Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުއިއްޒަށް ނަޝީދުގެ ފާޑުކިޔުން

މާލޭގައި ސަރުދާރުން ލައިގެން ހިންގި 100 އަހަރު ތެރޭގައިވެސް ނުވާ ގެއްލުން މުއިއްޒު މާލެއަށް ދިން: ނަޝީދު

ޑރ. މުއިއްޒު ވަނީ މީގެ ކުރިން ހަތް އަހަރު ވަންދެން ހައުސިން މިނިސްޓަރކަން ކުރައްވާފައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2021 | އާދީއްތަ 18:29
ޑރ. މުހައްމަދު މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީއާ ވާދަކުރައްވަން ނިކުމެވަޑައިގެން ހުންނެވި ޑރ. މުހައްމަދު މުއިއްޒަކީ ފާއިތުވެދިޔަ ތަނުގައި ސަރުދާރުންގެ 100 އަހަރު ތެރޭގައިވެސް މާލެ ސަރަހައްދަށް ވެފައި ނުވާވަރުގެ ބޮޑެތި ގެއްލުންތައް މާލެއަށް ދީފައިވާ ބޭފުޅެއްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔަރުވުމަށް ބާއްވަމުންދާ ރަށްވެހި ފަތިސް ކެމްޕޭން ބައްދަލުވުމުގައި އާދިއްތަދުވަހުގެ ރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއާ ވާދަކުރަން ނިކުމެ ތިބި އިދިކޮޅު ކޯލިޝަންއަކީ އެމްޑީޕީން ރާއްޖެއަށް ގެންނަން އުޅޭ އަދި ރައްޔިތުން އެންމެ ބޭނުންވާ ލާމަރުކަޒީ ނިޒާމު "ވަޅުލަން ބޮކަރު ކާފޫރު ހިއްޕަވައިގެން" ތިބި ބައެއް ކަމަށެވެ.

Advertisement - newsAdvertisement

ވަކިން ހާއްސަކޮށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިޒަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ މާލޭގެ ހަތަރު އަވަށަށް ސަރުދާރުން ލައިގެން ހިންގި 100 އަހަރުވެސް ރާއްޖެއަށް ނުވާ ގެއްލުން ގައުމަށް ދީފައިވާ ބޭފުޅެއް ކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒަކީ ދެ ވެރިއެއްގެ ވެރިކަމުގައި ޖެހިޖެހިގެން އައި ދެ ސަރުކާރުގެ ހައުސިންގ މިނިސްޓަރުކަން ކުރެއްވި ވަޒީރެކެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމަށް ފަހު ކުރީގެ ރައީސް ޑރ. ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހައުސިން މިނިސްޓަރކަން ކުރެއްވީ ޑރ. މުއިއްޒުއެވެ. އެ ހަތް އަހަރު ތެރޭގައި މުޅި މާލެ ސަރަހައްދުންވެސް އާންމުންނަށް ބޯހިޔަވާހިކަން ފޯރުކޮށްދިނުމަށް ލިޔުން ހަވާލުކުރެއްވީ ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުއެވެ.

ރައީސް ޔާމީންގެ ވެރިކަމަށް ފަހު ޑރ. މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި ސޯޝަލް މީޑިއާގައި އަޑުގަދަކުރައްވަމުންނެވެ. އެންމެ ފަހު ވަގުތު ދޫކުރެއްވި ފްލެޓު ލިޔުންތަކުގައި ވެސް ގިނަ މައްސަލަތަކެއް ހުރެ އެ މަސައްކަތް ވެސް މި ސަރުކާރަށް އަލުން ކުރަން ޖެހުނުއިރު، އެމަނިކުފާނު މޭޔަރުކަމަށް ކެމްޕޭން ކުރައްވަނީވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެއެވެ.

މާލޭ ސިޓީ ކައުންސިލްޕީޕީއެމް-ޕީއެންސީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު