޑްވައިޒަރީ ޓީމުން ބައިވެރިވެވަޑައިގެން ޑރ މޫސާ ހުސައިން ވިދާޅުވީ، ރާއްޖެއިން ކޮވިޑް ކޭސްއެއް ރިޕޯޓް ކުރިތާ އަހަރެއް ފުރިފައިވާއިރު، ގާތްގަނޑަކަށް 2500ށް ވުރެ ގިނަ މީހުން މި ބަލީގައި އެޑްމިޓް ކުރަން ޖެހުނު ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ފަރުވާ ދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައިކަން ޑރ މޫސާ ހުސައިން ފާހަގަ ކުރެއްވިއެވެ.

ޑރ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 92 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވާ ކަމަށެވެ. އަދި 21 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދީފައިވާއިރު، 5 މީހުންނަށް ފަރުވާދީ ރަނގަޅު ކުރެވިފައިވެއެވެ. އަދި އޭގެ ތެރެއިން 16 މީހުން ވަނީ ނިޔާވެފައެވެ.

އޭގެ އިތުރުން، މިހާރުވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ޑީއެޗް 11 ގައި އެކަކަށް ފަރުވާދެމުންދާއިރު، ޑީއެޗް 16 ގައި 3 މީހަކަށް ދަނީ ފަރުވާދެމުންނެވެ. ޑރ މޫސާ ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ 60 އަހަރުން މަތީގެ މީހުން ކަމަށެވެ.

މިދިޔަ އެއް އަހަރުގެ ތަޖުރިބާ ހިއްސާ ކުރައްވައި ޑރ ވިދާޅުވީ 3 ވަނަ ޕީކް ތެރޭގައި ގިނަ ކޭސްތަކެއް ފެންނަމުންދާ ކަމަށެވެ. ނަމަވެސް އާދައިގެ ކަންކަމުން ކޭސްތަކުގެ އަދަދުތައް މަދު ކުރެވޭނެކަންވެސް ޑރ ފާހަގަ ކުރެއްވިއެވެ. އަދި ވެކްސިން ޖެހުމުން ބަލީގައި ޙާލަތު ބޮޑުވުން ކުޑަކޮށްދޭކަން ފާހަގަ ކުރައްވައި ޑރ އިތުރަށް ވިދާޅުވީ، ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އައު ވޭރިއަންޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ މޫސާ އިތުރަށް ވިދާޅުވީ، ކޮވިޑް ޖެހުމުގައި ވަކި އުމުރުފުރާއެއް ނެތް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އުމުރުން ޅަ މީހުން ނިއުމޯނިއާ ޖެހިގެން އެޑްމިޓް ކުރަންޖެހޭކަން ފާހަގަ ކުރެވިފައިވާ ކަމަށް ޑރ ވިދާޅުވިއެވެ. ޑރ ވިދާޅުވީ އެކަންކަމުގެ އަސަރު އުމުރުގައި ދިގު މުއްދަތަކަށް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭގެ ސާމްޕަލްތައް ބޭރަށް ފޮނުވައިގެން ޓެސްޓުކޮށް، ރާއްޖޭގައި އުޅެމުންދަނީ ސީދާ ކޮން ވޭރިއަންޓެއްކަން ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި ޑރ ވިދާޅުވީ، މިހާރު ބާރު އަޅުއްވަނީ ވަކި ވެކްސިނަކަށް މަޑުނުކޮށް، ކޮންމެ ވެކްސިނެއް ވިޔަސް ޖެހުމަށް ކަމަށެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް ފެނުނުތާ އަހަރެއް ފުރިފައިވާއިރު، މިހާރު ދިވެހިން ދަނީ ކޮވިޑުގެ 3 ވަނަ ރާޅާ ކުރިމަތިލަމުންނެވެ. އަދި މިއީ މީގެ ކުރިން ފެނިފައިވާ ވަރަށްވުރެ ނުރައްކާތެރި ކޮވިޑް ރާޅެއްކަން ސިއްޙީ އޮފިޝަލުންވެސް ފާހަގަ ކުރެއެވެ.

ކޮވިޑް-19ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު